ކޮމްޕިއުޓަރ ސްޓޯރޭޖް ރަނގަޅު ކުރުމަށް އައު މާއްދާއެއް

އަޝްނާ ރަޝީދު 10 އޯގަސްޓު 2023

މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެން ކޮމްޕިއުޓަރު ބޭނުންކުރާ ގޮތްވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އަޅުގަނޑުމެން އާންމު ގޮތެއްގައި ކުރިޔާއި ބަލާއިރު، އެންމެ މޮޅު ކޮމްޕިއުޓަރެއްގެ ޤާބިލުކަމަށް އެއްވަރު އާންމު މީހެއްގެ ގޭގައި އޮންނަ ކޮމްޕިއުޓަރުވެއްޖެއެވެ. އޭ.އައިއާއި، މިކްސްޑް ރިއޭލިޓީ ފަދަ ބޮޑެތި ކޮމްޕިއުޓޭޝަނަލް ޕަވަރު ބޭނުންވާ އެޕްލިކޭޝަންތައް ވަނީ އާންމު ވާން ފަށާފައެވެ. އަދި އަޅުގަނޑުމެންގެ ކޮމްޕިއުޓަރުތަކުގެ ސްޓޯރޭޖުގެ ބޭނުންވަނީ އިތުރުވެފައެވެ. ނަމަވެސް މިހާރު އާންމުކޮށް ބޭނުންކުރަމުންދާ ސްޓޯރޭޖުތަކުން ހަކަތަ ބޭނުންކުރަމުންދާ މިންވަރާއި މެދު ވަނީ ފާއިތުވީ އަހަރުތަކުގެ ތެރޭގައި އެކިފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައެވެ. ސްޓެންފޯޑު ޔުނިވަރސިޓީގެ ދިރާސާވެރިންނަށް މިއަހަރު ހޯދިފައިވާ އައު މާއްދާއިން ފަހަރެއްގައި މި މައްސަލަ ހައްލުކުރެވިދާނެވެ.

މި ހޯދުމުގެ އަސާސަކީ މެންގަނީޒް ޕެލަޑިއަމް ތިނެއް ކަމަށްވާ މެޓަލިކް ކޮމްޕައުންޑެކެވެ. މި މާއްދާ ބޭނުންކޮށްގެން އިލެކްޓްރޮނިކް ސްޕިން ބޭނުންކޮށްގެން ޑޭޓާ ރައްކާކުރާ އައު ވޯކިންގު މެމޮރީގެ ނިޒާމެއް އީޖާދުކުރިއެވެ. މި ހޯދުމުގެ ފަހަތުގައިވާ ދިރާސާވެރިން މިއަށް ސްޕިން އޯބިޓް ޓޯކް މެގްނެޓޯރެސިސްޓިވް ރެންޑަމް އެކްސެސް މެމޯރީ (އެސްއޯޓީ-އެމްއާރުއެމް)ގެ ނަން ދީފާވެއެވެ.

އާންމު ގޮތުން ކޮމްޕިއުޓަރ ސްޓޯރޭޖުގައި މައުލޫމާތު ރައްކާކުރުމަށް ބޭނުންކުރަނީ އިލެކްޓްރިކަލް ޗާޖެވެ. މި ނިޒާމަކީ އެތައް އަހަރެއް ވަންދެން ބޭނުންކޮށްފައިވާ، އިތުބާރުހުރި ނިޒާމެކެވެ. ނަމަވެސް މި ނިޒާމުގައި ވަރަށް ބޮޑު މައްސަލައެއްވެއެވެ. އެއީ މީގެން ހަކަތަބޭނުންކުރާ ވަރެވެ. މިއީ ޑޭޓާ ބަދަލުނުވެ ރައްކާކުރުމަށްޓަކައި ދާއިމަށް ހަކަތަ ދޭން ޖެހޭތީވެއެވެ.

އޭގެ ބަދަލުގައި މި މެމަރީއިން ބޭނުންކުރަނީ އެހެން ޕުރޮޕަޓީއެކެވެ. އެއީ އޭގެ އިލެކްޓްރޯން "ސްޕިން"ނެވެ. ސްޕިންނަކީ ކުއަންޓަމް މެކޭނިކްސުން ގާއިމުކޮށްފައިވާ ޕްރޮޕަޓީއެކެވެ. ކުއަންޓަމް ސްޕިންނަކީ އިލެކްޓްރޯނު ފަދަ އެލެމެންޓަރީ ޕާޓިކަލެއްގެ ޒާތުން މުޅިއެކު އަންނަ އެންގިއުލަރ މޮމެންޓަމުގެ ސަބަބުން އަންނަ އެއްޗެކެވެ. އެންމެ ފަސޭހައިން ސްޕިން ދެނެގަނެވޭނީ އެނބުރޭ ބޯޅައެއްގެ މިސާލުންނެވެ. މި ހިޔާލީ ބޯޅަޔަށް އެނބުރެވެނީ ވަކި ގޮތަތަކަކަށެވެ. މި ބޯޅައިގެ ބަދަލަށް އިލެކްޓްރޯނެއް އެނބުރޭކަމަށް ބަލައިފި ނަމަ ކުޑްތަފާތެއް އާދެއެވެ. އިލެކްޓްރޯނަކީ އޭގެ ޒާތުން ނެގެޓިވްކޮށް ޗާޖުވެފައިވާ އެއްޗެކެވެ. އެހެންކަމުން އިލެކްޓްރޯނެއް އެނބުރުމުން އޭތި ވަށައިގެން މެގްނެޓިކް ފީލްޑެއް އުފެދިގެން އާދެއެވެ. އެ އިލެކްޓްރޯނު އެނބުރޭ ކޮޅު ބަދަލުވުމުން އެ ފީލްޑުގެ ކޮޅުވެސް ބަދަލުވެގެން ދެއެވެ. އިލެކްޓްރޯނުގެ ސްޕިންނަކީ ސީދާ އެނބުރޭ އެނބުރުމަކަށް ނުވިޔަސް، މިއީ ކްލެސިކަލް މެކޭނިސްގެ އެހީގައި ދެވޭނެ އެންމެ ފަސޭހަ މިސާލެވެ.

