ރަޝިއާއިން ޔޫކްރެއިން އަށް ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން އެގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެގައުމަށް ދުނިޔޭގެ ބޮޑެތި ގިނަ ކުންފުނިތަކުން ވަނީ ހިދުމަތް ދިނުން ހުއްޓާލާފައިއެވެ. މީގެ ސަބަބުން އެގައުމަށް މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެތެރެކޮށްފައިވާ ސްމާޓްފޯނުގެ އަދަދު 38 އިންސައްތަ ވަނީ ދަށްވެފައިއެވެ.
އެގޮތުން މިބަދަލު އެންމެ ބޮޑަށް ފެނިފައިވަނީ އެގައުމަށް އެތެރެކުރާ އަގުހެޔޮ ސްމާޓް ފޯނުތަކުންނެވެ. އެގޮތުން 10،000 ރޫބުލްއަށްވުރެ އަގުހެޔޮ ފޯނުތަށް އެތެރެކޮށްފައިވާ މިންވަރު ވަނީ 56 އިންސައްތަ ދަށަށްގޮސްފައިއެވެ. ރަޝިއާގެ ޓެކް ކުންފުންޏެއްކަމަށްވާ ޖީއެސް ގްރޫޕުން ލަފާކުރާ ގޮތުގައި މިކަމުގެ މައިގަނޑު ސަބަބަކީ ސެމްސަންއިން އެގައުމަށް ފޯނު އެތެރެކުރުން ހުއްޓާލުމުންނާއި ޝައުމީ އަދި ރިއަލްމީ ފަދަ ޗައިނާގެ ކުންފުނިތަކުން އެގައުމަށް އެތެރެކުރާ ސްމާޓްފޯނުތަކުގެ އަދަދު މަދުކުރުމުންނެވެ.
ޖީއެސް ގްރޫޕުން ހާމަކުރާ ގޮތުގައި މިއަހަރުގެ މިހާތަނަށް އެގައުމަށް އެތެރެކޮށްފައިވާ ސްމާޓްފޯނުތަކުގެ ތެރެއިން އަގުހެޔޮ ފޯނުތަށް އެތެރެކޮށްފައިވާ މިންވަރަކީ އެންމެ 27 އިންސައްތައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެގައުމަށް މިބާވަތުގެ ސްމާޓްފޯނު އެތެރެކޮށްފައިވާ މިންވަރު އުޅެނީ 38 އިންސައްތައިގައިއެވެ.
މީގެ އިތުރުން އެ ގްރޫޕުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުގެ ބިރަށް އެގައުމަށް އެތެރެކޮށްފައިވާ ޕުޝް-ބަޓަން ފޯނުތަކުގެ އަދަދު މިއަހަރުގެ ފުރަތަމަ ތިން މަސް ނިމުނު އިރު ވަނީ 43 އިންސައްތަ އިތުރުވެފައިއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް