އައިފޯން ގެއްލިއްޖެނަމަ ކަންތައް ކުރާންވީ ގޮތް

އަޙްމަދު ދާއޫދު 15 އޯގަސްޓު 2022

އައިފޯން، އައިޕެޑް، ނުވަތަ އައިޕޮޑް ޓަޗް ގެއްލިއްޖެނަމަ ނުވަތަ ވަގަށް ނަގައިފިނަމަ ކަންތައް ކުރާންވީ ގޮތް ވަރަށް ގިނަ ބޭފުޅުންނަށް މިހާރު އޮންނާނީ އެނގިފައެވެ.

އެހެންކަމުން އައިފޯން، އައިޕެޑް، ނުވަތަ އައިޕޮޑް ޓަޗް ގެއްލިއްޖެނަމަ ނުވަތަ ވަގަށް ނަގައިފާނެ ކަމަށް ހީވާނަމަ އަވަސްވީ ގޮތަކުން ،ފައިންޑް މައި ބޭނުން ކޮށް، ޑޭޓާ ރައްކާތެރި ކުރާށެވެ. އޭގެ ފަހުގައި ތިރީގައިވާ ގޮތަށް ކަންތައް ކުރާށެވެ.

1. މެޕް ބޭނުންކޮށް ޑިވައިސް ހޯދުން:

ޑިވައިސް ހޯދުމަށް، iCloud.com/find އަށް ސައިން ކޮށްލާށެވެ. ނުވަތަ އަތުގައިވާ އެހެން އެޕަލް ޑިވައިސްއެއްގައި ވާ "ފައިންޑް މައި އެޕް" ބޭނުން ކުރާށެވެ.

ޑިވައިސްތަކުގެ ލިސްޓުގައި އައިފޯން، އައިޕެޑް، ނުވަތަ އައިޕޮޑް ޓަޗް ނުހިމެނިއްޖެނަމަ، އޭގެ މާނައަކީ ގެއްލުނު ޑިވައިސް އަދި އޮންލައިން އަށް ނާންނަނީއެވެ. ނުވަތަ އެ ޑިވައިސްގައިވަ "ފައިންޑް މައި އޮޕްޝަން އިނީ އޮން ނުކުރެވިއެވެ. އެކަމަކުވެސް މިހިސާބުންވެސް ފައިންޑް މައި އޮން ނުކުރެވުނު ނަމަވެސް ތިބާގެ އެކައުންޓް ރައްކާތެރި ކުރެވިދާނެއެވެ.

2. މާކް އޭޒް ލޮސްޓް:

އެޕަލް ޑިވައިސް ގެއްލުނު ކަމަށް ފާހަގަ ކުރާއިރު، ރިމޯޓްކޮށް ޕާސްކޯޑެއް ބޭނުންކޮށްގެން ލޮކް ކޮށް، މައުލޫމާތު ރައްކާތެރިކޮށް ބެހެއްޓޭނެއެވެ. މީގެ ސަބަބުން ގެއްލުނު ޑިވައިސްގައިވާ އެޕަލް ޕޭ ވެސް ޑިސޭބަލް ކޮށްދެ އެވެ. އަދި ގެއްލުނު ޑިވައިސްގައި ތިބާގެ ކޮންޓެކްޓް މައުލޫމާތު ހިމަނައިގެން ކަސްޓަމް މެސެޖެއް ޑިސްޕްލޭ ކުރެވިދާނެއެވެ.

ގެއްލުނު ޑިވައިސް ފާހަގަ ކުރާށެވެ.

3. ގެއްލިފައިވާ ޑިވައިސްގެ މައުލޫމާތު ކަމާބެހޭ ފަރާތަށް އެންގުން:

ފުލުހުންނަށް ނުވަތަ ކަމާބެހޭ ފަރާތަށް މައްސަލަ ހުށަހަޅައިފިނަމަ އެފަރާތުން (ލޯ އެންފޯސްމަންޓް) ތިބޑިވައިސްގެ ސީރިއަލް ނަމްބަރު ދިނުމަށް ރިކުއެސްޓް ކޮށްފާނެއެވެ.

