އެޕަލް އިން މިއަދު އިއުލާން ކުރި ގޮތުގައި އެޕަލް އިން ޑިޒައިން ކުރާ ހުރިހާ ބެޓެރީއެއްގައި 100 ޕަސެންޓް ރީސައިކަލް ކޯބަލްޓް 1 ބޭނުން ކުރުމަށް 2025 ވަނަ އަހަރުގެ އާ އަމާޒެއް ހިފައިފި އެވެ. މީގެ އިތުރުން 2025 ވަނަ އަހަރުގެ ނިޔަލަށް އެޕަލް ޑިވައިސްތަކުގައި ހުންނަ މެގްނެޓްތަކުގައި މުޅިން ރީސައިކަލް ކޮށްފައިވާ ރެއާ އާރތް އެލިމެންޓްތައް ބޭނުންކުރާނެ ކަމަށާއި އެޕަލް އިން ފަރުމާކޮށްފައިވާ ހުރިހާ ޕްރިންޓެޑް ސާކިއުޓް ބޯޑެއްގައި ވެސް 100 ޕަސެންޓް ރީސައިކަލް ޓިން ސޮލްޑަރިން އާއި 100 ޕަސެންޓް ރީސައިކަލް ގޯލްޑް ޕްލޭޓިން ބޭނުންކުރާނެ ކަމަށް އެ އިޢުލާންގައި ބުނެފައިވެއެވެ.
2022 ވަނަ އަހަރު އެކުންފުނިން މުހިއްމު ރީސައިކަލް މެޓަލްސް ބޭނުންކުރުން ވަރަށް ބޮޑަށް ފުޅާކޮށް، ހުރިހާ އެލްމިނިއަމްގެ ތިންބައިކުޅަ ދެބައި، އަދި އެޕަލްގެ އުފެއްދުންތަކުގައި ހުންނަ ހުރިހާ ޓަންގްސްޓެންގެ 95 ޕަސެންޓަށް ވުރެ ގިނަ ޓަންގްސްޓެން ހޯދަނީ 100 ޕަސެންޓް ރީސައިކަލް ކުރެވިފައިވާ ތަކެތިންނެވެ .
މި ހަލުވި ކުރިއެރުމުގެ ސަބަބުން އެޕަލް އިން އެމީހުންގެ ހުރިހާ އުފެއްދުމެއް ހަމައެކަނި ރީސައިކަލް އަދި އިއާދަކުރަނިވި ތަކެތިން އުފެއްދުމުގެ އަމާޒާ ގާތްވެ، ކޮންމެ އުފެއްދުމެއް ކާބަން ނިއުޓްރަލް އަށް ހެދުމުގެ ލަނޑުދަނޑި 2030 ވަނަ އަހަރުގެ ނިޔަލަށް ހާޞިލް ކުރާނެއެވެ.
