ކުރިއަށް އޮތް ޖީލުގައި ޓެކްނޮލޮޖީ އަށް އަންނާނެ ބަދަލުތަށް

ހަސަން ޒަޔާން 30 ޑިސެމްބަރު 2022

ފާއިތުވި އަހަރުތަކުގައި ޓެކްނޮލޮޖީގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، އަންނަން އޮތް ޖީލުތަކުގައި ވެސް ޓެކްނޮލޮޖީގެ ކުރިއެރުން ތައް އަންނަމުން ދާނެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ފެންނާނެ ކަމަށް އުންމީދު ކުރެވޭ ބައެއް ދާއިރާތަކަށް އަލި އަޅުވާލާނަމެވެ.

އާޓިފިޝަލް އިންޓެލިޖެންސް: އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން މިހާރުވެސް ދިރިއުޅުމުގެ ގިނަ ކަންކަމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާއިރު، ކުރިއަށް އޮތް ތާނގައި މިކަން މިހާރަށްވުރެ ބޮޑަށް ފެތުރިގެން ދާނެ އެވެ.

މަސައްކަތްތައް އޮޓޮމޭޓްކުރުމާއި ނިންމުންތައް ނިންމުމުން ފެށިގެން ޞިއްޙީ ޚިދުމަތާއި ތަޢުލީމު އިތުރަށް ހަރުދަނާކުރުމާ ހަމައަށް، ފުޅާ ދާއިރާއެއްގައި އޭ.އައި. އިތުރަށް ކުރިއަރަމުން ދާނެއެވެ. މިހާރަށްވުރެ ކޮމްޕްލެކްސް މަސައްކަތްތައް ބެލެހެއްޓުމާއި، ރަނގަޅު ނިންމުންތަކެއް ނިންމުމުގެ ފުރުޞަތު ފަހިވެގެންދާއިރު، އެކަމުގެ ސަބަބުން މުޖުތަމަޢަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ވާޗުއަލް އެންޑް އޮގްމެންޓެޑް ރިއަލިޓީ: ވާޗުއަލް އެންޑް އޮގްމެންޓެޑް ރިއަލިޓީ (ވީއާރް އަދި އޭއާރް) ޓެކްނޮލޮޖީއަށް މިފަހަކަށް އައިސް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާއިރު، އެކަން އިތުރަށް ރަނގަޅުވަމުން ދާނެއެވެ. ވީއާރް އަދި އޭއާރް ބޭނުންކުރާނީ ގޭމިން އާއި މުނިފޫހިފިލުވުމާއި ތައުލީމާއި ތަމްރީނު ފަދަ އެޕްލިކޭޝަންތަކުގައެވެ. ޓެކްނޮލޮޖީ އިތުރަށް ކުރިއަރައިގެން ދާވަރަކަށް އިތުރު އިމަރސިވް އަދި ރިއަލިސްޓިކް ތަޖުރިބާތައް ފެންނާނެ ކަމަށް އުންމީދު ކުރެވެއެވެ.

ބަޔޯމެޑިކަލް ޓެކްނޮލޮޖީ: ބަޔޯމެޑިކަލް ޓެކްނޮލޮޖީއަކީ އަންނަން އޮތް ޖީލުތަކުގައި ބޮޑެތި ކުރިއެރުންތަކެއް ފެންނާނެ ކަމަށް އުންމީދު ކުރެވޭ ދާއިރާއެކެވެ. ގުނަވަންތަކާއި ޓިޝޫތަކުގެ ތްރީޑީ ޕްރިންޓިންއިން ފެށިގެން އާ ބޭހާއި ފަރުވާތައް އުފެއްދުމާ ހަމައަށް ބަޔޯމެޑިކަލް ޓެކްނޮލޮޖީގެ ސަބަބުން ސިއްހީ ހިދުމަތް ރަނގަޅުކޮށް ދިރިއުޅުމުގެ ފެންވަރު މަތިކޮށް މުޖުތަމައުއަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ރޮބޮޓިކްސް: ރޮބޮޓިކްސް ޓެކްނޮލޮޖީގެ ސަބަބުން މިހާރުވެސް ގިނަ ސިނާއަތްތަކަށް ވަރަށް ބޮޑު ފައިދާކުރަނިވި އަސަރެއް ކޮށްފައިވާއިރު، ކުރިއަށް އޮތް ޖީލުތަކުގައި ވެސް މި ޓެކްނޮލޮޖީ ކުރިއަރަމުން ދާނެއެވެ. މިއަށްވުރެ އެޑްވާންސް ރޮބޮޓްތައް އުފެއްދުމާއި، ޞިއްޙީ ޚިދުމަތާއި، ރީޓެއިލްކުރުމުގައިވެސް ބޭނުންކުރާތަން ފެންނާނެކަމަށް އުންމީދު ކުރެވެއެވެ. ރޮބޮޓްތައް މިހާރަށްވުރެ ހަރުދަނާވަމުން ދާވަރަކަށް، މުޖުތަމަޢަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

އިއާދަކުރަނިވި ހަކަތަ: ނުވަތަ "ރިނިވަބަލް އެނާރޖީ" ތިމާވެއްޓާ މެދު ހުރި ކަންބޮޑުވުންތައް އިތުރުވަމުންދާއިރު، އިއާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީއަށް އަންނަން އޮތް ޖީލުތަކުގައި ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް އުންމީދު ކުރެވިދާނެ އެވެ. ސޯލާ އަދި ވިންޑް ޕަވާއިން ފެށިގެން ހައިޑްރޯ އިލެކްޓްރިކް އަދި ޖިއޮތަމަލް ހަކަތައާ ހަމައަށް އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް މިހާރަށްވުރެ ހަރުދަނާވެ އަދި ޚަރަދު ކުޑަވެ، މި ޓެކްނޮލޮޖީތައް ބޭނުންކުރުމަށް ފަސޭހަވެ، ކާބަން ފުޓްޕްރިންޓް މަދުވެގެންދާނެއެވެ.

ޖުމްލަގޮތެއްގައި، ޓެކްނޮލޮޖީގެ އަންނަން އޮތް ޖީލަކީ، އަޅުގަނޑުމެންގެ ދިރިއުޅުމަށާއި، މުޅި މުޖުތަމަޢު ވަރަށް ބޮޑަށް ކުރިއެރުވުމުގެ ޤާބިލުކަން ލިބިފައިވާ ޖީލެކެވެ. އޭއައި އާއި ވީއާރް/އޭއާރް އިން ފެށިގެން ބަޔޯމެޑިކަލް ޓެކްނޮލޮޖީ އާއި އިއާދަކުރަނިވި ހަކަތައާ ހަމައަށް ވެސް ވަރަށް ހިތްގައިމު ކުރިއެރުންތަކެއް އެބަހުއްޓެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.