ޓެކްނޮލޮޖީއިން ފިޓްނެސް އަށް އިނގިލާބެއް ގެނެސްފި، ގެންނާނެ!

ހަސަން ޒަޔާން 29 ޑިސެމްބަރު 2022

ވާޗުއަލް ފިޓްނަސް ޕްރޮގްރާމްތަކާއި އެޕްލިކޭޝަންތައް ލައިމްލައިޓަށް އައިސް، މިއަދު ކަސްރަތު ނުކުރުމަށާއި ފިޓްކޮށް ހުރުމަށް މީހުން ދައްކާ ބަހަނާތަކަށް (ވަގުތު ނުލިބުން، އެފޯޑަބިލިޓީ ފަދަ ކަންތަކަށް) ހައްލު ހޯދައި ދީފިއެވެ.

ޕެންޑެމިކްގެ އެންމެ ބޮޑު އެއް ފައިދާއަކީ ފިޓްނަސް ފަދަ ހިދުމަތްތައް އާންމުކޮށް އޮފްލައިންކޮށް ދެމުން އައި މުހިންމު ސިނާއަތްތައް ދެމިއޮތުމެވެ. އިންޑިއާގައި ގާތްގަނޑަކަށް 20،000 ޖިމް ހުންނައިރު، ލޮކްޑައުން މަޖުބޫރުކުރުމާ އެކު އެ ޖިމްތަކުގެ ދޮރުތައް ބަންދުކުރަން މަޖުބޫރުވިއެވެ.

ނަމަވެސް ޑޭޓާ ސައިންސާއި އޭއައި ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ފުޅާ ދާއިރާއެއްގައި ބޭނުންކުރުމުގެ ސަބަބުން ފިޓްނަސް ދާއިރާއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފިޓްނަސް އެޕް ޑައުންލޯޑްކުރާ މީހުންގެ އަދަދު 46 ޕަސެންޓް އިތުރުވެފައިވާއިރު، އިންޑިއާއިން އެންމެ ގިނައިން ޑައުންލޯޑް ކުރި އަދަދު ވަނީ 156 ޕަސެންޓް އިތުރުވެފަ އެވެ. މި އާދަޔާ ހިލާފު ކުރިއެރުމަކީ އޮގްމެންޓެޑް ރިއަލިޓީ (އޭއާރް) އާއި ވާޗުއަލް ރިއަލިޓީ (ވީއާރް) ޑްރައިވް ޓްރެއިނިންގެ އެހީގައި ފިޓްނަސް އެޕްލިކޭޝަންތަކުން ހިތްހަމަޖެހުމާއި މޯޓިވޭޝަން ލިބުމެވެ.

މިއަދު ވަނީ ސިއްހީ ދާއިރާ އާއި ފިޓްނަސް ދާއިރާއިން ޑިޖިޓަލް އެޑޮޕްޝަން އިތުރުވެފަ އެވެ. ވާޗުއަލް ފިޓްނަސް ޕްރޮގްރާމްތަކާއި އެޕްލިކޭޝަންތައް ލައިމްލައިޓަށް އައިސް، ކަސްރަތު ނުކުރުމަށާއި ފިޓްކޮށް ހުރުމަށް މީހުން ދައްކާ ބަހަނާތަކަށް (ވަގުތު ނުލިބުން، އެފޯޑަބިލިޓީ ފަދަ ކަންކަމަށް) ހައްލު ހޯދައިދީފައެވެ.

ފިޓްނަސް ސްޓޫޑިއޯތަކުން ލައިވް ޓްރެއިނިން ސެޝަންތައް ކުރިއަށް ގެންދިއުމަށް އޮންލައިންކޮށް ހިދުމަތް ބަދަލުކޮށްފައިވާއިރު، ފިޓްނަސް އެޕްލިކޭޝަންތަކުން ޕާސަނަލައިޒްޑް ކަސްރަތާއި ނަތީޖާ ކަށަވަރުކޮށްދޭ ޑައިޓް ޕްލޭންތައް ފޯރުކޮށްދެއެވެ.

މިފަދަ އެޕްލިކޭޝަންތަކުގެ ލުއިފަސޭހަކަމާއި ނަތީޖާގެ ސަބަބުން 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެކަނިވެސް އިންޑިއާއިން 58 މިލިއަނަށްވުރެ ގިނަ މީހުން އަލަށް ޖޮއިން ކޮށް ބޭނުންކޮށްފައިވެއެވެ.

ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކުގެ ސަބަބުން 2022 ވަނަ އަހަރާއި އޭގެ ފަހުން ފިޓްނަސް ވިޔަފާރިއަށް އަސަރުކުރާނެ ގޮތުގެ އިތުރު ތަފްޞީލުތައް ތިރީގައި މިވަނީއެވެ.

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހިންގާ ތަމްރީނުތައް

ފިޓްނަސް އިންޑަސްޓްރީތައް ކުރިއެރުމުގެ ފަހަތުގައި ވަނީ އާ ޒަމާނުގެ ޓެކްނޮލޮޖީ، ޑޭޓާ ސައިންސް، މެޝިން ލާނިން އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ޓްރައިޑެވެ. ބޭނުންކުރާ ފަރާތްތަކުގެ ސިއްހަތާއި ފިޓްނަސްއާ ގުޅުންހުރި ޑޭޓާއެއް އެއްކޮށްގެން، އެލްގޯރިދަމްތަކުން ޖިސްމާނީ އަދި ނަފްސާނީ ނަތީޖާ އަށް ވައުދުވާ ޕާސަނަލައިޒްޑް ވޯކްއައުޓް ރެޖިމެންސްތައް ކްރިއޭޓް ކުރެ އެވެ.