"ކޮންމެ ދުވަހަކު ވެސް އެޕަލް އިން ދަނީ އަހަރެމެން އެންމެން ހިއްސާކުރާ ޕްލެނެޓް ހިމާޔަތް ކުރަމުން، މީހުންގެ ދިރިއުޅުން މުއްސަނދި ކުރާ ޓެކްނޮލޮޖީ އުފެއްދުމަށް އާކަމެއް އުފައްދަމުން،" “އަޅުގަނޑުމެންގެ އުފެއްދުންތަކުގައި ހުންނަ ރީސައިކަލް ކުރެވޭ ތަކެތިން ފެށިގެން، އަޅުގަނޑުމެންގެ އޮޕަރޭޝަންތަކަށް ބާރުދޭ ސާފު ހަކަތައާ ހަމައަށް، އަޅުގަނޑުމެންގެ ތިމާވެށީގެ މަސައްކަތަކީ އަޅުގަނޑުމެން އުފައްދާ ހުރިހާ އުފެއްދުމެއްގެ އެންމެ އިސްކަންދޭ ކަންތައް. އެހެންވީމާ އަޅުގަނޑުމެން ކުރިއަށް ދާނީ ޓެކްނޮލޮޖީއަކީ އަޅުގަނޑުމެންގެ ޔޫޒަރުންނަށް، އަދި ތިމާވެއްޓަށް ވެސް މޮޅު ޓެކްނޮލޮޖީއަކަށް ވާންޖެހޭނެ ކަމަށް ގަބޫލުކޮށްގެން.” އެޕަލްގެ ސީއީއޯ ޓިމް ކޫކް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުފެއްދުންތަކުގައި 100 ޕަސެންޓް ރީސައިކަލް އަދި އިއާދަކުރަނިވި ތަކެތި ބޭނުންކުރުމުގެ ލަނޑުދަނޑި އަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ކާބަން ނިއުޓްރަލް އުފެއްދުންތައް ހާސިލްކުރުން،" “އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި ދެ ލަނޑުދަނޑިއާ ދިމާލަށް އަވަސްކަމާއި އެކު އަދި އެ ޕްރޮސެސްގައި އަޅުގަނޑުމެންގެ މުޅި ސިނާއަތުގައި އިނޮވޭޝަން ކުރިއަރުވައިގެން.” އެޕަލްގެ އެންވަޔަރަންމަންޓް، ޕޮލިސީ، އެންޑް ސޯޝަލް އިނިޝިއޭޓިވްސްގެ ނައިބު ރައީސް ލީސާ ޖެކްސަން ވިދާޅުވި އެވެ .
2025 ވަނަ އަހަރަށް އެޕަލްއިން ހިފާފައިވަ އަމާޒު:
އެޕަލް އިން ވަނީ ފާއިތުވި ތިން އަހަރު ތެރޭގައި 100 ޕަސެންޓް ސެޓްފިކެޓް ލިބިފައިވާ ރީސައިކަލް ކޯބަލްޓް ބޭނުންކުރުން ވަރަށް ބޮޑަށް ފުޅާކޮށް، 2025 ވަނަ އަހަރުގެ ނިޔަލަށް އެޕަލް އިން ފަރުމާކުރި ހުރިހާ ބެޓެރީތަކެއްގައި ހިމެނުމުގެ ފުރުސަތު ލިބިފަ އެވެ. އޭގެ ކުރީ އަހަރު 13 އިންސައްތައިންނެވެ. ކޯބަލްޓަކީ އެޕަލް ޑިވައިސްތައް ހިމެނޭ ގޮތަށް ގިނަ ކޮންސިއުމަރ އިލެކްޓްރޯނިކްސްގައި ބޭނުންކުރާ ބެޓެރީތަކުގައި ހިމެނޭ ވަރަށް މުހިންމު މާއްދާއެއް ކަމުން ހަކަތަ ޑެންސިޓީ މަތިވުމުގެ އިތުރުން ދިގު މުއްދަތާއި ރައްކާތެރިކަމަށް އެޕަލްގެ ހަރުދަނާ މިންގަނޑުތައް ވެސް ފުރިހަމަ ކުރެ އެވެ. އައިފޯން، އައިޕެޑް، އެޕަލް ވޮޗް، މެކްބުކް އަދި އެހެނިހެން ގިނަ އުފެއްދުންތަކުން ފެންނަ އެޕަލް އިން ފަރުމާކޮށްފައިވާ ބެޓެރީތަކަކީ އެ ކުންފުނިން ކޯބަލްޓް ބޭނުންކުރާ މިންވަރުގެ ބޮޑު ބައެއް ތަމްސީލުކުރާ ބެޓެރީތަކެކެވެ.
