ސްމާޓް އައިނަކީ މިޒަމާނުގައި ވެއާރަބަލްސްގެ ތެރޭގައި އެންމެ ފާހަގަކުރެވޭ އެއް ޓެކްނޮލަޖީއެވެ. އެކްސްއާރް އައިނުތައް ބޮޑެތި، އާންމު ދިރިއުޅުމުގައި ބޭނުންކުރެވޭ ވަރަށްވުރެ އުނދަގޫ ވީއިރު، މިހާރުގެ އައިނުތައް ކުޑަވެ، ފެޝަނަބަލްވެއެވެ. މިގޮތުން އެންމެފަހުން މިއަހަރުގެ ގޫގަލް I/Oގައި އެންޑްރޮއިޑް XR ކިޔާ ސްމާޓް އައިނަށް ތައާރަފުކުރާ ޕްލެޓްފޯމްއެއް ތައާރަފުކުރިއެވެ.
މިގޮތުން ގޫގަލްއާއި ސެމްސަންގއާއި ގުޅިގެން ތައާރަފުކުރި މި ޕްލެޓްފޯމް ތައާރަފުކޮށްފައިވެއެވެ. މީގެ އިތުރުން މި ޕްލެޓްފޯމާއި އެކު އައު ސްމާޓްއައިނުތަކެއް މިއަހަރު ތައާރަފުކުރާނެކަމަށް އިއުލާނުކޮށްފައިވެއެވެ. މިގޮތުން ޖެންޓަލް މޮންސްޓާރ އަދި ވާބީ ޕާރކާއާއި ގުޅިގެން ދެ ފްރޭމް ޑިޒައިން އިއުލާނުކޮށްފައިވެއެވެ. މީގެއިތުރުން މިފަހަރު އިއުލާނުކޮށްފައި ނުވާ، ކުރިން ލީކްވެފައިވާ ތިންވަނަ ޑިޒައިނެއްވެސް ވެއެވެ.
އެންމެކުރިން ނެރެން އިއުލާނުކޮށްފައިވާ ދެ ވައްތަރު އައިނަކީ އޯޑިއޯ އައިނެވެ. ނަމަވެސް މުސްތަޤުބަލުގައި ޑިސްޕްލޭ އައިނު ވެސް ނެރޭނެކަމަށް އިއުލާނުކޮށްފައިވެއެވެ. ރިޕޤޓްތަކުގައި ބުނާގޮތުން ޑިސްޕްލޭ އައިނުން އަޑުގެ އިތުރން ޓެކްސްޓް ވެސް އައިނުން ފެންނާނެކަމަށް ވެއެވެ. އަދި 2027 ގައި މި އައިނު ނެރޭނެކަމަށް ބެލެވިގެންވެއެވެ. މިފަހަރު ނެރެން އުޅޭ ސްމާޓް އައިނު ޖެމިނީއާއި އިންޓަގްރޭޓް ކޮށްފައިވެއެވެ.
މިގޮުތުން އަޑުން އެކި ކޮމާންޑްތައް ޖެމިނީ މެދުވެރިކޮށް މި އައިނުންކޮށް، ފޯނާއި އެހެން ވެއާރަބަލްތަކާއިވެސް ގުޅާލެވޭނެއެވެ. މިގޮތުން ވަގުތުން ދެކެވޭ ވާހަކަތައް އަޑުން ތަރުޖަމާކޮށް، ވާހަކަ ދެކެވޭ ފަރާތުންނާއި އަޑުއެއްގޮތް ކުރެވެއެވެ. މީގެއިތުރުން އައިނުގެ ކެމެރާތަކުން ފެންނަ އެއްޗެހި ފާހަގަކޮށް އައިނުން ދައްކައިވެސް ދެއެވެ. މީގެއިތުރުން މުހިންމު ނޯޓީފިކޭޝަންތައް ވެސް ދައްކައިދީ ފޯނު ނަގާ މެސެޖު ފޮނުވާ ހެދޭނެއެވެ. އަދި މިނޫންވެސް އެހެން ފީޗަރުތައް ވެސް މި އައިނުގައި އެކުލެވިގެންވެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.