ނެޓްފްލިކްސްއަށް އެންމެ މޮޅު ވީޕީއެން ސާވިސް ތަކަކީ ކޮބާ؟

ހަސަން ޒަޔާން 19 ޖޫން 2023

ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން) ބޭނުންކުރުމުން ކޮންމެ ތަނަކުން ވެސް ފޭވަރިޓް ނެޓްފްލިކްސް ޓީވީ ޝޯތަކާއި ފިލްމުތައް ބަލައިލެވޭނެއެވެ. ނަމަވެސް ނެޓްފްލިކްސްގެ ޖިއޯބްލޮކްތައް ކޮންމެ ވިޕީއެންއަކަށް ފަހަތަށް ޖައްސާލާކަށް ނުކެރޭނެއެވެ.

ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން) އިން ނެޓްފްލިކްސް ފަދަ ސްޓްރީމިން ވެބްސައިޓްތަކަށް ވަނުމުގައި އިތުރު އޮޕްޝަންތަކެއް ލިބިގެންދެއެވެ.

މިސާލަކަށް އެމެރިކާގައި އުޅޭނަމަ ފެންނާނީ ނެޓްފްލިކްސްގެ ޔޫއެސް ލައިބްރަރީގައި ހުރި ކޮންޓެންޓް އެކަންޏެވެ. ކޮންޓެންޓްގެ ސަރަހައްދީ ތަފާތުތަކުގެ ސަބަބަކީ ކޮޕީރައިޓް ގާނޫނުތަކެވެ. ނެޓްފްލިކްސްއަށް ވަކި ފިލްމެއް ނުވަތަ ޓީވީ ޝޯއެއްގެ ރައިޓްސް ހަމައެކަނި އެމެރިކާގައި އޮތަސް ނެޓްފްލިކްސް ޔޫކޭއިން ނުފެންނާނެއެވެ. މި ކޮންޓެންޓަކީ ޖިއޯބްލޮކްކުރެވިފައިވާ ކޮންޓެންޓެކެވެ. އެއީ ވަކި ސަރަޙައްދުތަކަކަށް އެކަނި އެކްސެސް ވެވޭ ގޮތަށެވެ.

ނެޓްފްލިކްސް އިން ބޭނުންކުރާ މީހާގެ އައިޕީ އެޑްރެސް ޗެކްކުރަނީ އެ މީހެއްގެ ފިޒިކަލް ލޮކޭޝަން ދެނެގަނެގެންނެވެ.

ނެޓްފްލިކްސް އަށް 2023 ވަނަ އަހަރު ބޭނުންކުރުމަށް އެންމެ ރަނގަޅު 5 ވީޕީއެން

1. އެކްސްޕްރެސް ވިޕީއެން

މިއީ އޯވަރއޯލް ކޮށް އެންމެ ރަނގަޅު ވިޕީއެންއެވެ. އެކްސްޕްރެސްވީޕީއެން އަކީ އަވަސް، ރައްކާތެރި އަދި ނެޓްފްލިކްސްގެ ޖިއޯ ރެސްޓްރިކްޝަންތައް ފަސޭހައިން ކަނޑާލާ އެކްސެސް ކޮށްދޭ ވިޕީއެންއެކެވެ. އެންމެ ރަނގަޅު ކްލާސް ހިދުމަތެއް ހޯދަން ބޭނުންވާނަމަ އެކްސްޕްރެސްވީޕީއެން އަކީ އެންމެ ރަނގަޅު ޗޮއިސް އެވެ.

2. ނޯރޑް ވީޕީއެން

ނޯޑްވީޕީއެން އަކީ އެންމެ ހަލުވި ވީޕީއެން ކަމަށާއި އެކްސްޕްރެސްވީޕީއެންގެ ދެބައިކުޅަ އެއްބައި އަގުގައި އެންމެ މަތީ ފެންވަރުގެ ސެކިއުރިޓީ ފޯރުކޮށްދެ އެވެ. އަދި މިއީ ޓޮރެންޓިންއަށް އެންމެ ރަނގަޅު ވީޕީއެން ވެސް މެއެވެ.

3. ސާރފްޝަރކް

ސާރފްޝަރކް އަކީ އަގުހެޔޮ ވީޕީއެން ހިދުމަތަކަށް ވާއިރު، މި ހިދުމަތަކީ އަންލިމިޓެޑް އެއްފަހަރާ ކަނެކްޝަން ލިބޭ ހިދުމަތެކެވެ، އަދި ވީޕީއެން އެކައުންޓް ރައްޓެހިންނާއި އާއިލާއާ ހިއްސާކުރަން ބޭނުން ނަމަ މިއީ ވަރަށް ރަނގަޅު ޗޮއިސް އެކެވެ.

4. ސައިބަރގޯސްޓް

ސައިބަރގޯސްޓްގައި ޔޫޒަރ ފްރެންޑްލީ އިންޓަރފޭސްއެއް ހުންނައިރު، މިއީ އަލަށް ތަޢާރަފްވާ ފަރާތްތަކަށް ވަރަށް ފުރިހަމަ އިންޓަރފޭސްއެކެވެ. އަދި މިއީ އޮޓޮމޭޝަން ފީޗާތައް ލިބޭ މަދު ވީޕީއެންތަކުގެ ތެރޭގައި ހިމެނޭ ވީޕީއެން އެކެވެ.

5. ވިންޑްސްކްރައިބް

ވިންޑްސްކްރައިބަކީ އެހެން ގައުމެއްގެ ނެޓްފްލިކްސް ލައިބްރަރީއަށް ވަނުމަށް އެންމެ ރަނގަޅު އަދި ހިލޭ ޓްރައަލް ޕްލޭން އެއް އެކުލެވޭ ވީޕީއެން އެކެއެވެ.

ޑޭޓާ ކެޕާއި ލިމިޓެޑް ސާވާ ލޮކޭޝަންތަކުގެ އިތުރުން ވިންޑްސްކްރައިބްގެ ފްރީ ވާޝަން ސްޓްރީމިންއަށް ވަރަށް ފުރިހަމައަށް މަސައްކަތް ކުރެއެވެ.

މި 5 ވީޕީއެން އަކީ ނެޓްފްލިކްސް ގެ ލައިބްރަރީ ތަކަށް އިތުބާރު ކަމާއެކު އެކްސެސް ވެވޭނެ ވީޕީއެން ތަކެކެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.