ވިންޑޯޒް 11 ގައި ޓާސްކް މެނޭޖަރ ހުޅުވޭނެ 10 ގޮތެއް

ހަސަން ޒަޔާން 21 ޖޫން 2023

ޓާސްކް މެނޭޖަރު ޔޫޓިލިޓީ ހުޅުވުން ޖެހޭ ހާލަތްތަށް މަދުން ނަމަވެސް އާދެއެވެ. އެއީ ކޮމްޕިއުޓަރު ފްރީޒް ވެ ނުވަތަ އެޕްލިކޭޝަން އެއް ޓެސްޓް ކުރަމުންދާއިރު ފްރީޒް ވުމުގެ ސަބަބުންނެވެ. ވީމާ ކޮމްޕިއުޓަރުގައި ޓާސްކް މެނޭޖަރު ހުޅުވަން ތަފާތު 10 ގޮތެއް މި އަރޓިކަލްގައި ހިމަނާލާނަމެވެ.

ސްޓާޓް މެނޫ ބޭނުންކުރުން

ސްޓާޓް މެނޫއަކީ ވިންޑޯޒް ސިސްޓަމްގެ ތަފާތު އެޕްލިކޭޝަންތަކާއި ފީޗާތަކަށް އެކްސެސް ކުރެވޭނެ މެނޫއެކެވެ. ޓާސްކް މެނޭޖަރު ވެސް ލޯންޗް ކުރުމަށް މި މެނޫ ބޭނުން ކުރެވިދާނެއެވެ.

އެންމެ ފުރަތަމަ ވިންޑޯޒް ކީ އަށް ފިްތައިލައްވައިގެން ނުވަތަ މެނޫ އައިކަން އަށް ކްލިކްކޮށްގެން "ސްޓާޓް" މެނޫ ހުޅުވާލާށެވެ. މެނޫ ހުޅުވުމުން "ޓާސްކް މެނޭޖަރު" ހޯދާށެވެ. ދެން ސާޗް ރިޒަލްޓްސްގައި ވާ ޔުޓިލިޓީ އަށް ކްލިކްކޮށް ހުޅުވައިލާށެވެ.

ވިންޑޯޒް ޓާސްކްބާރ

ވިންޑޯޒްގެ ޓާސްކްބާރ އަކީ ތިބާގެ ސްކްރީންގެ އެންމެ ތިރީގައި ފެންނަ ހޮރިޒަންޓަލް ބާއެވެ. މި ބާގައި އޮޕްޝަނެއް ބޭނުންކޮށްގެން ޓާސްކް މެނޭޖަރު ޔުޓިލިޓީ ލޯންޗް ކުރެވިދާނެއެވެ.

އެކަން ކުރުމަށް ޓަކައި ޓާސްކްބާ ރައިޓް ކްލިކް ކޮށްލާށެވެ. ހުޅުވޭ މެނޫގައި "ޓާސްކް މެނޭޖަރު" އިޚްތިޔާރު ކުރާށެވެ.

ޕަވަރ ޔޫޒަރ މެނޫ ބޭނުންކުރުން

ޕަވާ ޔޫޒާ މެނޫ އަކީ ސްޓާޓް މެނޫ އައިކަން ރައިޓް ކްލިކް ކުރުމުން ހުޅުވޭ އޮޕްޝަންތަކެކެވެ. މި މެނޫ ބޭނުންކޮށްގެން ޓާސްކް މެނޭޖަރު ގެ އިތުރުން ޕީސީގެ އެކި ޒަރޫރީ ވަސީލަތްތައް ހުޅުވޭނެއެވެ.

މި މެތަޑް ބޭނުން ކުރުމަށް "ސްޓާޓް" މެނޫ އައިކަން އަށް ރައިޓް ކްލިކް ކުރުން ނުވަތަ ވިންޑޯޒް+އެކްސް އަށް ޕްރެސް ކުރާށެވެ. ހުޅުވޭ މެނޫގައި "ޓާސްކް މެނޭޖަރު" އިޚްތިޔާރު ކުރާށެވެ.