މިދިޔަ އަހަރު ވެސް އެކުންފުނިން 100 ޕަސެންޓް ސެޓްފިކެޓް ލިބިފައިވާ ރީސައިކަލް ރެއާ އާރތް އެލިމެންޓްސް ބޭނުންކުރުން ވަރަށް ބޮޑަށް ފުޅާވެފައިވާއިރު، 2021 ވަނަ އަހަރު 45 ޕަސެންޓުން 2022 ވަނަ އަހަރު 73 ޕަސެންޓަށް އަރާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފަހުގެ އައިފޯން، އައިޕެޑް، އެޕަލް ވޮޗް، މެކްބުކް، އަދި މެކް މޮޑެލްތަކުން ފެންނަ ހުރިހާ މެގްނެޓްތަކެއް ހިމެނޭ ގޮތަށް ޑިވައިސްތަކުގެ ތެރޭގައި އެ މެޓީރިއަލް ބޭނުން ކުރެއެވެ.
އާ ޓައިމްލައިންގެ ތެރެއިން އެޕަލް އިން ފަރުމާކުރި ހުރިހާ ޕްރިންޓެޑް ސާކިޓް ބޯޑެއްގައި 2025 ވަނަ އަހަރުގެ ނިޔަލަށް 100 ޕަސެންޓް ސެޓްފިކެޓް ލިބިފައިވާ ރީސައިކަލް ގޯލްޑް ޕްލޭޓިން ބޭނުންކުރާނެއެވެ. އައިފޯން 13 ގެ މައި ލޮޖިކް ބޯޑު ޕްލޭޓިންގައި ރަން އަށް އެކްސްކްލޫސިވްލީ ރީސައިކަލްޑް ސަޕްލައި ޗެއިންއެއް އުފެއްދުމަށް ފަހު، އެޕަލް އިން ވަނީ އައިފޯން 14 ލައިނަޕްގައި ހިމެނޭ ހުރިހާ ކެމެރާތަކެއްގެ ވަޔަރ އާއި ޕްރިންޓެޑް ސާކިއުޓް ބޯޑުތައް ހިމެނޭ ގޮތަށް އިތުރު ކޮމްޕޯނެންޓްތަކާއި ޕްރޮޑަކްޓްތަކުގައި މި މެޓީރިއަލް ބޭނުންކުރުން އިތުރުކޮށްފަ އެވެ. އޭގެ ތެރޭގައި އައިޕެޑް، އެޕަލް ވޮޗް، އެއާޕޮޑްސް ޕްރޯ، މެކްބުކް ޕްރޯ، މެކް މިނީ، އަދި ހޯމްޕޮޑް ހިމެނެއެވެ. އަދި މުޅި އިލެކްޓްރޯނިކްސް އިންޑަސްޓްރީގައި ވެސް ނޮން ކަސްޓަމް ކޮމްޕޯނެންޓްތަކަށް ރީސައިކަލް ރަން ފުޅާދާއިރާއެއްގައި ބޭނުން ކުރުމަށް ހިތްވަރު ދިނުމަށް ވެސް އެޕަލް އިން ދަނީ މަސައްކަތް ކުރަމުންނެވެ.
2025 ވަނަ އަހަރުގެ ނިޔަލަށް އެޕަލް އިން ފަރުމާކޮށްފައިވާ ހުރިހާ ޕްރިންޓް ރިޖިޑް އަދި ފްލެކްސިބަލް ސާކިއުޓް ބޯޑެއްގައި 100 ޕަސެންޓް ސެޓްފިކެޓް ލިބިފައިވާ ރީސައިކަލް ޓިން ސޮލްޑަރިން ބޭނުންކުރާނެ އެވެ . ފާއިތުވި އަހަރުތަކުގައި އެޕަލް އިން ރީސައިކަލް ޓިން ބޭނުން ކުރުން ފުޅާވެ، އެޕަލްގެ އުފެއްދުންތަކުގެ ތެރެއިން ގިނަ ފްލެކްސިބަލް ޕްރިންޓެޑް ސާކިއުޓް ބޯޑްތަކެއް ސޮލްޑަރަށް ވަދެފައިވާއިރު، މިދިޔަ އަހަރު ބޭނުންކުރި ހުރިހާ ޓިންގެ 38 ޕަސެންޓް އުފައްދަމުން އަންނަނީ ރީސައިކަލް ސޯސްތަކުންނެވެ. އަދި އިތުރު ކޮމްޕޯނެންޓްތަކެއް ހުރަސްކޮށް ރީސައިކަލް ޓިން އެޕްލިކޭޝަން ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މި މަސައްކަތުގައި ކުންފުނިން ދަނީ އިތުރު ސަޕްލައިއަރުން ބައިވެރި ކުރަމުންނެވެ.
