މި އަހަރުގެ ކުރީކޮޅުގައި ކުއްލިއަކަށް ޗެޓްޖީޕީޓީ ބޭނުންކުރާ މިންވަރު ދައްވެގެން ގޮސްފައިވާ ކަމަށް އެނަލިޓިކްސް ހިދުމަތްތަކުގެ އެހިގައި ފެނިގެން ގޮސްފައިވެއެވެ. ހަލުވި ދުވެއްހެއްގައި ކުރިއަރުމުން އައި ޗެޓްޖީޕީޓީ ގެ ހިދުމަތަށް ކުއްލިގޮތަކަށް މި ބަދަލު އައުމާއި ގުޅިގެން ގިނަ ތަޖްރިބާކާރުންގެ ކަންބޮޑުވުން އުފެދިގެން ގޮސްފައިވެއެވެ. ދިރާސާ ކުރާ މީހުން އުފެއްދި ހައިޕޯތިސިސް ތަކުގެ ތެރޭގައި އެންމެ ބޮޑަށް ބުރަވެވުނީ ސްކޫލް ޗުއްޓިއާއި އެކު ހޯމްވޯރކް އަދި އެސައިންޓްމަންޓް ހެދުމުގައި "ޗީޓް" ކުރުމަށް... ދިރާސާ ކުރުމަށް އޮތް ބޭނުން ހުއްޓުމާއި އެކު އިސްވެ ބުނި ބަދަލު ފެނިގެން ދިއުމެވެ.
ހުޅަނގުގެ ގައުމުތަކުގެ ސަމަރ ޗުއްޓީ ނިންމާލުމަށް ފަހު ދަރިވަރުން އެންބުރި މިހާރު ސްކޫލް ތަކަށް ނިކުމެއްޖެއެވެ. ޑާޓާ ތައް ދައްކާ ގޮތުން ދިރާސާވެރިން ކުރިން އުފެއްދި ހައިޕޯތިސިސް އަށް ބޮޑު ތަނުން ބާރު ލިބިއްޖެ އެވެ. އޯއަޕް އޭއައި ގެ ޗެޓްޖީޕީޓީ ބޭނުންކުރާ މިންވަރު ސިމިލަރވެބް ގެ ޓްރެކަރ ގެ އެހީގައި ކޮންމެ ހަފްތާއަކު ބަލަމުން ގެންދިޔަ އިރު ފެނިގެން މިދިޔައީ ސަމަރ ބްރޭކް އަށް ފަހު ޗެޓްޖީޕީޓީ ވެބްސައިޓް ގެ ޓްރެފިކް އަނެއްކާވެސް މައްޗައް ޖެހިލާފައިވާ ތަނެވެ.
މިދިރާސާ އަށް ހިއްވަރުދޭ އިތުރު އެހެން މަންޒަރެއްވެސް ތަފާސްހިސާބު ތަކުން ފެނިގެން އެބަދެއެވެ. ސްކޫލް ދަރިވަރުންގެ މެދުގައި މަޤްބޫލު ވީޑިއޯ ގޭމް ކަމުގައިވާ މައިންކްރާފްޓް ބޭނުންކުރުމުގެ ނިސްބަތް މި މުއްދަތުގައި އިތުރުވެގެންދާކަން ފެނެއެވެ. ޗެޓްޖީޕީޓީ ބޭނުންކުރާ ނިސްބަތް ދައްވި މުއްދަތުގައި މައިންކްރާފްޓް ބޭނުންކުރާމިންވަރު އިތުރުވެގެން ދިއުމާއި ސްކޫލް ތައް ހުޅުވުމާއި އެކު މި ޓްރެންޑް އަނެއްކޮޅަށް ޖެހިގެން ދިއުމުން މާބޮޑު ހައިރާންކަމެއް ނެތެވެ.
ޗެޓްޖީޕީޓީގެ ބެލެނިވެރި ކުންފުނި އޯޕަން އޭއައި އަށް މި ނަތީޖާތަކުން ކަންބޮޑުވުން ނެތް ނަމަވެސް އާޓިފިޝަން އިންޓެލިޖެންސްގެ ދާއިރާގެ މާހިރުން ބުނާ ގޮތުގައި ޗެޓްޖީޕީޓީގެ މިވަރުގެ ބޮޑު ނިސްބަތެއް ހިއްސާ ކުރަނީ ދަރިވަރުން ކަމުގައިވާނަމަ އޭއައި އިން ބާރުލިބިފައިވާ މިފަދަ ޓޫލްތައް އޯޑިއަންސް ހަނިވެގެން ދިއުމާއި އެއްވައްތަރެއްގެ ޔޫސްކޭސް ތަކާއި ކުރިމަތިލާން ޖެހުމުން އިތުރަށް ފައްކާވުމަށް ހުރަސްތައް ހުރުން ގާތްކަމަށެވެ.
މި ދިރާސާތަކުން ފެންނަ ނަތީޖާގެ އަލީގައި އޯޕަންއޭއައި އިން ދަނީ ސްކޫލް އަދި ދިރާސީ ތައުލީމުގެ މަރުހަލާގެ ތެރެއަށް ޗެޓްޖީޕީޓީ ފުޅާކުރެވޭނެ ގޮތްތައް ހޯދަމުންނެވެ. މިގޮތުން މިހާރުވެސް އޯޕަން އޭއައި އިން ވަނީ މުދައްރިސުންނަށް ހާއްސަ ގައިޑްލައިން އަކާއި މުދައްރިސުން އާއްމުކޮށް އަހާ ސުވާލުތަކަށް ޖަވަބު ވެސް އާއްމުކޮށްފައިވެއެވެ. އެެހެން ނަމަވެސް އެންމެ މުހިންމު ސުވާލަކީ ޗެޓްޖީޕީޓީ މެދުވެރިކޮށް އުފައްދާ ހޯމްވޯކް ތަކާއި އެސައިންމަންޓް ދެނެގަތުމަށް އޯޕަންއޭއައި އިން މުދައްރިސުންނަށް ފޯރުކޮށްދޭނީ ކޮން އެހީތެރިކަމެއް ބާއެވެ.
ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި