އައިއޯއެސް 17 އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަހު ޑަބްލިއުޑަބްލިއުޑީސީގައި ރިލީޒް ކުރަން ވަނީ ހަމަ ޖެހިފައެވެ. މިއީ އައިފޯން ބޭނުންކުރާ ފަރާތްތަކަށް އެޕަލް އިން ފޯރުކޮށްދޭ އާ ފީޗާތަކާއި ބަދަލުތަކުން ފުރިގެންވާ އެންމެ ބޮޑު ސޮފްޓްވެއާ އަޕްޑޭޓްއެވެ.
އަންނަ ޖޫން މަހު އެޕަލް އިން ޑަބްލިއުޑަބްލިއުޑީސީގައި އައިއޯއެސް 17 އިއުލާން ކުރާނެ އެވެ. ޑަބްލިއުޑަބްލިއުޑީސީ އަކީ އެޕަލްގެ އަހަރީ ޑިވެލޮޕަރ ކޮންފަރެންސެވެ. މި ކޮންފަރެންސަކީ އައިފޯން، އައިޕެޑް، މެކް، އެޕަލް ޓީވީ އަދި އެޕަލް ވޮޗްގެ އޮޕަރޭޓިން ސިސްޓަމްތަކުގެ އެންމެ އާ ވާޝަންތައް ދައްކާލާ ކޮންފަރެންސެކެވެ.
ޑަބްލިއުޑަބްލިއުޑީސީ 2023 ޖޫން މަހުގެ ފަސް ވަނަ ދުވަހު ފަށާނެ ކަން އެޕަލް އިން ރަސްމީކޮށް އިއުލާނުކުރީ އެ ކުންފުނީގެ އެންމެ ފަހުގެ އިއުލާނުތަކަށް ހާއްސަ ކީނޯޓް އެޑްރެހަކާ އެކުއެވެ.
ޖޫން މަހު އެޕަލް އިން ޑަބްލިއުޑަބްލިއުޑީސީގައި އައިއޯއެސް 17 އިއުލާނު ކުރުމާ އެކު، އެ އަޕްޑޭޓްގެ ބީޓާ ވާޝަނެއް ވަގުތުން ޑިވެލޮޕަރުންނަށް ދޫކުރާނެއެވެ. އަދި ޖުލައި މަހުގެ ތެރޭގައި އައިފޯން ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް ޓްރައި ކުރެވޭނެ ޕަބްލިކް ބީޓާއެއް ނެރޭނެ އެވެ. އަދި އެޕަލް އިން އައިއޯއެސް 17 ސެޕްޓެމްބަރު މަހުގެ ތެރޭގައި އެންމެންނަށް ނެރޭނެ ކަމަށް ބެލެވޭ އިރު، އާ އައިފޯން 15 އަދި އައިފޯން 15 ޕްރޯ ލައިންއަޕްތަކާ އެކު އެޕަލް އިން އައިއޯއެސް 17 ނެރޭނެ ކަމަށް ބެލެވެއެވެ.
އެޕަލް ހާޑްވެއާގެ އުފެއްދުންތައް މަސްތަކެއް ނުވަތަ އަހަރުތަކެއް ކުރިން ލީކުވާއިރު، ސޮފްޓްވެއާ ލީކުވުން މަދުކަން ފާހަގަކުރެވެއެވެ. އެހެނީ ހާޑްވެއާ ލީކު ވަނީ ގިނަ އިން އެޕަލްގެ އެތެރޭން ނޫނީ އެޕަލްގެ ބޮޑު ސަޕްލައި ޗެއިން އިންނެވެ. ސޮފްޓްވެއާ ލީކުވުން އެންމެ ކުޑަ މިންވަރަކަށް ހިފަހައްޓައިދެވޭނީ އެޕަލްގެ ތެރޭގައި ތިބި މަދު ބަޔަކަށް ހަގީގަތުގައި ވެސް އެ ކުންފުނީގެ ޕްލޭންތައް އެނގޭތީ އެވެ.
އައިއޯއެސް 17 ގެ މިއަހަރުގެ އާ ފީޗާތަކަށް ބަލާއިރު، މިއީ އާދަޔާ ހިލާފަށް ބޮޑެ އަޕްޑޭޓަކަށް ވެގެން ދާނެއެވެ.
ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އައިއޯއެސް 17 (އަދި އެޕަލްގެ އެހެނިހެން ސޮފްޓްވެއާ ޕްލެޓްފޯމްތައް) ފަހަތަށް ޖެހެމުން ދަނީ އެ ކުންފުނީގެ އޭއާރް/ވީއާރް ހެޑްސެޓް ތަރައްގީ ކުރުމަށް އެ ކުންފުނިން ސަމާލުކަން ދޭތީ އެވެ. ޑަބްލިއުޑަބްލިއުޑީސީގައި ވެސް މި ހެޑްސެޓް އިއުލާނު ކުރެވިދާނެ ކަމަށާއި މިއީ އެޕަލް ވޮޗަށް ފަހު އެޕަލްގެ ފުރަތަމަ ބޮޑު އާ ހާޑްވެއާއެވެ.
އެޕަލް އިން ހެޑްސެޓް ޑިވެލޮޕްމަންޓަށް ފޯކަސް ކުރުމަށް ކުންފުނީގެ އެކި ކަންކޮޅުތަކުން ހާޑްވެއާ އަދި ސޮފްޓްވެއާ އިންޖިނިއަރިން ވަސީލަތްތައް ނަގަމުންދާ ކަމަށް ބެލެވެ އެވެ.
ބްލޫމްބާގް އިން ރިޕޯޓްކުރާ ގޮތުގައި އައިއޯއެސް 17 ގައި އެޕަލްގެ ފޯކަސްތަކުގެ ތެރެއިން އެއް ފޯކަސް އޮންނާނީ ކޮންޓްރޯލް ސެންޓަރަށެވެ.
އައިއޯއެސް 11 އާއި އައިފޯން އެކްސް ތައާރަފްކުރި ފަހުން އައިއޯއެސްގެ ކޮންޓްރޯލް ސެންޓަރަށް ފާހަގަކޮށްލެވޭ އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. މި ވާހަކައިން ބުނަނީ އައިއޯއެސް 17 ގައި އައިފޯންގެ ކޮންޓްރޯލް ސެންޓަރަށް އެޕަލް އިން "ބޮޑެތި ބަދަލުތަކެއް" ގެންނަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
މިހާރު ކޮންޓްރޯލް ސެންޓަރަށް ވަދެވޭނީ އައިފޯންގެ ޑިސްޕްލޭގެ އެންމެ މަތީ ކަނާތް ފަރާތުން ތިރިއަށް ސްވައިޕް ކޮށްގެންނެވެ. އޭގެ ތެރޭގައި ވައިފައި އާއި އެއާޕްލޭން މޯޑް ފަދަ އެއްޗެހީގެ ސެޓިންތަކަށް އަވަސް އެކްސެސްގެ އިތުރުން "ނައު ޕްލޭއިން" އިންޓަފޭސް ވެސް ހިމެނެ އެވެ. އަދި ތިރީގައި ހުންނަ ޓައިލްސް ކަސްޓަމައިޒްކޮށް އެންމެ ގިނައިން ބޭނުންކުރާ ސެޓިންތައް ހިމެނެއެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން ބުނި ގޮތުގައި އައިއޯއެސް 17 ގައި ފައިންޑް މައި ގެ އިތުރުން އެޕަލްގެ އެހެން އެޕްލިކޭޝަންތަކުގެ ޑޭޓާ އިންޓަގްރޭޓްކުރާ މުޅިން އާ ޖާނަލިން އެޕްލިކޭޝަނެއް ހިމަނަން ވަނީ ތައްޔާރުވެފަ އެވެ. މީގެ ތެރޭގައި މަސައްކަތުގެ ބޭރުގައި އުޅޭ ރައްޓެހިންނާއި އެކުވެރިންގެ މެދުގައި ތަފާތު ކުރުމަށް ބޭނުންކުރާ މީހާގެ ގާތްކަން އެހެން މީހުންނާ އޮންނަކަން ދެނެގަނެވޭނެ ފީޗާއެއް ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބްލޫމްބާގް އިން ބުނާގޮތުގައި ޖާނަލިން އެޕްލިކޭޝަނުގައި ލޮކޭޝަން ބޭސްޑް ކެޕޭސިޓީސް ހިމެނޭނެ ކަމަށާއި މިއީ "ކުންފުނީގެ ފައިންޑް މައި ސާވިސް އާއި އެހެނިހެން ލޮކޭޝަން ފީޗާތަކުގެ އެކްސްޓެންޝަނެއް" ގެ ގޮތުގައި މަސައްކަތް ކުރާނެ އެޕްލިކޭޝަނެއް ކަމަށެވެ.