އަދި އެޕަލްގެ 2025 ވަނަ އަހަރަށް ވެފައިވާ އަނެއް ވައުދު ކަމަށްވާ ކުންފުނީގެ ޕެކޭޖިން އިން ޕްލާސްޓިކް ނައްތާލުމަށް ވެސް އިނޮވޭޝަންގެ ސަބަބުން ކުރިއެރުންތަކެއް ލިބިފައިވެ އެވެ. ސްކްރީން ފިލްމް، ރެޕްސް، އަދި ފޯމް ކުޝަނިން ފަދަ ޕެކޭޖިން ކޮމްޕޯނެންޓްތަކަށް ފައިބަރުގެ ބަދަލުތައް ތަރައްގީ ކުރުމުން އެޕަލް ވަނީ މި ބޮޑު އަމާޒަށް ވާސިލްވުމަށް މަގުފަހިކޮށްދީފަ އެވެ.
ކުންފުނީގެ ޕެކޭޖިން ފުޓްޕްރިންޓްގައި ބާކީ ހުރި 4 ޕަސެންޓް ޕްލާސްޓިކް ހައްލުކުރުމަށްޓަކައި އެޕަލް އިން ދަނީ ލޭބަލްތަކާއި ލެމިނޭޝަން އަދި އެހެނިހެން ކުދިކުދި ބޭނުންތައް ބަދަލުކުރުމަށް އާ ކަންތައްތަކެއް އުފައްދަމުންނެވެ.
މިދިޔަ އަހަރު އެޕަލް އިން ވަނީ އައިފޯން 14 އާއި އައިފޯން 14 ޕްރޯގެ ފޮށިތަކަށް ސީދާ ޑިޖިޓަލް ޕްރިންޓިން ތައާރަފް ކުރުމަށް ކަސްޓަމް ޕްރިންޓަރެއް ތަރައްގީކޮށް، ގިނަ ލޭބަލްތަކުގެ ބޭނުން ނައްތާލާފަ އެވެ. އަދި އައިޕެޑް އެއާ، އައިޕެޑް ޕްރޯ، އަދި އެޕަލް ވޮޗް ސީރީޒް 8 ޕެކޭޖިން އިން ފެންނަ އާ އޯވަރޕްރިންޓް ވާނިޝް އަކީ ފޮށިތަކާއި ޕެކޭޖިން ކޮމްޕޯނެންޓްތަކުން ފެންނަ ޕޮލިޕްރޮޕައިލީން ޕްލާސްޓިކް ލެމިނޭޝަންގެ ބަދަލުގައި އުފައްދާފައިވާ ވާނިހެކެވެ. މި އީޖާދުގެ ސަބަބުން 1،100 މެޓްރިކް ޓަނަށް ވުރެ ގިނަ ޕްލާސްޓިކާއި 2،400 މެޓްރިކް ޓަނަށް ވުރެ ގިނަ ކާބަން ޑައިއޮކްސައިޑް މަދުވެގެން ދިޔައެވެ.
