ޗެޓްޖީޕީޓީއިން ލިޔުނުކަން އަންގައިދޭއެޕެއް ކޮލެޖް ދަރިވަރަކު އުފައްދައިފި

ހަސަން ޒަޔާން 07 ޖެނުއަރީ 2023

ޕްރިންސްޓަންގެ ދަރިވަރަކު އޭއައި ބޭސްޑް ޕްލެޖިއަރިޒަމް އާ ދެކޮޅަށް ޗެޓްޖީޕީޓީއިން ލިޔުމެއް ލިޔުނުކަން ދެނެގަނެވޭނެ އެޕްލިކޭޝަނެއް ހަދައިފިއެވެ.

އޭއައި ޕްލެޖިއަރިޒަމްއާ ދެކޮޅަށް ސައިންސްވެރިން މަސައްކަތް ކުރާއިރު، މި އާ އެޕްލިކޭޝަނަކުން ލިޔުމަކީ ޗެޓްޖީޕީޓީ އިން ލިޔެފައިވާ ލިޔުމެއްކަން ދެނެގަނެވޭނެއެވެ. ޕްރިންސްޓަންގެ ކޮމްޕިއުޓާ ސައިންސްގެ ދަރިވަރެއް ކަމަށްވާ އެޑްވާޑް ޓިއާން ބުނި ގޮތުގައި ޗުއްޓީ ހޭދަވީ ޖީޕީޓީޒީރޯ ބިނާކުރުމަށެވެ.

އޭނާ ވަނީ ނިއު ޔޯކާގެ ލިޔުމަކާއި ޗެޓްޖީޕީޓީއިން ލިޔުނު ސިޓީއަކާ ގުޅޭ ގޮތުން އެޕްލިކޭޝަނުން ކުރި އެނަލިސިސް އާ އަޅާކިޔާ ދެ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. އެ އެޕްލިކޭޝަން މެދުވެރިކޮށް އިންސާނެއްގެ ލިޔުން އަދި އޭއައި ލިޔެފައިވާ ލިޔުން ދެނެގަނެވުނެވެ.

ޖީ.ޕީ.ޓީ.ޒީރޯ އިން އެ ލިޔުމުގެ "perplexity and burstiness" ބަލައެވެ އަދި އެއީ ކިހާ ކޮމްޕްލިކޭޓެޑް އެއްޗެއްކަމާއި، ކިހާ ރޭންޑަމްކޮށް ލިޔެފައި ހުންނަ އެއްޗެއްކަން ބަލައެވެ.

މި އެޕްލިކޭޝަން މަޤްބޫލުވެ ހީވެސް ނުކުރާ ވަރަށް ވެބް ޓްރެފިކް ބޮޑުވުމުގެ ސަބަބުން ކްރޭޝްވުމުގެ ސަބަބުން، މިހާރު އެކްސެސް ވެވޭނީ ބީޓާ-ސައިންއަޕް ވެގެންނެވެ.

ބީބީސީގެ ކުރީގެ ޑޭޓާ ޖާނަލިސްޓް ޓިއާން ބުނީ ޖީޕީޓީޒީރޯ ހަދަން ހިތްވަރު ލިބުނީ އޭއައި ޕްލެޖިއަރިޒަމްގެ މައްސަލަތައް އިތުރުވެފައިވާތަން ފެނުމުން ކަމަށެވެ. "ޗެޓްޖީޕީޓީ ބޭނުންކޮށްގެން ދަރިވަރުން ތާރީޚީ ލިޔުންތައް ލިޔަން ހައިސްކޫލް ޓީޗަރުން ބޭނުންވާނެހެއްޔެވެ؟ ނުވާނެއެވެ." އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ދާދި ފަހުން ގާޑިއަން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗެޓްޖީޕީޓީއިން އަމިއްލަ ސިސްޓަމެއް ތައާރަފްކުރަނީ ޕްލެޖިއަރިޒަމް އާ ދެކޮޅަށް މަސައްކަތް ކުރުމަށް ކަމަށާއި އެކަން ދެނެގަންނަން ފަސޭހަކޮށްދިނުމަށެވެ.އެއީ އޭއައިގެ މަގްބޫލުކަމާ މެދު ގޫގުލް އިން "ކޯޑް ރެޑް" އެލާޓް ނެރެފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ނެރުނު ރިޕޯޓަކާ ގުޅިގެންނެވެ.

އިންސައިޑާގެ ބީޓްރިސް ނޯލަން ވެސް ޗެޓްޖީޕީޓީ ޓެސްޓުކޮށް ވަޒީފާއަށް ކުރިމަތިލުމަށް ސިޓީއެއް ލިޔުނު އިރު، ވަޒީފާ އަދާކުރާ މެނޭޖަރަކު ބުނީ އިންޓަވިއު އެއް ލިބުނީސް ކަމަށާއި އެހެން ނަމަވެސް އަނެއް ބޭފުޅަކު ވިދާޅުވީ އެ ސިޓީގައި ޝަހުސިއްޔަތެއް ނެތް ކަމަށެވެ.

ޓިއާން އިތުރަށް ވިދާޅުވީ ޕްރިންސްޓަންގެ ނެޗުރަލް ލެންގުއޭޖް ޕްރޮސެސިން ގްރޫޕާ އެކު ސްޓޫޑެންޓް ޖާނަލިޒަމް އާޓިކަލްތައް ޑޭޓާގެ ގޮތުގައި ބޭނުންކޮށްގެން އެކިއުރެސީ ސްޓެޓިސްޓިކްސް ހިމެނޭ ކަރުދާހެއް ޝާއިއު ކުރަން ނިންމާފައިވާ ކަމަށެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.