އެސް23 ގެ ޑިޒައިން ޕްރޮމޯޝަނަލް ފޮޓޯތަކަކުން ލީކުވެއްޖެ

ހަސަން ޒަޔާން 27 ޑިސެމްބަރު 2022

މިފެށޭ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު ގެލެކްސީ އެސް23 ލޯންޗް ކުރުމުގެ އިވެންޓުގެ ކުރިން ސެމްސަންގްގެ ކުރިއަށް އޮތް މަތީ ފަންތީގެ ފޯނުތަކުގެ ޑިޒައިން ވަނީ ތްރީޑީ ސީއޭޑީ ރެންޑާތައް މެދުވެރިކޮށް ހާމަކޮށްފަ އެވެ. މިހާރު ރަސްމީ ޕްރޮމޯޝަނަލް ފޮޓޯތަކުގެ ފުރަތަމަ ސެޓު ލީކުވެފައި ވާއިރު މީގެ ތެރޭގައި ގެލެކްސީ އެސް23 ޕްލަސް އާއި ގެލެކްސީ އެސް23 އަލްޓްރާގެ ޑިޒައިން ހިމެނިފައި ވެއެވެ.

ގެލެކްސީ އެސް23 ޕްލަސް، ގެލެކްސީ އެސް23 އަލްޓްރާ އަދި ގެލެކްސީ ބަޑްސް 2 ޕްރޯ އަދި ގެލެކްސީ ވޮޗް 5 އަދި ގެލެކްސީ ވެއާބަލް ޑިވައިސްތައް ޕްރޮމޯޓްކުރާ ގެލެކްސީ އެސް23 ސީރީޒްގެ މާކެޓިން ފޮޓޯތައް އާއްމުކޮށްފައި ވަނީ 91 މޮބައިލްސް އިންނެވެ. ގެލެކްސީ އެސް23 ޕްލަސް ޕިންކް ކުލައިން ފެންނައިރު ގެލެކްސީ އެސް23 އަލްޓްރާ ފެހި ކުލައިން ފެނެއެވެ.

ގެލެކްސީ އެސް21 އާއި ގެލެކްސީ އެސް22 އާއެކު ފެނުނު ކެމެރާ އައިލެންޑް ޑިޒައިން ސެމންގުން ހިމަނާފައި ނުވާކަން ފާހަގަ ކުރެވެއެވެ. ގެލެކްސީ އެސް23 ޕްލަސްގައި މިހާރު ވަނީ ގެލެކްސީ އެސް22 އަލްޓްރާއާ އެއްގޮތްވާ ޑިޒައިނެކެވެ. ފަހަތުގައި ވަކިވަކި ކެމެރާ ރިންގްތައް ހިމަނާފައެވެ.

ގެލެކްސީ އެސް22 އަލްޓްރާގެ ފަހަތު ކެމެރާގެ ވަށައިގެން ކަޅު ކުލައިގެ ރިންގް ހުރެއެވެ. މި ޑިވައިސްގައި ފްރޮންޓް ކެމެރާއަށް ޕަންޗް ހޯލް ސައިޒުގެ ޑިސްޕްލޭ ކަޓްއައުޓެއް އަދިވެސް ހުރި އިރު، އެ ޑިވައިސް މިހާރު ވަނީ 12 މެގަޕިކްސެލްގެ ސެންސަރަކަށް އަޕްގްރޭޑްކޮށްފަ އެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.