މައިކްރޮސްފްޓް އިން ނޯޓްޕެޑް އަށް ޓެބްސް ތަޢާރަފްކުރަނީ

ހަސަން ޒަޔާން 29 ޑިސެމްބަރު 2022

ޓެބްތަކަކީ ހަމައެކަނި ވެބް ބްރައުޒާތަކަށް ޚާއްސަ ކުރެވިފައިވާ އެއްޗެއް ނޫނެވެ. އެއީ ފާއިތުވި އަހަރުތަކުގައި ވިންޑޯޒްގެ އިތުރު އެޕްލިކޭޝަންތަކުގައި ވެސް އެ ޓެބްތައް ފެންނަން ފަށާފައި ވާތީއެވެ. އަދި ޓެބްސް ނޯޓްޕެޑަށް އައުމަކީ އެކަށީގެންވާ ކަމެކެވެ.

މައިކްރޮސޮފްޓްގެ މުވައްޒަފަކު މިހާރު ޑިލީޓްކޮށްފައިވާ ޓުވީޓަކުން ވަނީ ޓެބްތަކަށް ތާއީދުކޮށް ނޯޓްޕެޑްގެ އިންޓާނަލް ބިލްޑެއް ހަދާފައިވާކަން ހާމަކޮށްފަ އެވެ. ބްރައުޒާއާއި ދާދި އެއްގޮތަށް ގިނަ ޓެކްސްޓް ފައިލްތައް ހުޅުވައި އެޑިޓްކޮށް، އެ ހުރިހާ އެއްޗެއް އެއް ވިންޑޯއެއްގެ ތެރޭގައި ތަރުތީބުކޮށް ބެހެއްޓޭނެއެވެ.

ތިރީގައިވާ ސްކްރީންޝޮޓުން ފެންނަ ގޮތުގައި ވިންޑޯގައި ބޮޑު "ކޮންފިޑެންޝަލް" އިންޒާރެއް ދީފައިވާއިރު، ފީޗާތަކާ ބެހޭ ގޮތުން ވާހަކަ ނުދެއްކުމަށް ނުވަތަ ސްކްރީންޝޮޓް ތައް ނުނެގުމަށް އިންޒާރުދީ، ޕްރައިމްޓައިމަށް އަދި ތައްޔާރު ނުވާ ކަން އަންގައިދެއެވެ.

ފައިލް އެކްސްޕްލޯރާއަށް ދާދި ފަހުން ޓެބްތައް ވެސް އިތުރުކޮށްފައިވާތީ މައިކްރޮސޮފްޓުން އަންނަނީ މި ފީޗަރ އިތުރު ޕްރޮގްރާމްތަކަށް އެޑް ކުރުމުގެ މަސއްކަތް ކުރަމުންނެވެ. މީގެ ސަބަބުން ޕީސީގައި އެއްޗެއް ލިޔުމަށް ނޯޓްޕެޑް ޝޯޓްކަޓަށް ގިނަފަހަރަށް ވާސިލްވާތަން ފެނިއްޖެނަމަ ކަންކަން ސާފުކޮށް، ރަނގަޅަށް ތަރުތީބުކުރުމަށް ފަސޭހަވެގެންދާނެއެވެ.

ނަމަވެސް ހިތާމައަކީ މިވަގުތު ބޭނުން ނުކުރެވޭނެ ކަމަށާއި ނަމަވެސް 2023 ވަނަ އަހަރު ރޯލްވަމުން އަންނައިރު ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އިންސައިޑަރުންނަށް ރޯލްއައުޓް ވާނެ ކަމެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.