އައިފޯންގައި ޔޫއެސްބީ-ސީ ޓައިޕް ޗާޖިން ޕޯޓެއް ހިމެނުމަށް އެޕަލް އަށް މަޖުބޫރު ކުރުވިދާނެ އާ އުސޫލަކަށް ދާން އިންޑިއާ އިން ވިސްނަމުންދާކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ.
އީޔޫގެ ފިޔަވަޅުތަކަށް ތަބާވެ، 2024 ވަނަ އަހަރު ނިމުމުގެ ކުރިން ޔޫއެސްބީ-ސީ ހިމެނޭ ގޮތަށް ޔުނިވާސަލް ސްޓޭންޑަޑް ޗާޖަރެއް އިންޑިއާގައި ވިއްކާ އައިފޯނުގައި ހިމެނުމަށް މަޖުބޫރުކުރާ ޤަވާއިދެއް ފާސްކުރަން އިންޑިއާއިން ވިސްނާއިރު، އެ ގައުމުގައި ވިއްކާ ކޮންޒިއުމާ ޕްރޮޑަކްޓްތަކާ ބެހޭ ގަވާއިދުތައް ހަދަން އިންޑިއާ އިން މިހާރު ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެފައި ކަމަށް މިންޓް ރިޕޯޓްތައް ބުނެ އެވެ.
އީޔޫއިން މި ހޫނު މޫސުމުގެ ކުރީކޮޅު މިކަމާގުޅޭ އެއްބަސްވުމަކަށް އައިސްފައިވާއިރު، 2024 ވަނަ އަހަރުގެ ތެރޭގައި އެޕަލްއަށް އައިފޯނާއި އެއާޕޮޑްސްގައި ޔޫއެސްބީ-ސީ ތައާރަފް ކުރަން މަޖުބޫރުވާނެ އެވެ.
އިންޑިއާގެ އޮފިޝަލުން ވަނީ މި ހަފްތާގެ ކުރީކޮޅު އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާއި މަޝްހޫރު ކޮންސިއުމަރ އިލެކްޓްރޯނިކް އުފައްދާ ފަރާތްތަކާ އެކު ބައްދަލުވުމެއް ބާއްވައި އާންމު ޗާޖަރެއްގެ ސަބަބުން ކުރިމަތިވެދާނެ އަސަރުތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.
"މި ބައްދަލުވުމަކީ އިތުރަށް އެކްސްޕްލޯރޭޓިވް ނެޗުރަލް ބައްދަލުވުމަކަށް ވާނެ. އިންޑިއާގައި އާންމު ޗާޖަރެއް އެޑޮޕްޓް ކުރެވޭނެ ގޮތް ސްޓޭކްހޯލްޑަރުންގެ ކިބައިން ދަސްކުރަން މަސައްކަތް ކުރާނަން. އެމީހުންގެ ކަންބޮޑުވުންތައް ވެސް ވިސްނަން މަސައްކަތް ކުރާނަން،" އިންޑިއާގެ ސެކްރެޓަރީ އޮފް ކޮންސިއުމަރ އެފެއާޒް ލޯކަލް މީޑިއާތަކަށް ވިދާޅުވި އެވެ.
އީޔޫ އާއި އިންޑިއާ އިން "ކޮމަން ޕޯޓް" އެޑޮޕްޓް ކުރަން ބާރު އަޅާ އިރު، އޭގެ އަސަރު ވަރަށް ގިނަ ޑިވައިސްތަކަށް ކުރާނެ އެވެ. ވަކިން ހާއްސަކޮށް 2012 ވަނަ އަހަރުން ފެށިގެން ލައިޓިން ޕޯޓާއެކު އުފެއްދި އައިފޯނާއި، އެޕަލް، މެކް އަދި އައިޕެޑް ފަދަ އެހެން ޕްރޮޑަކްޓްތައް ޔޫއެސްބީ-ސީ އާ ދިމާއަށް ގެންދިއުމަށް ވަރަށް ބޮޑަށް މިސްރާބު ޖެހި އެވެ.
އެޕަލްގެ އެނަލިސްޓް މިންގް-ޗީ ކުއޯ އާއި ބްލޫމްބާގްގެ މާކް ގުރްމަން އާ ދެ ބޭފުޅުން ވެސް "ކޮމަން ޕޯޓަކާ" ދިމާއަށް މިސްރާބު ޖަހާފައިވާ މި ދަނޑިވަޅުގައި، އެޕަލް އިން ޔޫއެސްބީ-ސީ އައިފޯނެއް ޓެސްޓް ކުރަމުން އަންނަ ކަމަށް ދެކެވޭ ވާހަކަތައް ވަނީ ގަދަވެފައެވެ.
އެއާޕޮޑްސް ފަދަ އެޕަލްގެ އެހެން ޕްރޮޑަކްޓްތައް ވެސް އެ ޤަވާއިދަށް ފޮލޯ ކުރާނެ ކަމަށް ކުއޯ އިން ބުނެ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.