އެޕަލް އިން ސަފާރީ ބްރައުޒާއަށް އާ އަޕްޑޭޓްތަކެއް ނެރޭނެކަމަށް އީއުލާނުކުރީ އެ ކުންފުނީގެ އަހަރީ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) ގެ ކީނޯޓް އިވެންޓުގައެވެ.
އެ ކުންފުނީގެ ބްރައުޒާގެ އެންމެ ފަހުގެ ވާޝަންގައި މި އަހަރުގެ ފަހުކޮޅު މެކްއޯއެސް ސޮނޯމާ، އައިއޯއެސް 17 އަދި އައިޕެޑްއޯއެސް 17 އައު ފީޗާތައް ލިބޭނެ ކަމަށާއި އޭގެ ތެރޭގައި ޕްރައިވެޓް ބްރައުޒިން ވިންޑޯތަކަށް ލޮކްޑް މޯޑެއް (އެންކްރިޕްޓް) ކުރެވުމާއި، ޔޫއާރުއެލްތަކުން ޓްރެކިން ކޯޑް ނެގުމާއި ޕާސްވޯޑާއި ޕާސްކީ ރައްކާތެރިކަމާއެކު ގްރޫޕްތަކަށް ޝެއާ ކުރުމާއި ޓްރެކާ ބްލޮކިން ރަނގަޅު ކުރުން ހިމެނެއެވެ.
އަދި މެކްއޯސްގެ ކުރިއަށް އޮތް ވާޝަންގައި ވެބްއެޕެއްގެ ގޮތުގައި އިތުރުކޮށްފައިވާ ވެބްސައިޓެއް ޑޮކަށް ޕިން ކުރުމުގެ ފުރުސަތު ވެސް ސަފާރީއިން ދޭނެ ކަމަށް ބުނެއެވެ.
ޑަބްލިއުޑަބްލިއުޑީސީ 2023 ގައި އެޕަލް އިން ވަނީ ސަފާރީއިން ބޭނުން ނުކުރާ ޕްރައިވެޓް ޓެބް ތައް އެންކްރިޕްޓް ކުރާނެކަމަށް ބުނެފައެވެ. އެއީ އެންކްރިޕްޓް ކުރާނީ ޕާސްވޯޑާއި ފޭސް އައިޑީ ނުވަތަ ޓަޗް އައިޑީ އިންނެވެ.
އެ ކުންފުނިން ބުނީ މިކަމުގެ ސަބަބުން ޑިވައިސްތަކުގެ ކައިރީގައި ނެތް ނަމަވެސް ޕްރައިވެޓް ބްރައުޒިން ވިންޑޯސް ހުޅުވާފައި ބެހެއްޓޭނެއެވެ. މި ފީޗާ އަހަރުގެ ފަހުކޮޅު އައިއޯއެސް 17، އައިޕެޑޯއެސް 17 އަދި މެކްއޯއެސް ސޮނޯމާ އަށް އަންނާނެއެވެ.
އަދި ސަފާރީގައި ޕްރޮފައިލް ހެދުމުގެ ފުރުސަތު ވެސް މި އަހަރު ފަހުކޮޅު ލިބޭނެއެވެ. މީގެ ސަބަބުން މަސައްކަތާއި ސްކޫލަށް ނުވަތަ އަމިއްލަ ބޭނުންތަކަށް ޕްރޮފައިލްތަކުގެ މެދުގައި ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ކޮންމެ ޕްރޮފައިލެއްގެ ވެސް އަމިއްލަ ބްރައުޒިން ހިސްޓްރީ، ކުކީޒް، ޓެބް ގްރޫޕް އަދި ފޭވަރިޓްސް ހުންނާނެ ކަމަށް އެޕަލް އިން ބުނެ އެވެ.
ސަފާރީއިން އުފައްދާ ބްރައުޒާ އިންޖީނު ކަމަށްވާ ވެބްކިޓަށް ވެސް ފާހަގަކޮށްލެވޭ އަޕްގްރޭޑެއް ލިބިގެންދާނެ ކަމަށާއި ވެބްއެޕްތައް މެކްއޯއެސްގައި ޑޮކްގައި ޕިން ކުރެވޭނެ ފީޗަރ ލިބިގެންދާނެއެވެ. އޭގެ މާނައަކީ ވެބްއެޕްގެ ގޮތުގައި ސޭވްކުރާ ވެބްސައިޓްތަކަށް އެޑް ޓު ޑޮކް ފީޗާ ވަރަށް އަވަހަށް ބޭނުން ކުރެވޭނެ ކަމަށާއި، އޭގެ ސަބަބުން އެ ވެބްސައިޓްތަކަށް ވަނުމަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މެކްއޯއެސް ސޮނޯމާ އައުމާއެކު އެޕަލް އިން އާއިލާ ނުވަތަ ރައްޓެހިންނާ އެކު ގްރޫޕެއް ހަދައިގެން ޕާސްވޯޑް ނުވަތަ ޕާސްކީ ސެޓެއް ހިއްސާ ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.
މިއީ އައިކްލައުޑް ކީޗެއިން މެދުވެރިކޮށް މަސައްކަތް ކުރާ ހިދުމަތެއް ކަމަށާއި އޭގެ މާނައަކީ މެމްބަރުންނާ ހިއްސާކުރާ ހުރިހާ މުއާމަލާތްތަކެއް އެންޑް ޓު އެންޑް އެންކްރިޕްޓް ކުރެވިފައިވާ ކަމަށާއި ގުރޫޕްގައި ހިމެނޭ ހުރިހާ މެމްބަރުންނަށް އެޑިޓްކޮށް އިތުރު ޕާސްވޯޑް ތައް އެޑް ކުރެވޭނެއެވެ.
ޑިވެލޮޕާރ