އެލެކްސާގެ މަޖާ އަދި ބޭނުންތެރި ފީޗާރތަކެއް

ހަސަން ޒަޔާން 29 ޑިސެމްބަރު 2022

އެލެކްސާއަކީ ވަގުތާއި މޫސުމާއި ދުވާލުގެ އެންމެ މަތީ ހެޑްލައިންތައް ކިޔައިދެވިދާނެ އަދި ޓައިމަރތައް ކަނޑައެޅުމާއި ސުވާލުތަކަށް ޖަވާބުދިނުމާއި މިއުޒިކް ކުޅެވިދާނެ ޤާބިލްކަން ހުރި ޓެކް ޑިވައިސް އެއް ކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ.

އެކަމަކު އެލެކްސާއަށް ތިބާގެ ފޯނު ގެއްލިއްޖެގެއްލުނު ފޯނު ފެނިދާނެކަން ނުވަތަ އިންޓަކޮމް ސިސްޓަމެއްގެ ގޮތުގައި މަސައްކަތް ކުރެވިދާނެކަން އެނގޭ ހެއްޔެވެ؟

އެލެކްސާ އަކީ ތިމާއަށް އިހުސާސް ކުރެވޭ ވަރަށް ވުރެ ސްމާޓް ޑިވައިސް އެކެވެ. މުނިފޫހިފިލުވައިދީ ދިރިއުޅުން ފަސޭހަކޮށްދިނުމަށް ޓަކައި ކުރެވިދާނެ އެތައް އަޖައިބު ކުރަނިވި ކަންތައްތަކެއް އެކުލެވެގިންވާ ޑިވައިސް އެކެވެ.

ތިރީގައި މިވަނީ ޓްރައި ނުކޮށް ދޫކޮށްލަން ނުވާނެ ސަޅި ފީޗާތަކެކެވެ.

1. ފޯނު ހޯދުން

ތިބާގެ ފޯނު ގެއްލުމުން ފަސޭހައިން ހޯދުމަށްޓަކައި އެލެކްސާއަށް އެހީވެވިދާނެއެވެ. އެލެކްސާ ކޯލިން އެނެބަލް ކޮށްލުމުން "އެލެކްސާ، ފައިންޑް މައި ފޯން" މިހެން ބުނުމުން އެލެކްސާ އަށް ތިބާގެ ފޯނަށް ރިންގް ކުރެވޭނެއެވެ. އަދި އަވަހަށް ޓްރެކް ކުރެވޭނެއެވެ.

2. މަޖާ ގޭމެއް ކުޅުން

ޓްރިވިއާއިން ފެށިގެން ކާޑު ގޭމްތަކާ ހަމައަށް އެލެކްސާއަށް ތިބާއާއެކު ހުރިހާ ބާވަތެއްގެ ގޭމްތަކެއް ކުޅެވިދާނެއެވެ. ކޮންޓްރޯލަރެއް ނުވަތަ ބޯޑު ގޭމެއް ނުނަގައި މުނިފޫހިފިލުވުމުގައި އެލެކްސާއަށް އހީ ވެވިދާނެއެވެ. ހެޑްސް އަޕް ފަދަ ވަކި ގޭމްތަކެއް ކުޅެން އެލެކްސާއަށް ބުނެވިދާނެ! ނުވަތަ ޖިއޯޕާޑީ، އަދި "އެލެކްސާ، ލެޓްސް ޕްލޭ އަ ގޭމް" އޭ ވެސް ބުނެވިދާނެ، އަދި އޮޕްޝަންތަކުގެ ލިސްޓެއް ވެސް ހުށަހަޅައިދޭނެ އެވެ.

3. ޖޯކުތަކާއި ވާހަކަތައް ކިޔައިދިނުން

މުނިފޫހިފިލުވުމުގެ މޫޑުގައި ހެއްޔެވެ؟ ޖޯކެއް ނުވަތަ ވާހަކައެއް ކިޔައިދޭން އެލެކްސާގެ ގާތުގައި ބުނެވިދާނެއެވެ. އެލެކްސާއަކީ ތިބާއާއި ނުވަތަ ދަރިންނާ ހިއްސާކުރެވިދާނެ އެތައް ހާސް ޖޯކްތަކާއި ވާހަކަތަކާއި އެހެނިހެން މަޖާ ހަގީގަތްތަކަށް އެކްސެސް ލިބިފައިވާ ވަސީލަތެކެވެ.