އިލެކްޓްރޯނުގެ ސްޕިން ފާހަގަ ކުރެވެނީ ދެކޮޅަކަށެވެ. އެއީ "އަޕް" އާއި "ޑައުނެވެ". މއެސްއޯޓީ-އެމްއާރުއެމުން މި ޕްރޮޕަޓީ ކޮމްޕިއުޓަރެއްގެ ބިޓްސައަށް މެޕުކޮށް ބޭނުންކުރެއެވެ. މިކަމުގެ ސަބަބުން ބޭރުން ހަކަތަޔާއި ނުލައި ޑޭޓާ ނުގެއްލި ރައްކާކުރެވިގެން ދެއެވެ.

މި ޕްރޮޕަޓީ ބޭނުންކޮށްގެން ޑޭޓާ ރައްކާކުރަން ބޭނުންވާނަމަ ވިސްނަންޖެހޭ ބައެއް ކަންތަކެއްވެއެވެ. އިލެކްޓްރޯނުގެ ސްޕިންދަނީ ޒޭޑް-ޑައިރެކްޝަންނުން "އަޕް" ނުވަތަ "ޑައުން"ނަށެވެ. ނަމަވެސް ގިނަ މާއްދާތަކުން ގެ ވައި--ޑައިރެކްޝަންނުގެ ސްޕިން އެކްސް-ޑައިރެކްޝަންނުން ކަރަންޓުއައުމުން ޕޮލަރައިޒުވެއެވެ. މިފަދަ މާއްދާތަކުގެ އިލެކްޓްރޯނުތަކުގެ ސްޕިން ދަނީ އާންމުކޮށް ހަމައެކަނި ވައި-ޑައިރެކްޝަންނުންނެވެ. އަދި މިކަންތައް ބަދަލުކުރުމަށް ބޭރުން ހަކަތަ ބޭނުންވެއެވެ.

މި ގޮތުން މެންގަނީޒް ޕެލަޑިއަމް ތްރީއިން ވަނީ މި މައްސަލަ ހައްލުކޮށްފައެވެ. މި މާއްދާ ފާހަގަކުރެވެނީ މީގެބް ކޮންމެ ދިމާލަކަށް ވެސް ސްޕިން ބަދަލުކުރެވެއެވެ. މިކަމުގެ ސަބަބުން ބޭރުގެ މެގްނެޓިކް ފީލްޑަކަށް ބަރޯސާ ނުވެ ވައި- އަދި ޒޭޑް-ޑިރެކްޝަންގައި ވެސް މެގްނެޓައިޒޭޝަން ބަދަލުކުރުމަށް މަގުފަހިވެ، މިކަމުގައި ހަކަތަ ބޭނުންކުރާލެއް ވަރަށް ބޮޑުތަން މަޑުކޮށްލައެވެ.

ނުވިތާކަށް މެންގަނީޒް ޕެލަޑިއަމް ތްރީ އަކީ މިހާރު ހުރި އުފެއްދުމުގެ އުކުޅުތައް ބޭނުންކޮށްގެން އުފެއްދޭ އެއްޗަކަށްވާތީވެ މިއީ އަމަލީ ގޮތުން ބޭނުންކުރެވޭ އަސްދުނިޔޭގައި ބޭނުންކުރެވޭނެ އެއްޗެކެވެ. އިލެކްޓްރޯނިކްސް އުފެއްދުމުގައި އަޅަންޖެހޭ ފިޔަވަޅެއް ކަމަށްވާ ޕޯސްޓް-އެނީލިން ޕްރޮސެސުގެ ގަދަ ހޫނު މި މާއްދާއަށް ހިފެހެއްޓުމުގެ ޤާބިލުކަން ލިބިފައިވުމަކީ ވެސް މި މާއްދާ ބޭނުންކުރުމަށް ލިބޭ އިތުރުބާރެކަށްވެގެންދެއެވެ.

އާޓިފިޝަލް އިންޓެލިޖެންސުގެ ޒަމާނަށް އަޅުގަނޑުމެން ވަންނަމުން ދާއިރު، އެސްއޯޓީ-އެމްރެމް ފަދަ އާ އުފެއްދުންތަކުން ވެގެން ދަނީ ތަރައްގީގެ ދޮރުތައް ބޮޑަށް ހުޅުވާލެވޭ އެއްޗަކަށެވެ. މި ފަދަ ޓެކްނޮލަޖީތަކުގެ ސަބަބުން އަޅުގަނޑުމެންގެ އިލެކްޓްރޮނިކްސްތައް ލުއިވެ، ބާރުގަދަވެ އަދި ޤާބިލިއްޔަތު ބޮޑުވެގެން ދާނެއެވެ. ސްޕީޗް ރިކޮގްނިޝަނަށް ވިޔަސް، އޮގްމެންޓެޑް ރިއަލިޓީއަށް ވިޔަސް، ނުވަތަ ފުރާނަ ސަލާމަތް ކުރާ އެޕްލިކޭޝަނެއް ކަމުގައި ވިޔަސް، މި ފަދަ އީޖާދީތައް ވަނީ މިފަދަ އެޕްލިކޭޝަނުތަކަށް ބޭނުންވާ ހާޑްވެއާރ ހެދުމުގެ ބިންގާ އަޅާފައެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.