އިންޑިއާއިން ފޯނުތަކުގައި ޔޫއެސްބީ-ސީ މަޖުބޫރުކުރަނީ

ހަސަން ޒަޔާން 12 ޖެނުއަރީ 2023

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދާދި ފަހުން ވަނީ ފޯނު، ޓެބްލެޓް އަދި އެހެނިހެން ޑިވައިސްތަކުގައި ޔޫއެސްބީ ޓައިޕް-ސީ ޕޯރޓް އެއް ހުންނަން މަޖުބޫރު އުސޫލެއް ފާސްކޮށްފަ އެވެ. އެހެން ގައުމުތަކުން ވެސް މިހާރު އެ ޕާޓީއާ ގުޅެން ޖެހުމަކީ އެހާ ރަނގަޅު ވިސްނުމެކެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލުން ވަނީ 2025 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މޮބައިލް ޑިވައިސްތަކުގެ ސްޓޭންޑާޑް ޗާޖިން ޕޯޓަކީ ޔޫއެސްބީ ޓައިޕް-ސީ އަށް ވާން ޖެހޭނެ ކަމަށް ބުނެފައެވެ. ސެކްރެޓަރީ ރޯހިތު ކުމާރު ސިންގް އިކޮނޮމިކް ޓައިމްސްއަށް ވިދާޅުވީ ޗާޖަރުތަކަށް ބަލާއިރު ގްލޯބަލް ސަޕްލައި ޗެއިން އެއް އޮންނަ ކަމަށާއި އެހެންކަމުން ދުނިޔޭގެ ޓައިމްލައިނާ އެއްގޮތްވާން ޖެހޭ ކަމަށެވެ. "ބޭނުމަކީ ގޭބިސީއަކަށް ޗާޖަރުގެ އަދަދު މަދުކޮށް، އީ-ވޭސްޓް އުފެދޭ މިންވަރު މަދުކުރުން." އިތުރަށް ރޯހިތު ވިދާޅުވިއެވެ.

ޔޫރަޕިއަން ޔޫނިއަންގެ އާ އުސޫލާ އެއްގޮތަށް މިތަނުގައި ވެސް އެންމެ ބޮޑު ސަމާލުކަމެއް ދެނީ އިލެކްޓްރޯނިކް ކުނި މަދުކުރުމަށެވެ. އިތުރު ޑިވައިސްތަކުން އެއް ކޭބަލްތަކާއި ޗާޖަރުތައް ބޭނުންކުރާނަމަ، އާ ޑިވައިސްއެއްގައި ތަފާތު ޗާޖިން މެތަޑެއް ހުންނައިރު އުކާލުމުގެ ބަދަލުގައި ޑިވައިސްތަކުގައި އަލުން ބޭނުން ކުރެވިދާނެ އެވެ. އީޔޫގެ ގައިޑްލައިނަށް އަމަލުކުރަން ފަށާނީ އިންޑިއާއަށް ހުށަހަޅަން ނިންމާފައިވާ ޓައިމްލައިންގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. އެއީ ޑިސެމްބަރު 28، 2024 ގައެވެ.

އިންޑިއާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމެވެ. ބިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ގައުމަކަށް ވާއިރު، ސްމާޓްފޯނުތަކަށް އެންމެ މުހިންމު އެއް މާކެޓަކީ އިންޑިއާ އެވެ. ޑިވައިސް އުފައްދާ ކުންފުނިތަކުން ހުރިހާ އެއްޗެއް ޓައިޕް-ސީ އަށް ބަދަލުކުރަން ނުވަތަ ބޮޑު ޕޮޓެންޝަލް މާކެޓެއް ގެއްލުމުގެ ނުރައްކާ އޮތް ސަބަބަކީ އެއީ އެކަންޏެވެ.

ޔޫރަޕިއަން ޔޫނިއަންގެ ގައިޑްލައިންތަކަށް އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވަނީ އެޕަލް އަށް އޭގެ އަސަރު ކުރާ ގޮތުގެ މައްޗަށެވެ. ތާރީޚީ ގޮތުން ބަލާއިރު، ޔޫރަޕަށްވުރެ އިންޑިއާގައި އެޕަލްގެ ކާމިޔާބީ ވަރަށް ކުޑަނަމަވެސް، މިފަހަކަށް އައިސް އެކަން ވަނީ ބަދަލުވެފައެވެ. މާކެޓްގެ އަންދާޒާތައް ދައްކާ ގޮތުން 2022 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެންމެ މަގުބޫލު ޕްރިމިއަމް ސްމާޓްފޯނަކީ އައިފޯން 13 އެވެ. އެހެންކަމުން އައިފޯން 15 ސީރީޒްގައި ޔޫއެސްބީ ޓައިޕް-ސީ ޕޯރޓް ހުންނާނެ ކަމަށް މި އަހަރުގެ ކުރީކޮޅު ނެރުނު ރިޕޯޓްތައް ބުނެއެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.