މީގެ އިތުރުން ނޯތުވެސްޓަން ޔުނިވާސިޓީގެ ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޓެކްނޮލޮޖީއަކީ ކޮންވެންޝަނަލް މޯޓިވޭޝަނަލް ޓެކްނިކްތަކަށް ވުރެ ބޮޑަށް މީހުން މޯޓިވޭޓްކޮށް، ފިޓްނަސް އަށް ޝައުގުވެރިވާ މީހުންގެ މުޅި ސިއްހަތު އިތުރުކޮށް، ހަށިގަނޑުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވެދޭ ޓެކްނޮލޮޖީއެކެވެ.

ހަމައެކަނި ފިޓްނަސް ޕްލޭންތައް ކްރިއޭޓް ކުރުމުގެ އިތުރަށް އޭއައި ޑްރިވެން ފިޓްނަސް އެޕްލިކޭޝަންތަކުގެ ދައުރު ކުރިއަށް ދެއެވެ. ދާދި ފަހުން ވަނީ "ހިއުމަން ޕޯޒް އެސްޓިމޭޝަން" ޓެކްނިކްސް ހިމެނޭ ސޮފިސްޓިކޭޓެޑް ފިޓްނަސް އެޕްލިކޭޝަންތައް ތައާރަފްކޮށްފަ އެވެ. އޭއައިގެ މި ބްރާންޗުން ސްކެލެޓަލް ސިސްޓަމާއި ކޮންޓްރޯސް އަދި ވޮލިއުމް މޮނިޓާކޮށް، ބޭނުންކުރާ ފަރާތްތަކުގެ ޕޮސްޗާތަކާއި ފޯމްތައް ރަނގަޅުކުރުމަށް ކިޔާދޭނެއެވެ.

ވެއަރަބަލް ޓެކްނޮލޮޖީ

ފިޓްނަސް އެޕްލިކޭޝަންތަކުގެ އިތުރުން ފިޓްނަސް ވެއާބަލްސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރުކަމާއި މަގުބޫލުކަން ވަނީ އިތުރުވެފަ އެވެ.

ފިޓްނަސް ޓްރެކަރުން ސްޓްރެސް ލެވެލް، ހިތުގެ ވިންދު އަދި ކެލޮރީސް އަންދައިގެން ހުންނަ މިންވަރު މޮނިޓާކުރަނީ ބޭނުންކުރާ މީހާގެ އަމާޒަށް ވާސިލްވެ، އަމިއްލަ ނަފްސަށް އެމީހުންގެ މިންގަނޑުން ބޭރުން ބާރު ނުފޯރުވުމަށެވެ.

މުސްތަގުބަލުގައި ސްމާޓް ގަޑިތަކުގެ އިތުރުން އޭއައި ޓެކްނޮލޮޖީ އާއި ސެންސަރުތަކާ އެކު ހިމެނޭ ސްމާޓް ސްޕޯޓްސް އެޕަރަލް ތައާރަފްކޮށް، ބޭނުންކުރާ މީހުންގެ އުފެއްދުންތެރިކަމާއި ކަސްރަތު ޕާފޯމަންސް އިތުރަށް ހަރުދަނާ ކުރާނެ ކަމަށް ބެލެވެ އެވެ.

އޭއައި ބޭސްޑް ޑައިޓް ޕްލޭން

ފިޓްނަސް އާއި ކޮންސިސްޓެންޓް އެކްޓިވިޓީއާ ގުޅޭ ގޮތުން ވެސް ހަށިގަނޑުގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ރަނގަޅު ޑައިޓެއް މުހިއްމު ދައުރެއް އަދާކުރެ އެވެ.

މިކަމަށް އެހީތެރިވުމުގެ ގޮތުން އޭއައި-ޑްރިވެން ފިޓްނަސް އެޕްލިކޭޝަންތަކުން ބޭނުންކުރާ މީހާގެ ޑައިޓްރީ އެޕްލޯއިމަންޓާއި، ނަތީޖާ އާއި ބިހޭވިއާލް ވެރިއޭބަލްސް އާ ބެހޭ މުހިންމު މައުލޫމާތުތައް އެއްކޮށް، ޕްރޮޓީން، ވިޓަމިންސް، މިނަރަލްސް، ކާބޯހައިޑްރޭޓްސް އަދި ހުރިހާ މައިކްރޯ އަދި މެކްރޯ ނިއުޓްރިއަންޓްސް ފަދަ ޒަރޫރީ ނިއުޓްރިއެންޓްސް ހިމެނޭ ޕާސަނަލައިޒްޑް ޑައިޓް ޕްލޭންތައް ކްރިއޭޓް ކުރުމަށް އެހީވެއެވެ.

ފިޓްނަސް އެޕްލިކޭޝަން ޑައުންލޯޑްކުރާ މީހުންގެ އަދަދު 2022 ވަނަ އަހަރު 293.4 މިލިއަނަށް އަރާނެ ކަމަށް އަންދާޒާކޮށްފައި ވަނީ ގޭގައި ތިބެގެން ކަސްރަތު ކުރުމުގައި ތަފާތު ފަސޭހަކަމާއި އޭއައި އިންކޯޕަރޭޓެޑް ފިޓްނަސް ޓެކްނޮލޮޖީގެ ފައިދާތަކުގެ ސަބަބުންނެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.