އެންމެ ފަހުން އެޕަލް އިން އައިއޯއެސް 17 ގެ ދަށުން ޔޫރަޕިއަން ޔޫނިއަންގެ ތާޑް ޕާޓީ އެޕް ސްޓޯރުތަކަށާއި ސައިޑް ލޯޑިންއަށް އައިފޯން ހުޅުވާލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ އެޕަލް ފަދަ ޕްލެޓްފޯމް އޮޕަރޭޓަރުންނަށް އާ ގިނަ ޝަރުތުތަކެއް ތަންފީޒު ކުރާ ޑިޖިޓަލް މާކެޓްސް ގާނޫނާ ގުޅިގެންނެވެ.
މި ފީޗާތަކުގެ ސަބަބުން އައިފޯނުން ތާޑް ޕާޓީ އެޕް ސްޓޯރުތަކަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރިޕޯޓްތައް ބުނާއިރު، އެޕަލް އިން އެކަން ފަސޭހަކުރުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. އެޕަލް އިން ޑިވެލޮޕަރުންނަށް މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޗާޖު ކުރާނެ ކަމަށް ބެލެވޭ އިރު، އެ މީހުން ބޭނުންކުރާނީ ކޮންފިގްރޭޝަން ޕްރޮފައިލް ބޭސްޑް ޕްރޮސެސްއެއް ކަމަށް ބެލެވެ އެވެ.
އާ ސައިޑް ލޯޑިން އަދި ތާޑް ޕާޓީ އެޕް ސްޓޯރުގެ ފީޗާތައް ލިބެން ހުންނާނީ ޑިޖިޓަލް މާކެޓްސް ގާނޫނަށް އަމަލުކުރާ ޔޫރަޕިއަން ޔޫނިއަންގައި އެކަނި ކަމަށް ވެސް ބެލެވެއެވެ. އެޕަލް އިން މި ފީޗާތައް އެމެރިކާ އަށް ނުވަތަ އެހެން ގައުމުތަކަށް ގެނައުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ވެސް ބެލެވެއެވެ.
ބްލޫމްބާގް އިން ބުނި ގޮތުގައި އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސްގެ އޯލްވޭސް-އޮން ޑިސްޕްލޭ ފީޗާތައް ވެސް ފުޅާކުރުމަށް އެޕަލް އިން އަންނަނީ ތައްޔާރުވަމުންނެވެ. އައިއޯއެސް 17 އިން އާ "ސްމާޓް ޑިސްޕްލޭ" އިންޓަފޭސްއެއް އިތުރުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އައިއޯއެސް 17 ގައި އަލަށް ތައާރަފުކުރި ސްމާޓް ޑިސްޕްލޭ އިންޓަފޭސް މެދުވެރިކޮށް "ކަލަންޑަރު އެޕޮއިންޓްމެންޓްތަކާއި މޫސުމާއި ސްމާޓް ހޯމް ޑިސްޕްލޭގެ ސްޓައިލްގައި ނޯޓިފިކޭޝަން" ފަދަ މައުލޫމާތުތައް ބޭނުން ކުރާ ފަރާތްތަކަށް ފެންނާނެ އެވެ.
އައިއޯއެސް 17 ގެ ސަޕޯޓެޑް ޑިވައިސްތައް
އައިފޯން 8
އައިފޯން 8 ޕްލަސް
އައިފޯން އެކްސް އަދި މަތީގެ ޖެނެރޭޝަން ތައް
އައިޕެޑް (5 ވަނަ ޖެނެރޭޝަން)
9.7 އިންޗީގެ އައިޕެޑް ޕްރޯ (1 ވަނަ ޖެނެރޭޝަން)
12.9 އިންޗީގެ އައިޕެޑް ޕްރޯ (1 ވަނަ ޖެނެރޭޝަން)
މި މަހު ޑަބްލިއުޑަބްލިއުޑީސީއަށް ދާއިރު، އައިއޯއެސް 17 ގައި މި ފީޗާރތަށް ފެނިގެން ދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރެވެއެވެ.
ޑިވެލޮޕާރ