ސީރިއަލް ނަންބަރު ހޯދާށެވެ.

4. ވައްކަމާއި ގެއްލުމުގެ ދަޢުވާ ފައިލްކުރުން:

ގެއްލިފައިވާ އައިފޯން ނުވަތަ އެހެންވެސް އެޕަލް ޑިވައިސް އެއްގެ ރިޕްލެސްމެންޓަކަށް އެޕަލްކެއަރ+ އިން ކަވަރު ކުރާން އެދޭނަމަ، އައިފޯން ރިޕްލޭސްމަންޓަކަށް އެދި ފައިލް ކުރާށެވެ.

ކްލެއިމް ފައިލް ކުރޭ.

5. ރިމޯޓްކޮށް ޑިވައިސް ފޮހެލުން:

އައިއޯއެސް 15، އައިޕެޑްއޯއެސް 15، ނުވަތަ އޭގެފަހުން އިންސްޓޯލްކޮށްފައިވާ ޑިވައިސްއެއް ފޮހެލިޔަސް، އެ ޑިވައިސް ލޮކޭޓް ކުރުމަށް ނުވަތަ އެއަށް އިންޒާރުގެ އެލާމް އަޑެއް ފޮނުވާލުމަށް "ފައިންޑް މައި" ބޭނުން ކުރެވިދާނެއެވެ. އެކަމަކު އައިއޯއެސް 15 ގެކުރީގެ ވާޝަން އެއް ނަމަ އެ ޑިވައިސް ފޮހެލުމަށް ފަހު ޑިވައިސް ލޮކޭޓް ކޮށް، އެލާރމެއް ފޮނުވާ ނުހެދޭނެ އެވެ.

އެހެންކަމުން ވައްކަމާއި ގެއްލުމާއެކު އެޕަލްކެއަރ+ އަށް ހުށަހަޅާނަމަ ދަޢުވާ އެޕްރޫވް ކުރެވެންދެން އައިފޯން ފޮހެނުލާށެވެ.

ތިބާގެ ޑިވައިސް ފޮހެލާށެވެ.

6. ވަޔަރލެސް ކެރިއަރ އަށް ގުޅުން:

ގެއްލުނު ޑިވައިސްއަކީ އައިފޯނެއް ނުވަތަ ސެލިއުލާ ހިމެނޭ އައިޕެޑެއް ނަމަ، ގެއްލިފައިވާ ޑިވައިސްގެ މައުލޫމާތު ވަޔަލެސް ކެރިއަރަށް (ޓެލެކޮމް ކުންފުނި) ރިޕޯޓް ކުރާށެވެ. ކޯލްތަކާއި، ޓެކްސްޓްތަކާއި، ޑޭޓާ ބޭނުންކުރުން ހުއްޓުވުމަށް ކެރިއަރއަށް އެކައުންޓް ޑިސޭބަލް ކުރުމަށް ބުނާށެވެ. އަދި ވަޔަރލެސް ކެރިއަރ ޕްލޭންގެ ދަށުން ތިބާގެ ޑިވައިސް ކަވަރުކުރެވިއްޖެނަމަ، ކްލެއިމް ފައިލް ކުރާށެވެ.

7. ގެއްލިފައިވާ ޑިވައިސް އެކައުންޓުން އުނިކުރުން:

ވައްކަމާއި ގެއްލުމާއެކު އެޕަލްކެއަރ+ އަށް ހުށަހަޅާފައި ވާނަމަ، ކްލެއިމް އެޕްރޫވް ކުރެވެންދެން ގެއްލިފައިވާ އައިފޯން އެކައުންޓުން ފޮހެނުލާށެވެ.

ގެއްލިފައިވާ ޑިވައިސް އިތުބާރު ކުރެވޭ ޑިވައިސްތަކުގެ ލިސްޓުން އުނިކުރުމަށް appleid.apple.com ދާށެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.