ޑާލް އީ 2: އަޖައިބެތް ކަހަލަ އޭއައި ޓޫލް އެއް!

ހަސަން ޒަޔާން 25 ޑިސެމްބަރު 2022

ޑާލް އީ 2 އަކީ ލަފްޒުތަކެއް، އިބާރާތެއް ނުވަތަ ފޮޅުވަތެއް ލިޔެލައިގެން އަސްލާއި އެއްގޮތަށް އިބާރާތް ކުރިގޮތާއި އެންމެ ގުޅޭ ގޮތަށް ކުރެހުމެއް ނުވަތަ މަންޒަރެއް އުފައްދާލަދޭ އޭއައި ޓޫލް އެކެވެ. އޯޕެން އޭއައި ގެ މި އުފެއްދުމަކީ ކޮންސެޕްޓް، އެޓްރެބިއުޓް އަދި ސްޓައިލް ތައް އެއްކޮށްލާއިގެން އުފެއްދުންތައް ތައްޔާރުކުރާ މޮޅު ޒަމާނީ ޓޫލް އެކެވެ.

ޑާލް އީ 2 އަކީ 650 މިލިއަން ފޮޓޯގެ މައްޗަށް ތަމްރީނުކޮށްފައިވާ އޭއައި އެކެވެ. ޑާލް-އީ އަދި ޑާލް އީ 2 ގައި ޖީޕީޓީ-3 ބޭނުންކުރާއިރު މިއީ ކޮމްޕިއުޓަރަކަށް ލިޔުނު އިންސާނީ ލިޔުންތައް ދެނެގަނެވޭނެ އޮޓޯރިގްރެސިވް ލެންގުއޭޖް މޮޑެލްއެކެވެ.

ޑާލް އީ 2 މަސައްކަތް ކުރަނީ ކިހިނެއް؟

ޑާލް އީ 2 އިން އިމޭޖް ވޭރިއޭޝަންތައް އިމޭޖްގެ ކްލިޕް އެމްބެޑިންތައް ހޯދައި ޑިފިއުޝަން ޑިކޯޑަރު މެދުވެރިކޮށް ޕްރޮސެސް ކުރަނީއެވެ.

މީގެ ސަބަބުން ވަރަށް ފުރިހަމަ އަދި އަސްލާއި އެއްގޮތް ފޮޓޯ އެއް އުފެއްދިގެން ދާނެއެވެ.

ޑާލް އީ 2 އިން ލިބޭ ފައިދާ އަކީ ކޮބާ؟

ޑާލް އީ 2 އިން އަހަރެމެންނަށް ފަސޭހައިން އެ ބޭނުންވާ ކުރެހުމެން ނުވަތަ މަންޒަރައެއް ބޭނުންވާ ފުރިހަމަ މިނުގައި ހުރިހާ ތަފްސީލުތަކެއް ހިމެނޭހެން ލިބެއެވެ.

ޑާލް އީ 2 އިން ގުދުރަތީ ބަހުގެ ކެޕްޝަނަކުން މިހާރު ހުރި ފޮޓޯތަކަށް ރިއަލިސްޓިކް އެޑިޓްތައް ހެދޭނެ އެވެ. ހިޔަނި، ރިފްލެކްޝަންސް އަދި ޓެކްސްޗަރއަށް ރިއާޔަތްކުރާއިރު އެލިމެންޓްތައް އިތުރުކޮށް ނައްތާލެވިދާނެއެވެ.

ޑާލް އީ އިން ނުހަނު ގިނަ އިމޭޖް ވޭރިއޭޝަން ތަށް ވެސް ލިބެއެވެ.

އިމޭޖް ނުވަތަ އާރޓް ޖެނެރޭޓް ކުރާނެ ގޮތް!

ޑާލް އީ 2 ބޭނުން ކުރަމަށްޓަކައި ލެބްސް.އޯޕެންއޭއައި.ކޮމް އަށް ދާށެވެ.

އޭރުން އޯޕެން އޭއައި ގެ ޑާލް އީ 2 ގެ އޮފިޝަލް ވެބްސައިޓަށް ވަދެވޭނެއެވެ.

ޑާލް އީ 2 އަކީ ފްރީ ޓޫލް އެއް ނޫނެވެ. ނަމަވެސް ސައިނަޕް ވުމުން ފްރީ 50 ކްރެޑިޓް ލިބިގެން ދާނެއެވެ. އެހެން ކަމުން މަތީ ކަނާތް ފަޅި ކަނުން ސައިނަޕް ނުވަތަ އެކައުންޓެއް ވާނަމަ ލޮގިން ވާށެވެ.

ލޮގިން ނުވަތަ ސައިނަޕް ވުމުން އިމެޖް ނުވަތަ އާރޓް ޖެނެރޭޓް ކުރުމަށް އެކްސެސް ލިބޭނެއެވެ.

އެޕޭޖްގައި ވާ އިންޕުޓް ބޮކްސް ގައި ޖެނެރޭޓް ކުރަން ބޭނުން ޑިސްކްރިޕްޝަން އެއް ލިޔާށެވެ. ނުވަތަ ސަޕްރައިސް މީ ބަޓަން އަށް ފިއްތާލުމުން އޮޓޯއިން ޑިސްކްރިޕްޝަން އެއް ލިޔެވޭނެއެވެ.

ނުވަތަ އިމެޖް އެއް އަޕްލޯޑް ކުރުމަށް ފަހު ވެސް އެޑިޓް ކުރެވޭނެއެވެ.

ޑީޓެއިލް ލިޔެ ނިމުމުން ޖެނެރޭޓް ބަޓަން އަށް ފިއްތާލާށެވެ.

ޖެނެރޭޓް ވުމަށް ކުޑަ އިރުކޮޅެއް ނަގާނެއެވެ.

ޖެނެރޭޓް ވުމުން އިމޭޖް ތައް ތިރިން ފެންނާނެއެވެ.

ޑާލް އީ 2 މެދުވެރިކޮށް މި އުފެއްދޭ ކުރެހުމާއި މަންޒަރުތަކުގެ އެހީގައި ގިނަ ގުނަ ފަސޭހަތަކެއް ލިބިގެން ދާނެއެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.