ޑިސްކޯޑުން 68،000 ސާވާއާއި 55 މިލިއަން އެކައުންޓް މަނާކޮށްފި

އަޙްމަދު ދާއޫދު 31 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޑިސްކޯޑުން ދާދި ފަހުން ޝާއިއުކުރި ކުއާޓަރލީ ސޭފްޓީ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި 2022 ޖެނުއަރީ އާއި ޖޫން، އާ ދެމެދު ގާތްގަނޑަކަށް 55،573،411 އެކައުންޓާއި 68،379 ސާވަރ "ޑިސެބަލް" ވެފައިވާ ކަމަށް އެކުންފުނިން ބުނާއިރު، އޭގެ ތެރެއިން ބޮޑު ބައެއް ކަނޑާލައިފައި ވަނީ "ސްޕޭމް ނުވަތަ ސްޕޭމްއާއި ގުޅުންހުރި ކުށްތަކަށް" ތުހުމަތު ކޮށްފައެވެ.

ސްޕޭމް ނޫން އެހެން ސަބަބުތަކާ ހުރެ ޑިސެބިލް ކުރި އެކައުންޓްތަކުގެ އަދަދު ކަނޑައެޅިގެން ނޭންގުނަސް އެއީ ގާތްގަޑަކަށް 1،821،721 އެވެ. މި ކެޓަގަރީގައި ހިމެނޭ ގިނަ އެކައުންޓްތައް މަނާކޮށްފައިވަނީ “ކުޑަކުދިންގެ ރައްކާތެރިކަން” ނުވަތަ “އެކްސްޕްލޮއިޓޭޓިވް އެންޑް އަންސޮލިސިޓެޑް ކޮންޓެންޓް” އާއި ގުޅޭ މައްސަލަތަކުގައެވެ.

މި އެކައުންޓްތައް ޑިސެބިލްކޮށް، ގުޅުންހުރި ސާވަރުތައް ބަންދުކުރުމަކީ، ޤަބޫލުކުރެވޭ ގޮތުގައި ޑިސްކޯޑް ޖަސްޓިފައިޑް ކުރުމުގެ ކަމެއް ކަމަށް ފެނެއެވެ.

“ޑިސްކޯޑްގައި އަޅުގަނޑުމެންގެ މިޝަނަކީ މީހުންނަށް ނިސްބަތްވާ އެއްޗެއް ހޯދައިދެވޭނެ މަރުހަބާ ކިޔާ ޖާގަތައް އުފެއްދުން. އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ސަލާމަތުން މީހުންނަށް ނިސްބަތްވާ އެއްޗެއް ހޯދައިދެވޭކަން އަދި އެހެންވެ ސަލާމަތަކީ އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް އިންވެސްޓްމަންޓާއި އިސްކަންދޭ ކަންތައް،” ޑިސްކޯޑުން އެންމެ ފަހުން ނެރުނު ރިޕޯޓުގައި ބުނެފައިވެ އެވެ.

“ރައްކާތެރިކަމަކީ އަޅުގަނޑުމެންގެ ކުންފުންޏަށް ވަރަށް މުހިންމު ކަމެއް. ޑިސްކޯޑްގެ ހުރިހާ މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް 15 އިންސައްތަ މުވައްޒަފުން މި ދާއިރާއަށް ޚާއްޞަވެފައިވާއިރު، ޑިސްކޯޑް ރައްކާތެރިކޮށް ބެހެއްޓުމަށް ކުރާ ވަޢުދުގައި ކޮންމެ މުވައްޒަފަކުވެސް ހިއްސާކުރެއެވެ.” ބަޔާނުގައި ވެއެވެ.

ބެލެވޭ ގޮތުގައި ޑިސްކޯޑް އަމަލުކުރީ ޖެނުއަރީ އާއި މާޗް މަހުގެ ތެރޭގައި ރިޕޯޓްކޮށްފައިވާ ގަވާއިދާ ހިލާފުވުމުގެ 24 ޕަސެންޓުގެ އިތުރުން މިއަހަރުގެ އޭޕްރީލް މަހާއި ޖޫން މަހުގެ ތެރޭގައި ރިޕޯޓްކުރި ގަވާއިދާ ހިލާފުވުމުގެ 22 ޕަސެންޓަށެވެ. "ޑިސްކޯޑްގެ ސަބަބުން އެކައުންޓްތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބެނީ ތަންފީޒު ކުރުން ގޯސް ކަމަށް ގަބޫލު ކުރެވޭނަމަ،" ހަމަ އެ ރިޕޯޓުގައި އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.

“އަޅުގަނޑުމެން އިސްތިއުނާފުތަކަށް މަރުހަބާ ކިޔަން، އަޅުގަނޑުމެންނަށް ނޭނގިދާނެ ކޮންޓެކްސްޓް ނުވަތަ މައުލޫމާތު އުފުލާއިރު އެކަން ސީރިއަސްކޮށް ނަގަން. އަޅުގަނޑުމެން އިސްތިއުނާފުތައް ރިވިއުކޮށް އެކައުންޓްތައް އަލުން ގާއިމްކުރަން، ގޯހެއް ހެދި ކަމަށް ކަނޑައަޅައިފިނަމަ ނުވަތަ އިސްތިއުނާފުގެ މައްޗަށް ބިނާކޮށް، ގެއްލުން ކުޑަ މައްސަލައަކަށް ހެދި ގަވާއިދާ ހިލާފުވުން ޔޫޒަރަށް ދެނެގަނެވިއްޖެ ކަމަށް ގަބޫލުކުރެވޭނަމަ.” އެކަން އިއާދަ ކޮށްދޭނަން ރިޕޯޓްގައި ވެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.