ގޫގަލް އިން ޗެޓްޖީޕީޓީއަށް ވާދަވެރިއެއް އުފައްދަނީ

ހަސަން ޒަޔާން 28 ޑިސެމްބަރު 2022

ގޫގަލް އަކީ ސާޗް އިންޑަސްޓްރީގައި ބާރުގަދަ ބާރަކަށް ވީ ނަމަވެސް، އޭއައި ޗެޓްބޮޓް ޗެޓްޖީޕީޓީގެ ސަބަބުން އެ ކުންފުންޏަށް ނުރައްކާ ވެއެވެ.

ޗެޓްޖީޕީޓީ އާއި އެހެނިހެން އޭއައި ޑްރައިވް ޗެޓްބޮޓްތަކަށް ވާދަވެރިއެއް އުފެއްދުމަށް ސާޗް ޖަޔަންޓުން ވަނީ "ކޯޑް ރެޑް" އެއް އިއުލާނުކޮށްފަ އެވެ.

އެ އައުޓްލެޓުން ބުނަނީ ގޫގަލް އިން ކޯޑް ރެޑް އިއުލާނު ކުރުމަކީ "ފަޔާ އެލާމް ނެގުން" ފަދަ ކަމެއް ކަމަށެވެ.

ޗެޓްޖީޕީޓީ އަކީ ގޫގަލްގެ ޑޮމިނެންސަށް އޮތް ވަރަށް ބޮޑު ނުރައްކަލަކަށް ވާ ކަމަކީ މައުޟޫއަކާ ބެހޭ ގޮތުން ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ ގާބިލުކަން ޗެޓްޖީޕީޓީއަށް ލިބިފާވުމެވެ. ޗެޓްޖީޕީޓީއަކީ ޓްރެޑިޝަނަލް ސާޗް އިންޖީނުގެ ބައުންޑަރީތައް މުޅިން އާ ހަރުފަތަކަށް ވައްޓާލާ އެއްޗެކެވެ. މިސާލަކަށް ބުނާނަމަ ލިޔުމެއް ނުވަތަ ޅެމެއް ކޮމްޕޯޒް ކުރުމަށް ވެސް ބުނެވިދާނެ އެވެ.

ގޫގަލްގެ ސީއީއޯ ސުންދަރު ޕިޗާއީ މިހާރު ވަނީ ޗެޓްޖީޕީޓީގެ އިންޒާރަށް ޖަވާބު ދިނުމަށް އެ ކުންފުނީގެ މުވައްޒަފުންނަށް އަންގަވާފަ އެވެ.

އަދި މެއި މަހުގެ ތެރޭގައި އެ ކުންފުނީގެ ކޮންފަރެންސެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިހާރު ކުންފުނީގެ ތެރޭގައި ހިމެނޭ ހުރިހާ ޓީމަކާ ހަވާލުކޮށްފައިވަނީ އާ އޭއައި ޕްރޮޓޮޓައިޕްތަކާއި އުފެއްދުންތައް ތައްޔާރުކޮށް ނެރުމަށެވެ.

ގޫގަލްގެ މުސްތަގުބަލާ މެދު ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައި

ނަމަވެސް ޗެޓްޖީޕީޓީ އާއި އެހެނިހެން އޭއައި ޗެޓްބޮޓްތަކާ ކުރިމަތިލުމަށް ގޫގަލް އިން ގެންގުޅޭ ސްޓްރެޓެޖީއެއް ނޭނގެއެވެ. ނަމަވެސް އެ ކުންފުނިން ނިންމަން ޖެހޭނީ އެ ކުންފުނީގެ ސާޗް އިންޖީނު ރިފައިން ކުރަންވީތޯ ނުވަތަ ސްޓޭންޑަލޯން އޭއައި ޗެޓްބޮޓެއް ހަދަންތޯ އެވެ. ގޫގަލްގެ އެގްޒެކެޓިވްސް އިން އިންޒާރު ދީފައި ވަނީ އިންޑަސްޓްރީ އެމީހުންނަށް ޓަކައި މަޑުނުކުރާނެ ކަމަށާއި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

ދަ ޓައިމްސް އިން ބެލި މެމޯއެއްގައި ވާގޮތުން ގޫގަލް އިން ކަންބޮޑުވަނީ އޭއައިގެ ސަބަބުން މުޖުތަމައުއަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ކަމަށާއި ކުދި ކުންފުނިތަކަށް އެމީހުންގެ އެޑްވާންސް އޭއައި ޓެކްނޮލޮޖީ ބޭނުންކުރަން ފަސޭހަވާ ކަމަށް އެ ކުންފުނީގެ އެގްޒެކެޓިވްސް ބުނެ އެވެ. ހަމަ އެފަދައިން ޗެޓްޖީޕީޓީއިން ވެސް ދާދި ފަހުން ވަނީ ވިހަ، ނަސްލީ އަދި ނުރަނގަޅު ޖަވާބެއް އުފައްދަމުންދާ ކަމަށް ބުނެ ޝަކުވާކޮށްފައެވެ. މައިކްރޮސޮފްޓާއި މެޓާ އިން ވެސް ވަނީ އެފަދަ ސަބަބުތަކާ ހުރެ ޗެޓްބޮޓްތައް ނަގަން ޖެހިފަ އެވެ.

ގޫގަލްގެ އަނެއް ޕްލޭނަކީ އެ ކުންފުނީގެ ޗެޓްބޮޓް ޓެކްނޮލޮޖީ އަކީ ތާޑް ޕާޓީ ވިޔަފާރިތަކަށް ކްލައުޑް ކޮމްޕިއުޓިން ހިދުމަތެއްގެ ގޮތުގައި ނެރެ، ޕްރޮޓޯޓައިޕްތައް ބޭނުންކުރާ އެންމެ ފަސް ލައްކަ މީހުންނަށް ލިމިޓް ކުރުމެވެ. ނަމަވެސް ޗެޓްބޮޓެއްގެ ތެރެއަށް ސާޗް ޓެކްނޮލޮޖީ ހިމެނުމަކީ ގޫގަލް ސާޗް ޕޭޖުތަކުން ބޭނުންކުރާ މީހުން ދުރުކޮށް، އޭގެ މާނައަކީ އިޝްތިހާރުތަކުން އެ ކުންފުންޏަށް ލިބޭ އާމްދަނީ މަދުވާނެ ކަމަށެވެ. ގޫގަލް އާއި ޔާހޫގެ ކުރީގެ މުވައްޒަފު އަމްރު އަވަދަالله ބުނި ގޮތުގައި ގޫގަލް އަށް ބިޒްނަސް މޮޑެލްގެ މައްސަލައެއް ދިމާވަނީ "ގޫގަލް އިން ކޮންމެ ސުވާލަކަށް ވެސް ފުރިހަމަ ޖަވާބެއް ދީފިނަމަ އެއްވެސް އިޝްތިހާރަކަށް ކްލިކް ނުކުރާނެތީ" ކަމަށެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.