1993 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ޔޫރަޕިއަން އޯގަނައިޒޭޝަން ފޮރ ނިއުކްލިއަރ ރިސާޗް (ސަރން) އިން ވަނީ ވެބް ޕަބްލިކް ޑޮމެއިންގެ ތެރެއަށް ވައްދައި، އެއީ އެންމެންނަށް ވެސް ހާއްސަ އެއްޗެއްކަން އިއުލާނުކޮށްފަ އެވެ. މި ވެގެންދިޔައީ ހީވެސްނުކުރެވޭނޭ ގޮތްގޮތުން އިންސާނުންގެ ދިރިއުޅުން އެއްކޮށް ބަދަލުކޮށްލި ނިންމުމަކަށެވެ.
ޕްރޯޓޯ-އިންޓަނެޓަކީ 1960 ގެ އަހަރުތަކަށް ނިސްބަތްވާ އެއްޗެއް ނަމަވެސް، އަޅުގަނޑުމެންނަށް އެނގޭ ފަދައިން ވޯލްޑް ވައިޑް ވެބް އަކީ މީގެ ހަތަރު ގަރުނު ކުރިން 1989 ވަނަ އަހަރު ސަރންގެ މުވައްޒަފެއް ކަމަށްވާ ޓިމް ބާނަރސް-ލީ އުފެއްދި ވެބްއެކެވެ. އޭރު ޢިލްމީ ދާއިރާގެ ބޭފުޅުންގެ މެދުގައި އިންޓަރނެޓްގެ މަޤްބޫލުކަން އިތުރުވަމުން ދިޔަ ނަމަވެސް އޭގެ މެއިންސްޓްރީމް ޔުޓިލިޓީ އޮތީ ވަރަށް ލިމިޓްކޮށެވެ. ސައިންސްވެރިން ކަމަށްވާ ރޮބަޓް ކާން އާއި ވިންޓަން ސެރްފް ވަނީ ޓްރާންސްމިޝަން ކޮންޓްރޯލް ޕްރޮޓޮކޯލް އެންޑް އިންޓަނެޓް ޕްރޮޓޮކޯލް (ޓީސީޕީ/އައިޕީ) އުފައްދައި، ފަސޭހައިން މައުލޫމާތު ޓްރާންސްފާ ކުރެވޭނެ މަގު ފަހިކޮށްދީފަ އެވެ. ނަމަވެސް އެ ހުރިހާ މައުލޫމާތެއް އިންތިޒާމު ކުރުމުގައި އަސާސީ މައްސަލަ އޮތެވެ.
80ގެ އަހަރުތަކުގެ ފަހުކޮޅުގައި ބާނަރސް-ލީ ހުށަހެޅުއްވީ "ހައިޕަރލިންކް"ތަކުގެ ސިލްސިލާތަކަކުން ގުޅިފައިވާ ވެބް ކަހަލަ މެނޭޖްމަންޓް ސިސްޓަމެއް ގެނައުމަށެވެ. ބާނަރސް-ލީ ހުށަހެޅުއްވި ހުށަހެޅުއްވުމެއްގައި ސަރން މެނޭޖްމަންޓުގެ ކިބައިން އެދިވަޑައިގަތީ "މި ލިޔުމުގައިވާ ރެފަރެންސްތަކަކީ، އެމީހުން އިޝާރާތްކުރި އެއްޗެއްގެ ނެޓްވޯކް އެޑްރެހާ ގުޅިފައިވާ އެއްޗެއްކަމަށް ހީކުރާށެވެ. އޭރުން މި ލިޔުން ކިޔަމުންދާ ވަގުތު މައުސްގެ ކްލިކަކުން އެ ބޭނުންވާ ހިސާބަކަށް ސްކިޕް ކުރެވިދާނެއެވެ."
އޭގެ ހަތަރު އަހަރު ފަހުން ވެސް އެ މަސައްކަތް ދިޔައީ ކުރިއަރަމުންނެވެ. 1993 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޔުނިވަރސިޓީ އޮފް އިލިނޮއިސް އަރުބާނާ-ޗެންމްޕެއިންގެ ނެޝަނަލް ސެންޓަރ ފޮރ ސުޕަރކޮމްޕިއުޓިންގ އެޕްލިކޭޝަންސްއިން މޮޒައިކްގެ ނަމުން ނަންދީފައިވާ ފުރަތަމަ ބޮޑު ވެބް ބްރައުޒާ ނެރުނެވެ. މޮޒައިކްގެ ހިލޭ ވާޝަނެއް އޮތް އިރު، ފައިދާއަށްޓަކައި، ސޮފްޓްވެއާ ކުންފުނިތަކުން ވަނީ އެ ތަކެތި ވިއްކައި ސަޕޯޓް ކުރުމަށް ނޮންއެކްސްކްލޫސިވް ލައިސަންސް ގަނެފަ އެވެ. އޭރު މޮޒައިކް ލައިސަންސް ކުރުމުގެ އަގަކީ އެއް ލައްކަ ޑޮލަރެވެ. އަދި ކޮންމެ ކޮޕީއަކަށް ފަސް ޑޮލަރު އިތުރަށް ހަރަދުވެއެވެ.
މޮޒައިކް ނެރުނުތާ މަދު މަސްތަކެއްގެ ތެރޭގައި ވޯލްޑް ވައިޑް ވެބް އާންމުކުރެވުނެވެ. އެ ޖަމިއްޔާގެ ވެބްސައިޓުގައި އެ ޖަމިއްޔާގެ ނިންމުން ބަޔާންކުރަމުން ވިދާޅުވަފައިވަނީ:
" CERN made the next release available with an open license, as a more sure way to maximize its dissemination. Through these actions, making the software required to run a web server freely available, along with a basic browser and a library of code, the web was allowed to flourish."
ވެބް ޕަބްލިކް ޑޮމެއިން ހެދުމުން ކޮމްޕިއުޓަރެއް ހުރި ކޮންމެ މީހަކަށް ވެސް އެ ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެން ދިޔައެވެ. ބާނަރސް-ލީގެ ވިސްނުންކަމަށްވި މުޅި ވެބް އެ ބޭނުންކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ހުޅުވިގެން ދިޔުން އެއީ މިހާރު ޕައިޕް ހުވަފެނެއް ހެން ހީވިނަމަވެސް، އެވެގެންދިޔައީ ދެބަސްވެވެން ނެތް ކާމިޔާބީއެކަށެވެ. ޕަބްލިކް ޑޮމެއިން އަށް ވެބް ހުޅުވާލުމުން، އަމައެކަނި ކޯޕަރޭޝަންތަކުން އެބޭނުންކުރުމުގެ ބަދަލުގައި، ވަކި ވަކި ފަރުދުންނަށް އެބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދިޔައެވެ.
ބަޔޯކެމިސްޓް، ސޯޝިއޯ އިކޮނޮމިކް ރިސާޗަރ، ފްރީލާންސް ރައިޓަރ