ޕްރައިމަރީ އަދި ރީސައިކަލް ކުރެވިފައިވާ ތަކެތި ޒިންމާދާރުކަމާއެކު ހޯދުމުގައި ކުރިއެރުން:
އެޕަލް އިން އަލަށް މައިން ކުރާ މައުދަންތަކަށް ބަރޯސާވުން މަދުވަމުންދާއިރު، މައިނިންގެ މައްޗަށް ދިރިއުޅުން ބަރޯސާވެފައިވާ ކޮމިއުނިޓީތަކަށް ސީދާ އެހީތެރިވުމުގެ ގޮތްތައް ވެސް އެޕަލް އިން ދަނީ ހޯދަމުންނެވެ. އެ ކުންފުނިން ދަނީ ފަންޑް ފޯ ގްލޯބަލް ހިއުމަން ރައިޓްސް ފަދަ ތަޖުރިބާކާރުންނާއި ގުޅިގެން އެފްރިކާގެ ގްރޭޓް ލޭކްސް ސަރަހައްދު ހިމެނޭ ގޮތަށް ފްރަންޓްލައިން އިންސާނީ ހައްގުތަކާއި ތިމާވެށީގެ ދިފާއުގައި މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ލޯކަލް ކޮމިއުނިޓީތަކުގެ މެމްބަރުންނަށް މައިނިން އިން ދުރަށް ދިއުމުގެ ފުރުސަތު ލިބޭ ވޮކޭޝަނަލް އެޑިއުކޭޝަން ޕްރޮގްރާމްތަކެއް ފެށުމަށް ތައްޔާރުވަމުންނެވެ.
އެޕަލް އިން ޕްރައިމަރީ މިނަރަލްސް ހޯދަނީ ޒިންމާދާރުކަމާއެކު ކަމަށާއި، އެޕަލްގެ ސަޕްލައި ޗެއިންގައި އިންސާނީ ހައްގުތަކާއި ތިމާވެށީގެ އެންމެ މަތީ ފެންވަރުގެ މިންގަނޑުތައް ގެންގުޅޭނަކަމަށް އެކުންފުނިން ބުނެއެވެ. އެޕަލް އަކީ ބެޓެރީ ސަޕްލައި ޗެއިންގައި ކޯބަލްޓް އަދި ލިތިއަމް ރިފައިނަރުގެ ލިސްޓެއް ޝާއިއުކުރި ފުރަތަމަ އިލެކްޓްރޯނިކްސް ކުންފުންޏެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން ޓިނު، ޓަންގްސްޓެން، ޓެންޓަލަމް، އަދި ރަން ހޯދުމަށް ފާހަގަކުރެވޭ ކޮންމެ ސްމެލްޓަރަކާއި ރިފައިނަރަކުން ވަނީ މިނިވަން ތިންވަނަ ފަރާތެއްގެ އޮޑިޓްތަކުގައި ބައިވެރިވެފައެވެ.
ރީސައިކަލް އަދި އިއާދަކުރަނިވި ކޮންޓެންޓަށް ބަދަލުވުމުގައި އެޕަލް އިން ވަނީ ތިމާވެށްޓާއި އިންސާނީ ހައްގުތަކާއި ސަޕްލައި އިމްޕެކްޓަށް ބިނާކޮށް 14 މެޓީރިއަލްއަކަށް އިސްކަންދީފަ އެވެ. އެގޮތުން ، ކަރުދާސް، ޕްލާސްޓިކް، މަދުން ނޫނީ ނުފެންނަ ބިމުގެ އުފެއްދުންތައް، ދަގަނޑު، ޓެންޓަލަމް، ޓިން، ޓަންގްސްޓެން، އަދި ޒިންކް ހިމެނެއެވެ.
