ޒުވާން އަންހެން ކުދިންނަށް ކޯޑިންގ ހުނަރުތައް ދަސްކޮށްދީ، ޓެކް ދާއިރާއަށް މަގުފަހިކޮށްދިނުމަށް ހިންގާ ފްލެގްޝިޕް ޕްރޮގްރާމް "ގާލްސް ޓު ކޯޑް" ގެ 5 ވަނަ އެޑިޝަން މާލޭގައި ފަށައިފިއެވެ.
މާލޭ ސިޓީގައި ދިރިއުޅޭ 16 އަހަރާއި 30 އަހަރާއި ދެމެދު އަންހެންކުދިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމް 10 ޖުލައި 2025 ގައި މާލެ ސިޓީގައި ފަށާފައިވާއިރު، މިޓެކްނޮލޮޖީގެ ދާއިރާ ދަސްކުރުމަށް ޝައުގުވެރިކަން ހުރި 25 އަންހެން ކުދިން ބައިވެރިވެފައިވެއެވެ.
ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި، މި ބައިވެރިން އޮންލައިން އަދި އިން-ޕާސަން ސެޝަންތަކުގައި ބައިވެރިވެ، ޕްރޮގްރާމިންގ، ވެބް ޑިވެލޮޕްމަންޓް އަދި ޕައިތަން ބޭނުންކޮށްގެން ޓެކްނޮލޮޖީގެ އެކި ސޮލިއުޝަންސް ހެދުމުގެ ތަމްރީނު ލިބިގަންނާނެއެވެ.ޓެކްނިކަލް ތަމްރީނުގެ އިތުރުން، މި ޕްރޮގްރާމްގައި ބައިވެރިންނަށް ކެރިއަރ ޑިވެލޮޕްމަންޓް ވޯކްޝޮޕްތަކާއި، ވަޒީފާއަށް ތައްޔާރުވުމުގެ ސެޝަންތަށްވެސް ކުރިޔަށް ގެންދާނެއެވެ.
2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ރަށްތަކުގައި މިޕްރޮގްރާމް ވަނީ ވަރަށް ކާމިޔާބުކަމާއެކު ހިންގާފައެވެ. މީގެ ތެރޭގައި ފުވައްމުލައް، ކުޅުދުއްފުށި، ތިނަދޫ، ލާމު އަތޮޅު، އަދި ހއ. ދިއްދޫ ހިމެނެއެވެ.
"ގާލްސް ޓު ކޯޑް" އަކީ ޓެކްނޮލޮޖީގެ ދާއިރާގައި ޒުވާން އަންހެނުން ބާރުވެރިކުރުވާ ހަރަކާތެކެވެ. މިއަހަރު މާލޭގައި ބޭއްވޭ މި ޕްރޮގްރާމުގައި ކޯޑިންގ، މައްސަލަ ހައްލުކުރުން އަދި އަމިއްލަ ނަފުސަށް އިތުބާރު އިތުރުކުރުމުގެ ވޯކްޝޮޕްތައް ހިމެނެއެވެ. މީގެ މަޤްޞަދަކީ ހިތްވަރާއި އަޒުމާއެކު ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ މުސްތަޤުބަލު ބިނާކުރުމެވެ.
"މި އަހަރުގެ ގަރލްސް ޓު ކޯޑް ޕްރޮގްރާމްގެ މަގުސަދަކީ ބައިވެރިންނަށް ކޯޑް ކުރަން ދަސްކޮށްދިނުމުގެ އިތުރުން، ޕްރޮގްރާމް ނިންމާ ކުދިންނަށް ވަޒީފާގެ މައިދާނުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ، ކެރިއަރ ގައިޑެންސް ވޯކްޝޮޕްތައް ތައާރަފްކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން." ބިޝާރާ ހަމީދު، ދިރާގުގެ ސީނިއަރ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ވިދާޅުވިއެވެ.
"ގަރލްސް ޓު ކޯޑް އަކީ ޓެކްނޮލޮޖީގެ ދާއިރާގައި އަންހެން ޒުވާނުން ބާރުވެރިކޮށް، އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވަރުގަދަކޮށް، ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށްދޭ ޕްރޮގްރާމެއް." އާމިނަތު ޝިއުފާ، ވިމެން އިން ޓެކް މޯލްޑިވްސްގެ ސެކްރެޓެރީ ޖެނެރަލް ވިދާޅުވިއެވެ.
މި މުބާދަރާއަށް އެހީތެރިވުމުގެ ގޮތުން، ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްއިން ޓެކްނޮލޮޖީގެ ދާއިރާގައި ހުރި ޖެންޑަރ ގެޕް ކުޑަކުރުމަށާއި، ރާއްޖޭގައި އިންކްލޫސިވް ޑިޖިޓަލް އިކޮނޮމީއެއް ބިނާކުރުމަށް އޮތް އަޒުމު އައުކުރަމެވެ.
20 އަންހެން ކުދިން މިހާރު ބައިވެރިވެފައިވާ މި ޕްރޮގްރާމަކީ އެކުދިންގެ ޤާބިލުކަން އިތުރުކޮށް، ކޯޑިންގ މެދުވެރިކޮށް މުސްތަޤްބަލު ބައްޓަންކުރުމަށް ބާރުވެރިކަން ދޭނެ ދަތުރެއް ކަމުގައި ވާނެއެވެ.
ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް