2023 ވެގެންދާނީ ފޯލްޑަބަލް، ރޯލެބަލް ޑިވައިސްތަކުގެ އަހަރަށް

ހަސަން ޒަޔާން 24 ޑިސެމްބަރު 2022

2023 ވަނަ އަހަރަކީ ފޯލްޑަބަލް ޑިވައިސްތަކުގެ އަހަރަކަށް ވެދާނެ ކަމަށާއި، އިތުރު އޯއީއެމްތަކުން އާ ޑިޒައިންތަކާ އެކު އިމާޖިން ސެގްމަންޓަށް ބެޓް ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ އިތުރުން، 2023 ވަނަ އަހަރަކީ އާ ފޯމް ފެކްޓަރުތަކެއް ފަށައި، ފޯލްޑަބަލް ޑިސްޕްލޭ ޓެކްނޮލޮޖީއަށް ކޭސްތައް ބޭނުންކުރެވިދާނެ އަހަރެކެވެ.

އަދި ޑިސްޕްލޭ މާކެޓް އެނަލިސްޓުން ބުނާ ގޮތުގައި އަންނަ އަހަރު ފުރަތަމަ ފޯލްޑަބަލް ނޯޓްބުކްތަކާއި ފުރަތަމަ ރޯލެބަލް ސްމާޓްފޯން ޝެލްފްތަކަށް އަރާތަން ފެންނާނެއެވެ.

މޮބައިލް އިންޑަސްޓްރީން 2023 ވަނަ އަހަރު އެކި ބްރޭންޑްތަކުގެ ތަފާތު 23 ފޯލްޑަބަލް ސްމާޓްފޯނެއް ނެރޭނެ ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ. ކުރިއަށް އޮތް ފޯލްޑަބަލް ސްމާޓްފޯންތަކުގެ ތެރެއިން ހަތަރު ސްމާޓްފޯނަކީ ޗައިނާގެ އެއް އޯއީއެމް އަކުން އުފައްދާ ސްމާޓްފޯނެއް ކަމަށް ބެލެވެއެވެ. ޑީއެސްސީސީގެ ރިޕޯޓުގައި ބުނެފައިވަނީ ފުރަތަމަ ރޯލެބަލް ޑިވައިސް އަންނަ އަހަރު ބާޒާރަށް ނެރޭނެ ކަމަށާއި ނަމަވެސް ސެމްސަންގް އަކީ އެ ޑިވައިސް އުފައްދާ ކުންފުންޏަކަށް ނުވާނެ ކަމަށެވެ.

2023 ވަނަ އަހަރު އަންނަ ރޯލެބަލް ސްމާޓްފޯނާއި ފޯލްޑަބަލް ނޯޓްބުކް

ދުނިޔޭގެ ފުރަތަމަ ރޯލެބަލް ސްމާޓްފޯން އަންނަ އަހަރު ޗައިނާގެ ބްރޭންޑަކުން ނެރޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. އޯއީއެމްގެ ނަން ހާމަކޮށްފައި ނުވާއިރު ޕެނަލް ސަޕްލައިކުރާ ފަރާތަކީ ވެސް ދެކުނު ކޮރެއާއަށް ނިސްބަތްވާ މީހެކެވެ. އެކަމަށް ވިސްނައިގެން ސެމްސަންގް ޑިސްޕްލޭއަކީ ގާތްގަނޑަކަށް ޔަގީނުން ވެސް މި މިސްޓިރިއަސް ރޯލެބަލް ޑިވައިސް ޕަވާކުރާ ކުންފުންޏެވެ.

އާ ފޯލްޑަބަލް ފޯނަކާއި ރޯލެބަލް ޑިވައިސްއަކުން ފޯލްޑަބަލްސްގެ މުސްތަގުބަލަށް އުފާވެރިކަން ގެނެސްދޭނެކަމަކީ ޝައްކެތްނެއްގޮތުގައިވެސް ތެދު ވާހަކައެވެ.

މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނަނީ 2023 ވަނަ އަހަރުގެ ތެރޭގައި މަދުވެގެން 7 ފޯލްޑަބަލް ނޯޓްބުކް ރިލީސް ކުރާނެ ކަމަށާއި ނަމަވެސް ލިބެން ހުންނާނީ ލިމިޓެޑް އެމައުންޓެއް ކަމަށެވެ.ލަފާކުރެވެނީ ފޯލްޑަބަލް ނޯޓްބުކް އުފައްދާ ކުންފުނިތަކުން ބޭނުންވަނީ ޓެސްޓް ރަންއެއް ބާއްވައި މާސް މެނުފެކްޗަރިންއަށް ވައުދުވުމުގެ ކުރިން ޓެކްނޮލޮޖީ ހިފެހެއްޓޭތޯ ބަލާށެވެ.

އަނެއްކާވެސް ފޯލްޑަބަލް ނޯޓްބުކެއް އުފެއްދުމުގެ އެންމެ ބޮޑު އެއް ވާދަވެރިއަކީ ސެމްސަންގް އެވެ. އެ ކުންފުނިން މީގެ ކުރިން ވެސް އެކި ޓެކް އިވެންޓްތަކުގައި މި ކޮންސެޕްޓް ދައްކާލާފައިވާއިރު ފައިނަލް ޕްރޮޑަކްޓަށް ގެލެކްސީ ބުކް ފޯލްޑް 17 ގެ ނަން ދެވިދާނެ އެވެ.

އަދި އަންނަ އަހަރު ފޯލްޑަބަލް ސެގްމަންޓުގައި ސެމްސަންގް އަށް ސީރިއަސް ވާދަވެރިކަމެއް ލިބިދާނެ ކަމަށް ވެސް ބެލެވެ އެވެ.

2023 ވަނަ އަހަރު ވެގެންދާނީ ފޯލްޑަބަލް އަދި ރޯލެބެލް ސްމާރޓްފޯނުަ އުފައްދާ ކުންފުނިތަކަށް ވާދަވެރި އަހަރަކަށެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.