ޗެޓްޖީޕީޓީ އާއި ވާދަކުރުމަށް ގޫގަލްއިން "ބާޑް" ނެރެނީ

އަޙްމަދު ދާއޫދު 07 ފެބްރުއަރީ 2023

އޯޕެންއޭއައިގެ ޗެޓްޖީޕީޓީއާ ވާދަކުރަން ގޫގަލްގެ ޗެޓްބޮޓް "ބާޑް" ނެރެން ތައްޔާރުވެއްޖެއެވެ.

ގޫގަލް އިން ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ގޫގަލްގެ އާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް "ބާޑް" ތައާރަފް ކުރަން ނިންމާފައިވާ ކަމަށެވެ. ގޫގަލްގެ ސީއީއޯ ސުންދަރު ޕިޗާއީ ދާދި ފަހުން ކުރެއްވި ބްލޮގް ޕޯސްޓެއްގައި ވަނީ ބާޑް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ޗެޓްބޮޓަށް އެ ކުންފުނިން ގެންގުޅޭ ވިސްނުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

ބާޑް ބޭނުންކުރާނީ މީގެ ދެ އަހަރު ކުރިން ގޫގަލް އިން ތައާރަފުކުރި ޑައިލޮގް އެޕްލިކޭޝަންސް (ލަމްޑާ) ގެ ލެންގުއޭޖް މޮޑެލް އެވެ. ޕިޗާއީ ވިދާޅުވީ ބާޑްގެ އަމާޒަކީ ގޫގުލްގެ ޖެނެރޭޓިވް ލެންގުއޭޖްގެ އޭޕީއައި އުފެއްދުންތެރިކަމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ހުޅުވާލުންކަމަށެވެ.ޅުގަނޑުމެން ރާވަނީ އެއައި ބޭނުންކޮށްގެން އާ އެޕްލިކޭޝަންތައް އުފެއްދުމަށް އެހެން މީހުންނަށް އެހީތެރިވެދޭނެ ގިނަ ޓޫލްތަކާއި އެޕީއައިތައް ހުށަހެޅުމަށެވެ. މީގެ އިތުރުން އިތުބާރު ހުރި އެއައި ސިސްޓަމްތައް އުފެއްދުމަށް ސްޓާޓްއަޕްތަކަށް ބޭނުންވާ ކޮމްޕިއުޓިން ޕަވަރ ފޯރުކޮށްދިނުމަށްޓަކައި ގޫގަލް ކްލައުޑާއި ކޯހެއާ، ސީ3.އޭއައި، އަދި އެންތްރޮޕިކް ފަދަ ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާކަމަށް ވަނީ ހާމަކޮށްފައެވެ. ސީއީއޯ ވިދާޅުވީ ބާޑް އިން ދޭ ޖަވާބުތައް ބިނާވާނީ ހަމައެކަނި އިންޓަނެޓުން ލިބެން ހުރި މައުލޫމާތަށް ނޫން ކަމަށާއި ބޭނުންކުރާ ފަރާތްތަކުގެ ފީޑްބެކްގެ މައްޗަށް ވެސް ކަމަށެވެ.

ޕިޗާއީ ވިދާޅުވީ ގޫގަލް އިން ބާޑްގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި އެފަދަ ނާޖާއިޒު ފައިދާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު "ހަނި" ކުރުމަށް އެ ކުންފުނިން މަސައްކަތް ކުރާ ކަމަށެވެ. ސީއީއޯ އިތުރަށް ވިދާޅުވީ ބާޑް ފަރުމާކޮށްފައި ވަނީ ލުއި ކޮށް، ގިނަ ކަސްޓަމަރުންނަށް އެއްފަހަރާ ޗެޓްބޮޓް ބޭނުން ކުރެވޭނެ ގޮތަށް ކަމަށެވެ.

ޗެޓްބޮޓްތަކުގެ މަގުބޫލުކަން އިތުރުވަމުންދާއިރު، އިތުރު ކުންފުނިތަކުން ދަނީ އެފަދަ ފީޗާތައް އެ މީހުންގެ ޕްލެޓްފޯމްތަކުގައި ހިމަނާނެ ގޮތްތައް ހޯދަމުންނެވެ. މައިކްރޮސޮފްޓުން ދާދި ފަހުން 10 ބިލިއަން ޑޮލަރުން ޗެޓްޖީޕީޓީ ގަތުމުން މި ޓްރެންޑް ވަރަށް ބޮޑަށް ފެނިގެން ދާއިރު، މިއީ އެންމެ ދެ މަސް ދުވަހުގެ ތެރޭގައި އެންމެ އަވަހަށް 100 މިލިއަން މީހުން ބޭނުންކުރާ އެޕްލިކޭޝަނަށް ވެގެން ދިޔަ އެޕްލިކޭޝަނެކެވެ. ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާ އިން ވަނީ ޗެޓްބޮޓް ކޮންޓެންޓަށް ބަޒްފީޑް ނިއުސްއާ އެކު 10 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދާފަ އެވެ.

ނަމަވެސް ޗެޓްބޮޓްތަކުން ލިބޭ ފައިދާތަކާ މެދު އަދިވެސް ބަހުސްތައް ހިނގަމުންދާއިރު، ޗެޓްބޮޓްގެ ސަބަބުން ދަރިވަރުން އަމިއްލައަށް މަސައްކަތް ނުކޮށް ޕްރޮޖެކްޓްތައް ނިންމުމުގެ ފުރުސަތު އޮތުމުން ބައެއް ތައުލީމީ މުއައްސަސާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ކަންބޮޑުވުންތަކާ އެކުވެސް ގޫގަލް އިން ދަނީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޗެޓްބޮޓް އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި އޮވެ، ބާޑް ތައާރަފް ކުރުމުގެ ވިސްނުން ގެންގުޅެމުންނެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.