ރަން ބޮކްސް

ރަން ގެ ސަބަބުން ވަކި ކޮމާންޑްތަކެއް ބޭނުންކޮށްގެން ތަފާތު އެޕްލިކޭޝަންތަކާއި ވިންޑޯޒް ފީޗާތައް ހުޅުވޭނެއެވެ. ޓާސްކް މެނޭޖަރު ލޯންޗް ކުރުމަށް މިތަނުގައި ކޮމާންޑެއް ޓައިޕް ކުރެވިދާނެއެވެ.

އެކަން ކުރުމަށް ޓަކައި އެންމެ ފުރަތަމަ ވިންޑޯޒް+އާރް ޕްރެސްކޮށްގެން "ރަން" ހުޅުވާލާށެވެ. އަދި "taskmgr" މިހެން ލިޔާށެވެ.

ކީބޯޑް ޝޯޓްކަޓެއް ބޭނުންކުރުން

ކީބޯޑް ޝޯޓްކަޓްތަކަށް އިސްކަންދޭނަމަ ޓާސްކް މެނޭޖަރު ވަކިކުރަން ޕްރެސް ކުރެވޭނެ ކީ ކޮމްބިނޭޝަނެއް އޮންނާނެއެވެ.

ކީ ކޮމްބޯއަކީ ކޮންޓްރޯލް ބަޓަން+ޝިފްޓް+އެސްކޭޕް ބަޓަންއެވެ. މިގޮތަށް ޕްރެސް ކޮށްލުމުން ވިންޑޯޒް އިން ވަގުތުން ޓާސްކް މެނޭޖަރު ތައާރަފްކުރާކަން ފެންނާނެއެވެ.

ކީ ކޮމްބިނޭޝަނަކާއި އޮޕްޝަނެއް ބޭނުންކުރުން

ކީބޯޑުގައި ކޮންޓްރޯލް+އޯލްޓް+ޑިލީޓް އަށް ފިތާށެވެ. ހުޅުވޭ ސްކްރީންގައި "ޓާސްކް މެނޭޖަރު" އިޚްތިޔާރު ކުރާށެވެ.

ކޮމާންޑް ޕްރޮމްޕްޓުން

ކޮމާންޑް ޕްރޮމްޕްޓް ގެ ސަބަބުން ޕީސީގައި ތަފާތު ކޮމާންޑްތައް އެގްޒެކިއުޓް ކުރެވޭއިރު، ޓާސްކް މެނޭޖަރ ޔުޓިލިޓީ ލޯންޗްކުރުމަށް މިތަނުގައި ކޮމާންޑެއް ބޭނުންކުރެވިދާނެއެވެ.

އެކަން ކުރުމަށްޓަކައި، ކޮމާންޓް ޕްރޮމްޓް ހުޅުވާށެވެ. ދެން "taskmgr" މިހެން ލިޔެ އެންޓަރ ކުރާށެވެ.

ވިންޑޯސް ޕަވަރޝެލް

އަދި ވިންޑޯސް ޕަވަރޝެލް ހުޅުވައި މިގޮތަށް ކަންތައް ކުރުމުުން ވެސް ޓާސްކް މެނެޖަރ ހުޅުވޭނެއެވެ.

ފައިލް އެކްސްޕްލޯރާ ބޭނުންކުރުން

ފައިލް އެކްސްޕްލޯރާ ވިންޑޯއެއްގެ ތެރޭގައި މަތީ ބަރގައި "taskmgr" މިހެން ލިޔެ އެންޓަރ ކުރުމުން ވެސް ޓާސްކް މެނޭޖަރ ހުޅުވޭނެއެވެ.

މި 10 ގޮތަކީ ބޭނުންތެރި މުހިއްމު ހާލަތުގައި ޓާސްކް މެނެޖަރ ހުޅުވުމަށް ބޭނުންކުރެވޭނެ ގޮތްތަކެކެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.