2022 ވަނަ އަހަރު އެޕަލްގެ އުފެއްދުންތަކުގައި ފޮނުވާ ހުރިހާ ތަކެތީގެ ގާތްގަނޑަކަށް 20 ޕަސެންޓް އައީ ރީސައިކަލް ނުވަތަ އިއާދަކުރަނިވި ހަކަތައިންނެވެ. މީގެ ތެރޭގައި އައިޕެޑްގެ މައި ލޮޖިކް ބޯޑުގައި ފުރަތަމަ ފަހަރަށް ރީސައިކަލް ކޮޕާ ފޮއިލް (10 ވަނަ ޖީލު) ބޭނުންކުރުމާއި، އެމް2 ޗިޕާއެކު މެކްބުކް އެއާގެ ބެޓެރީ ޓްރޭގައި ސެޓްފިކެޓް ލިބިފައިވާ ރީސައިކަލް ސްޓީލް ތައާރަފްކުރުމާއި، އެންމެ ފަހުގެ އެޕަލް ވޮޗް ލައިނަޕްގައި 100 ޕަސެންޓް ރީސައިކަލް ޓަންގްސްޓެން ބޭނުން ކުރުމާއި، އަދި އެޕަލްގެ ގިނަ އުފެއްދުންތަކުން ފެންނަ އެލްމިނިއަމް އެންކްލޯސަރުތަކާއި، އެޕަލް އިން ފަރުމާކޮށްފައިވާ 100 ޕަސެންޓް ރީސައިކަލް އެލްމިނިއަމް އެލޮއި އިން ހެދުން ހިމެނެ އެވެ.
ރީސައިކަލް ކުރުމުގެ މުސްތަގުބަލަށް އިނޮވޭޓިންގ:
އެޕަލްގެ ތާރީޚްގައި ތަފާތު ކުރިއެރުންތައް ހޯދާފައިވާއިރު، ޕާރޓްސް ވަކި ވަކިން ރުޅާލުމާއި ކުރުމާއި ރީސައިކަލް ކުރުމަށް އާ ދިރާސާތަކާއި ތަރައްގީގެ ކުރިއެރުން ހޯދުމަށް އެޕަލް އިން ކުރި މަސައްކަތުން މި ކުރިއެރުން ހޯދުމަށް އެހީތެރިވެދީފައިވެ އެވެ. ޓެކްސަސްގެ އޮސްޓިންގައި ހުންނަ ލީޑިން ރިސާޗް އިންސްޓިޓިއުޝަންތަކާއި މެޓީރިއަލް ރިކަވަރީ ލެބާއެކު ޕާޓްނަޝިޕްތައް ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތަކުގެ ތެރެއިން އެޕަލްގެ އިންޖިނިއަރުންނާއި ތަޖުރިބާކާރުން ދަނީ އެޕަލްގެ އުފެއްދުންތަކުގައި ހުންނަ މެޓީރިއަލްތަކަށް އާ ދިރުމެއް ދިނުމަށް އާ ގޮތްތައް ތަރައްގީކޮށް، ޑިސަސްޓެމްބްލީ އާއި ރިކަވަރީއަށް އެހީތެރިވެދޭ ޑިޒައިން ނިންމުންތަކަށް މައުލޫމާތު ދިނުމަށް އެހީތެރިވަމުންނެވެ.
އެ ކުންފުނީގެ އައިފޯންގެ ބައިތައް ވަކި ވަކިން ރޫޅާލުމަށް ޚާއްސް ރޮބޮޓް ޑެއިޒީ އިން ބެޓެރީތައް އެހެން ކޮމްޕޯނެންޓްތަކާ ވަކިކޮށް، ސްޕެޝަލިޓީ ރީސައިކަލް ކުރާ ފަރާތްތަކަށް ކޯބަލްޓާއި ލިތިއަމް ހިމެނޭ ގޮތަށް އެހެނިހެން ތަކެތި ހޯދުމުގެ ފުރުސަތު ލިބިގެންދެ އެވެ. 2019 ވަނަ އަހަރުން ފެށިގެން އެޕަލް އިން ލަފާކުރާ ގޮތުގައި ޑެއިޒީ ނެގި ބެޓެރީތަކުން 11،000 ކިލޯއަށް ވުރެ ގިނަ ކޮބަލްޓް ހޯދައި، އޭގެ ފަހުން ސެކަންޑަރީ މާކެޓަށް އަނބުރާ ގެނެސްފައިވެ އެވެ. އަދި ގިނަ ދުވަސްވެފައިވާ އިލެކްޓްރޯނިކްސް ރީސައިކަލް ކުރުމުގެ ޕްރޮސެސްތަކުގެ ތެރެއިން ގިނައިން ގެއްލިގެންދާ މަދުން ނޫނީ ނުފެންނަ ބިމުގެ އުފެއްދުންތައް ހޯދުމަށް ވެސް ޑޭޒީ އެހީތެރިވެދެ އެވެ.
