ގޫގުލް ބާރޑް އޭއައި އަންނަނީ ޕްރޮގްރާމިންއަށް ރަނގަޅުވަމުން

ހަސަން ޒަޔާން 12 ޖޫން 2023

ގޫގުލްގެ ބާޑް އޭއައި ޕްރޮގްރާމިންއަށް އަންނަނީ ރަނގަޅުވަމުންނެވެ. މިހާރު ކުރިއަށްދާ އެންމެ އެޑްވާންސް އޭއައި ހޯދުމުގެ ރޭހުގައި ކޮންމެ ދުވަހަކު ވެސް ކޮންމެސް އޭއައި ޕްލެޓްފޯމް އަކުން އާ އަޕްޑޭޓެއް އިއުލާނު ކުރެއެވެ. އެންމެ ފަހުގެ ވާހަކައަކީ ގޫގުލް އިން ބާޑަށް އިތުރު ކުރިއެރުންތަކެއް ތައާރަފްކުރަމުން އަންނަ ވާހަކައެވެ.

ބާޑް ބަރޯސާވާނީ ހަމައެކަނި ބޮޑެތި ބަހުގެ މޮޑެލްތަކަށް ނޫނެވެ، ބާރޑް ބަރޯސާވަނީ ކޮމްޕްލެކްސް މައްސަލަތައް ހައްލުކުރުމާ ޚިލާފަށް އަންދާޒާތަކަށް އެންމެ ރަނގަޅު މޮޑެލްތަކަށެވެ.

ގޫގުލް އިން ބުނި ގޮތުގައި އަލަށް ގެނެވޭނެ އަޕްޑޭޓެއްގެ ސަބަބުން އެ މީހުންގެ އިންޓާނަލް ޗެލެންޖް ޑޭޓާސެޓްތަކުގައި ކޮމްޕިއުޓޭޝަން ބޭސްޑް ވޯޑް އަދި ހިސާބު މައްސަލަތަކުގެ ސައްހަކަމަށް ކުރިއެރުން ލިބި 30 ޕަސެންޓް އިތުރުވާނެއެވެ.

ގޫގުލް އިން ބުނަނީ ނަމްބަރު ތަކުގެ ޕްރައިމް ފެކްޓަރ ތަކާއި، ކަސްޓަމަރުންގެ ސޭވިންގްސްގެ ގްރޯތު ރޭޓު ފަދަ މައުލޫމާތު ތައް ބާޑަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

ކޯޑް ޖެނެރޭޝަން އިންޓަގްރޭޓް ކުރުމުގެ އިތުރުން ބާޑް އުފައްދާ ޑޭޓާ ޝީޓްތަކުގައި އެޑިޓްކޮށް މެނިޕުލޭޓް ކުރެވޭނެ ފަންކްޝަނެއް ވެސް ގޫގުލް އިން ވަނީ ތައާރަފްކޮށްފައެވެ.

މިއީ ކުޑަ އަޕްޑޭޓެއް ނަމަވެސް ސްޕްރެޑްޝީޓްތައް ހެދުމާއި ބެލެހެއްޓުމުން ދަތިތަކުގެ ތެރެއިން ބައެއް ކަންކަން ނައްތާލާނެ އަޕްޑޭޓެކެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.