ޔެލްޕް ގައި އިޝްތިހާރުކުރާ ވިޔަފާރިތަކުގެ ތެރެއިން މަކަރުވެރި އުކުޅުތައް ބޭނުންކޮށްގެން ވިޔަފާރީގައި ކުރިއަރަވަން އުޅޭ ފަސްހާހެއްހާ ފަރާތަކާމެދު އެކުންފުނިން ފިޔަވަޅު އަޅާފައި ވެއެވެ. މި ފަދަ ވިޔަފާރިތަކަށް ފައިދާކުރާގޮތަށް ރިވިއު ލިޔުމަށް ކަސްޓަމަރުންނަށް ފައިސާދިނުމާއި އެފަރާތްތައް ބޭނުންވާގޮތަށް ރިވިއުލިޔާނެ މުވައްޒަފުން ގެންގުޅެއެވެ. މިފަދަ ފަރާތްތަކާއި ދެކޮޅަށް މަސައްކަތް ކުރާނެ ޓޫލެއް ޔެލްޕް އިން މިވަނީ ތައާރަފުކޮށްފިއެވެ.
އެމެރިކާއަށް ނިސްބަވާ ކުންފުނި ތަކުގެ ތެރެއިން ރިވިއު ރޭޓިންގްއަށް ނުފޫޒު ފޯރުވުމަށް ޝައްކު ކުރެވޭ ގޮތަށް ލިޔެފައިވާ ރިވިއުތަކުގެ ލިސްޓްއެއް ޔެލްޕް އިން އާއްމުކޮށްފައި ވެއެވެ. އަދި އެ ވިޔަފާރިތަކުގެ ފޭޖްތަކުގައި ވަގުތީ އެލާރޓްތައްވެސް ހިމަނަމުންގެންދެއެވެ.
ޔެލްޕް ބޭނުންކުރާމީހުންނަށް ރަނގަޅު މައުލޫމާތު ލިބޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ މި ޓޫލްގެ ސަބަބުން އަދި އޮޅުވާލައިގޭ ވިޔަފާރި ތަކުގެ މަޤްބޫލުކަމާއި ޑިމާންޑް އުފުލުމަށް މަސައްކަތް ކުރާ މީހުންގެ ލިސްޓް އެންމެނަށް އިނގޭނެ ހެން އާއްމުކުރުން އެފަދަ ކަންކަން ކުރާ މީހުން މަދުވެގެންދާނެ ކަމަށް ޔެލްޕް އިން ދެކެއެވެ.
ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް