އެންޑްރޮއިޑް ފޯނުގެ ބެޓެރީ ލައިފް ސޭވްކުރެވޭނެ ފީޗަރއެއް

ހަސަން ޒަޔާން 01 ޖެނުއަރީ 2023

އެންޑްރޮއިޑްގައި ބެކްގްރައުންޑް ޑޭޓާ ރިސްޓްރިކްޓް ކުރަން އެނގުމުން، ޑޭޓާ އެލަވަންސްގެ އިތުރުން ބެޓެރީލައިފް ވެސް ސޭވް ކުރާނެ އެވެ. ރަނގަޅު އެންޑްރޮއިޑް ފޯނެއް ގިނަ ދުވަހު ބޭނުން ކުރުމުގެ ފުރުސަތު ދިގުދެމިގެންދާނެއެވެ.

އެންޑްރޮއިޑްގައި ބެކްގްރައުންޑް ޑޭޓާ ލިމިޓް ކުރާނެ ގޮތް އެނގުމުން، ވައިފައި އެކްސެސް ނެތް އިރު ފޯކަސް ނުކުރާ އެޕްތައް ރިފއރެޝް ވިޔަ ނުދީ ހުއްޓުވޭނެއެވެ.

މި ފީޗަރ ގައި އުނިކަމެއް އެބަހުއްޓެވެ: ބެކްގްރައުންޑް އެޕް ރިފްރެޝް ޑިސްއޭބަލް ކޮށްގެން އިންސްޓަގްރާމް އަދި ވަޓްސްއެޕް ފަދަ އެޕްލިކޭޝަންތަކުން އަންނަ މެސެޖުތަކެއް ނުލިބޭނެއެވެ. ނަމަވެސް ވަޓްސްއެޕް ފަދަ މުހިންމު އެޕްލިކޭޝަންތަކަށް ވަކިވަކިން ހުއްދަތައް ކަނޑައަޅައި، މި ސެޓިންތައް ބައިޕާސް ކޮށްލެވިދާނެއެވެ. އޭގެ މާނައަކީ ބެކްގްރައުންޑްގައި އަދިވެސް ރިފްރެޝް ވާނެ ކަމަށާއި ނަމަވެސް އެކަން ކުރަނީ މަދު އެޕްލިކޭޝަންތަކަކުންނެވެ.

އެންޑްރޮއިޑްގެ ބެކްގްރައުންޑް ޑޭޓާ ސްޓޮޕް ކުރެވޭނެ ގޮތަކީ މިއީ އެވެ.

1- ސެޓިންގްސް އެޕް ހުޅުވުން.

(ފޮޓޯ ކްރެޑިޓް: ފިއުޗާ)

2- ސެޓިންގްސް މެނޫގެ ދަށުން މޮބައިލް ނެޓްވޯކް އަށް ޓެޕް ކުރޭ

3- ޓެޕް ޑޭޓާ ޔޫޒެޖް

4- މިހާރު އެންމެ ގިނައިން ޑޭޓާ ބޭނުންކުރަނީ ކޮން އެޕްތަކަކުންތޯ ބަލާލެވޭނެއެވެ. ޑޭޓާ ސޭވިންއަށް ޓެޕް ކުރާށެވެ.

5. ޓޮގަލް ޑޭޓާ ސޭވިންގ އޮން، ދެން، ބައެއް އެޕްލިކޭޝަންތަކަށް އެކްސްޕެކްޝަން ހަދަން ބޭނުންނަމަ، އަންރެސްޓްރިކްޓެޑް އެޕްލިކޭޝަންތައް ޓެޕްކޮށްލާށެވެ.

6- މޮބައިލް ޑޭޓާއާއެކު ރިފްރެޝް ކުރަމުން ގެންދަން ބޭނުންވާ ކޮންމެ އެޕްލިކޭޝަނެއްގައި ޓޮގްލް ކުރުން.

މިކަމުގެ ސަބަބުން ބެޓެރީ ދިގުމުއްދަތަކަށް ދެމިއޮތުމަށް މަގުފަހިވެގެންދާނެއެވެ. އަދިވެސް ބެޓެރީ ލައިފް ރަނގަޅު ނޫންނަމަ ސްކްރީނުގެ ބްރައިޓްނެސް ދަށްކޮށް، ބްލޫޓޫތު ފަދަ ތަކެތި ވެސް ނިއްވާލާށެވެ. އެހެން ނޫންނަމަ އަބަދުވެސް އެންމެ ރަނގަޅު ޕޯޓަބަލް ޗާޖަރެއް ޓްރައި ކޮށްލެވިދާނެއެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.