4. ސްމާޓް ހޯމް ޑިވައިސްތައް ކޮންޓްރޯލް ކުރުން

އެލެކްސާ އަށް ކޮމްޕެޓިބަލް ސްމާޓް ހޯމް ޑިވައިސްތަކާ އެކު ޕެއާ ކޮށް އެ ޑިވައިސްތަށް އަޑުން ކޮންޓްރޯލް ކުރެވޭނެއެވެ. މިސާލަކަށް އެލެކްސާއަށް ޓީވީ އޮންކުރުމަށް ނުވަތަ ކޮމްޕެޓިބަލް ކީލެސް ސްމާޓް ލޮކެއް ހުރިނަމަ ދޮރު ތަޅުލުމަށް ބުނެވިދާނެއެވެ. އަދި އެލެކްސާއަށް ލައިޓް ޖައްސައި، ފަސޭހަ ކޮމާންޑަކާއެކު ތާރމޯސްޓޭޓް ކޮންޓްރޯލް ކުރެވިދާނެއެވެ.

5. މަޑުން ވާހަކަ ދެއްކުން

މާ ބާރަށް އެލެކްސާގެ އަޑު އިއްވަން ބޭނުން ނުވާނަމަ ތިބާ ބުނަން ބޭނުންވާ ކޮމާންޑް މަޑުން (ވިސްޕާރ) ކޮށް ބުނާށެވެ، އޭރުން އެލެކްސާ ވެސް ރައްދު ދޭނީ އަޑު މަޑު ކޮންނެވެ.

6. އަވަހަށް ވާހަކަ ދެއްކުން

ބައެއް މީހުން އިސްކަންދެނީ އެލެކްސާ ތަންކޮޅެއް އަވަހަށް ވާހަކަ ދެއްކުމަށް ކަމަށާއި އެކަން ކުރަން ވަރަށް ފަސޭހައެވެ. ކުރަން ވީ ކަމަކީ "އެލެކްސާ، ސްޕީކް އަ ލިޓިލް ކުއިކަރ" މިހެން ބުނުމުން އެލެކްސާ އަވަހަށް ވާހަކަ ދައްކަން ފަށާނެ އެވެ. "އެލެކްސާ، ސްޕީކް އަ ލިޓިލް ސްލޮވަރ" ބުނުމުން ސްޕީޑް ވެސް ބަދަލުކޮށްލެވޭނެ އެވެ.

7. ހޯމް އިންޓަކޮމްއެއްގެ ގޮތުގައި މަސައްކަތް ކުރުން

ގޭގައި އެލެކްސާ ބޭނުންކުރާ ގިނަ ޑިވައިސްތަކެއް ހުރިނަމަ، އިއުލާނުކުރުމަށް ނުވަތަ އެކަކު އަނެކަކު ޗެކްއިން ކުރުމަށް އެ ޑިވައިސްތައް ބޭނުން ކުރެވިދާނެއެވެ. "އެލެކްސާ، އެނައުންސް ޑިނާ އިޒް ރެޑީ" އޭ ބުނުމުން އެލެކްސާ ހުރިހާ ޑިވައިސްއަކަށް އިއުލާނުތައް ފޮނުވާނެ އެވެ.

8. ރޫޓީންތަކާއެކު ދުވަސް ސްޓްރީމްލައިން ކުރޭ

އެލެކްސާ ރޫޓިންސް އަކީ ކޮންމެ މީހަކަށް ވަކިން އެދޭކަށް ނުޖެހޭ ގޮތަށް އެކްޝަންތައް ގުރޫޕްކޮށްގެން ދުވަސް އޮޓޮމޭޓް ކުރުމަށް އެހީތެރިވެދޭނެ އެއްޗެކެވެ. މިސާލަކަށް "އެލެކްސާ، ގުޑް މޯނިން" އޭ ބުނުމުން އެލެކްސާ އަށް ލައިޓް ޖައްސައި، މޫސުން އަންދާޒާކޮށް، ފޭވަރިޓް ޕްލޭލިސްޓް ފަށައިގެން ދުވަސް ފަށައިގަނެވިދާނެ އެވެ. ވޮއިސް ކޮމާންޑަކުން ފަށަން ރޫޓިންސް ޝެޑިއުލް ކުރެވިދާނެއެވެ.

މިލިޔުމުން ތިޔަ ކިޔާލެއްވީ އެލެކްސާ އަށް ޓްރައި ކުރެވިދާނެ މަޖާ އަދި ބޭނުންތެރި 8 ގޮތެކެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.