ޑޭޒީ އަކީ ރީސައިކަލް ކުރުމާއި ޑިސަމްބްލީ ކުރުމުގެ ދާއިރާއިން އެޕަލް އިން އުފައްދާފައިވާ އާ އުފެއްދުންތަކުގެ ސަބަބުން ސިނާއަތަށް ބަދަލު އަތުވެދާނެ ގޮތުގެ އެންމެ މިސާލެކެވެ. މިހާރު ޗައިނާގައި ރީސައިކަލް ކުރުމުގެ ބައިވެރިއަކާ އެކު ޑިޕްލޮއި ކުރާ އެ ކުންފުނީގެ ޑޭވް ރޮބޮޓުން ޓެޕްޓިކް އިންޖީނުތައް ޑިސަމްބަލްކޮށްގެން މަދުން ނޫނީ ނުފެންނަ ބިމުގެ އުފެއްދުންތައް އިތުރަށް އަވަސް ކުރުމަށް އެހީތެރިވެދެ އެވެ.
އެޕަލް އިން ވަނީ ރީސައިކަލް ޕާޓްނަރުންނަށް އޯވަހެޑް ޕްރޮޖެކްޓަރ ބެސްޓް އޮގްމެންޓެޑް ރިއަލިޓީ (އޭއާރު) ސިސްޓަމްތައް ވެސް ބޭނުން ކުރަން ފަށާފަ އެވެ. މި ސިސްޓަމުން މެކްބުކް އަދި އައިޕެޑް ހިމެނޭ ގޮތަށް ޑިވައިސްތައް ޑިސަމްބްލީ ކުރުމަށް މަގުދައްކައިދެނީ ވީޑިއޯ އިމޭޖަރީ ސީދާ ވޯކް ސަރފޭސްއަކަށް ޕްރޮޖެކްޓްކޮށްގެންނެވެ. އެ ކުންފުނިން ގްލޯބަލް ރީސައިކަލް ކުރާ ފަރާތްތަކަށް އެޕަލް ރީސައިކަލް ގައިޑްސް ޝާއިއު ކުރަނީ އިންސާނުންގެ ސިއްހަތާއި އާދަތައް ރައްކާތެރިކޮށްދީގެން މެޓީރިއަލް ރިކަވަރީގެ އެންމެ ރަނގަޅު ފައިދާ ހޯދުމަށްޓަކަ އެވެ. ރީސައިކަލް އަދި އިއާދަކުރަނިވި ތަކެތި ކޮންމެ އުފެއްދުމެއްގެ ކާބަން ފުޓްޕްރިންޓް ދަށްކުރުމަށް އެހީތެރިވެދޭތީ، ރިކަވަރީ އިތުރުވުމުން ވެސް އެޕަލްގެ މުޅި ސަޕްލައި ޗެއިން އާއި 2030 ވަނަ އަހަރުގެ ތެރޭގައި ކޮންމެ އުފެއްދުމެއްގެ ލައިފް ސައިކަލްގައި ކާބަން ނިއުޓްރަލް ވުމުގެ ބޮޑު އަމާޒާ ގާތްވަމުންދެއެވެ. އެޕަލްގެ އުފެއްދުންތަކުގައި ބެޓެރި ރީސައިކަލްކުރުމުގެ ޕްލޭން އެޕަލްއިން ވަނީ ވަރަށް ތަފްސީލުކޮށް ހާމަކޮށްދީފައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.