މެޖިކަލް ޓޯމް: އޭއައި ގެ ދުނިޔެއަށް މުޅިން އާ ޓޫލްއެއް

ހަސަން ޒަޔާން 23 ޑިސެމްބަރު 2022

މެޖިކަލް ޓޯމް ނުވަތަ ޓޯމް އޭއައި އަކީ ފުރަތަމަ އަށް އޭއައި ބޭނުންކޮށްގެން އުފެއްދި ޕްރެޒެންޓޭޝަން މޭކިންގ ޓޫލް އެވެ. އެއީ ޕޮއިންޓް ތަކެއް އެއްކޮށް ހުލާސާ ކޮށް ހެދުމުގެ ބަދަލުގައި ޓޯމް މެދުވެރިކޮށް ބޭއަވަހަށް ޕްރެޒެންޓޭޝަންތައް ބިނާކޮށް، އޮންލައިން ސްޓޯރީތައް މަދު ކްލިކް ނުވަތަ ޓެޕްތަކާއެކު ކްރިއޭޓް ކުރުމެވެ.

މި ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ތަޢާރަފް ކޮށްފައިވާ މި ޓޫލް ގެ އަދި ވަނީ ބީޓާ ވާރޝަންއެކެވެ.

މި އޭއައި ޓުލް އިން އިންޕުޓް ބޮކްސް ގައި ޓޮޕިކް ލިޔެލުމުން ޓެކްސްޓުތަށް އަވަސް ވަގުތެއްގައި ފެޗް ކުރެއެވެ. މި ޓެކްސްޓް ފެޗް ކުރުމަށް ބޭނުން ކުރަނީ ޖީޕީޓީ-3 ކެވެ. ޖީޕީޓީ-3 ގެ ލޯންގް ފޯރމް އަކީ "ތަަރޑް ގެނެރޭޝަން ޕްރި-ޓްރެއިންޑް ޓްރާންސްފޯރމާރ އެވެ." ޖީޕީޓީ-3ކީ ނިއުރަލް ނެޓްވޯކް މެޝިން ލަރނިންގ މޮޑެލް އިންޓަރނެޓް ޑޭޓާ ބޭނުންކޮށްގެން ކޮންމެވެސް ބާވަތެއްގެ ލިޔުމެއް އުފައްދަން ތަމްރީނުކޮށްފައިވާ މެޝިނެއް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމް އެކެވެ.

ހަމަ އެހެންމެ ޕްރެޒެންޓޭޝަން ކްރިއޭޓް ކުރާއިރު ފޮޓޯ ވެސް ޖެނެރޭޓް ވެގެން ދެއެވެ. ފޮޓޯ ޖެނެރޭޓް ކުރުމަށް ޓޯމް އޭއައިން ބޭނުންކުރަނީ ޑާލް އީ 2 އެވެ. ޑާލް އީ 2 އަކީ ގުދުރަތީ ލެންގުއޭޖް ތަފްސީލަކުން ރިއަލިސްޓިކް ފޮޓޯތަކާއި އާޓް އުފައްދައިދޭ އާ އޭއައި ސިސްޓަމެކެވެ. އަދި މިއީ އޯޕެން އޭއައި ގެ އުފެއްދުމެކެވެ.

ހަމަ އެހެންމެ ޕްރެޒެންޓޭޝަން ކްރިއޭޓް ކުރުމަށް ފަހު ވެސް ބަދަލު ގެނެވޭނެއެވެ.

ޓޯމް އޭއަ މަސައްކަތް ކުރާނެ ގޮތް:

އަދި ޓޯމް އޭއައި އަކީ ފްރީ ޓު ޔޫޒް ޓޫލް އެކެވެ. މި ޓޫލް ޓެސްޓް ކުރުމަށް ޓޯމް.އެޕް އަށް ދިއުމަށް ފަހު އެކައުންޓެއް ކްރިއޭޓް ކުރުމަށް ފަހު ޓެސްޓް ކުރެވޭނެއެވެ.

އާ ޕްރެޖެކްޓް އެއް ކްރިއޭޓް ކުރުމަށް ފަހު އިންޕުޓް ބޮކްސްގައި ޕްރެޒެންޓޭޝަން ކްރިއޭޓްކުރަން ބޭނުންވާ ޓޮޕިކް ލިޔާށެވެ. ލިޔުމަށްފަހު އެންޓަރ އަށް ފިއްތާށެވެ.

ޓެކްސްޓް އަދި އިމެޖް ޖެނެރޭޓްވާން ކުޑަ އިރުކޮޅެއް ނަގާނެވެ.

ޖެނެރޭޓް ވުމުން ޕްރެޒެންޓޭޝަން ކްރިއޭޓް ވާނެއެވެ. ނަމަވެސް އިތުރަށް ސްލައިޑެއް އިތުރު ކުރަން ބޭނުންނަމަ ވިންޑޯސް ގަ ކޮންޓްރޯލް+ކޭ އަށް ފިއްތާށެވެ. މެކް ގަ ނަމަ ކޮމާންޑް+ކޭ އަށް ފިއްތާށެވެ. އޭރުން އަނެއްކާވެސް އިނުޕުޓް ބޮކްސް އަރާނެއެވެ.

ދެން އެ ގެންނަން ބޭނުންވާ ބަދަލު ލިޔެލާށެވެ. މިސާލަކަށް ފަހަތަށް ވޯރލްޑް ކަޕާ ގުޅޭ ބެކްރައުންޑް ވީޑިއޯއެއް ލާން ބޭނުންނަމަ އެ އިންޕުޓް ބޮކްސް ގައި "Add a slide about fifa first president with a picture" މިހެން ލިޔުމަށްފަހު އެންޓަރ އަށް ފިއްތާށެވެ. އޭރުން ފީފާ ގެ ފުރަތަމަ ޕްރެސިޑެންޓް އާ ބެހޭގޮތުން ސްލައިޑެއް އޭއައި ފޮޓޯ އާއި އެކު ކްރިއޭޓް ވެގެންދާނެއެވެ.

ބޭނުން ކުރާނެ ގޮތުގެ ކުރު ވީޑިއޯ

މީގެ އިތުރުން ފާހަގަ ކޮށްލަންޖެހޭ ކަމަކީ މެޖިކަލް ޓޯމް ގެ އިންޓްރޮޑަކްޝަން ޓުވީޓެވެ.

މެޖިކަލް ޓޮމް ގެ މި ޓުވީޓުގައި "އަދި މިއީ ފުރަތަމަ މަރުހަލާ ކަމާއި އަދި އިތުރު ބައިތަށް ކުރިއަށް އަންނަން އެބައޮތެވެ" މިހެން ވަނީ ހިމަނާފައެވެ.

މި ޓުވީޓުންވެސް އެނގިގެން މިދަނީ ޓޯމް އޭއައި އިން އިތުރު ފީޗަރސް ތައް ގެނައުމަށް މަސައްކަތް ކުރަމުން ދާކަމެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.