ލިކުއިޑް ހައިޑްރޮޖަން ހަކަތައިން އުދުއްސި ފުރަތަމަ ފްލައިޓް ކާމިޔާބު

އަޙްމަދު ދާއޫދު 24 ސެޕްޓެމްބަރު 2023

ޖަރުމަނު ވިލާތުގެ ސްޓާޓްއަޕް އެއް ކަމަށްވާ އެޗް2އެފްއެލްވައި އިން ޓެސްޓްކުރި ދުނިޔޭގެ ފުރަތަމަ ކްރޫޑް ލިކުއިޑް ހައިޑްރޯޖަން އިން ދުއްވާ މަތިންދާބޯޓްގެ ތާރީހީ ދަތުރުތައް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

ސްލޮވޭނިއާގެ މަރިބޯރު އެއާޕޯޓުގައި ކުރިއަށް ގެންދިޔަ މި ޓެސްޓުތަކަކީ ތިމާވެއްޓާ ރައްޓެހި ވައިގެ ދަތުރުފަތުރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ހަމައެކަނި ލިކުއިޑް ހައިޑްރޮޖަން އާއި ހައިޑްރޯޖަން ފިއުލް ސެލް ޕަވާޓްރެއިނަކުން ތެޔޮ އަޅާ އެޗްވައި4 މަރުކާގެ މަތިންދާބޯޓުން ވަނީ 10 މިނެޓުގެ ޑެމޮންސްޓްރޭޝަން ފްލައިޓެއް ހިމެނޭ ގޮތަށް ސިލްސިލާ ދަތުރުތަކެއް ފުރިހަމަކޮށްފަ އެވެ.

މި ކާމިޔާބީއަކީ މަތިންދާބޯޓުތަކުގައި ލިކުއިޑް ކްރަޔޮޖެނިކް ހައިޑްރޮޖަންގެ ފީސިބިލިޓީ ދައްކުވައިދިނުމަށް އީޔޫގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓް ހެވަންގެ ކާމިޔާބީ އެކެވެ.

މި ކާމިޔާބީގެ މައިގަނޑު ސިފަތައް:

- އެޗްވައި4 މަރުކާގެ މަތިންދާބޯޓުތައް މުޅިން ވެސް އޮޕަރޭޓްކުރީ ލިކުއިޑް ހައިޑްރޯޖަން އިން ނެވެ.

- މީގެ ކުރިން ހެދި ޓެސްޓެއްގައި، އެޗްވައި4 10 ކިލޯގެ ހައިޑްރޯޖަން ބޭނުންކޮށްގެން 3 ގަޑިއިރާއި 1 މިނެޓު ވަންދެން ވައިގެ ތެރޭގައި ދެމިއޮތުމާއެކު، ފުލް 24 ކިލޯގެ ސްޓޯރޭޖެއްގައި 8 ގަޑިއިރުގެ އުދުހުމުގެ ފުރުޞަތު އެބައޮތެވެ.

- ހައިޑްރޮޖަން ޕްރޮޕަލްޝަން ސިސްޓަމްގައި ހިމެނެނީ ހައިޑްރޯޖަން ސްޓޯރޭޖާއި 120 ކިލޯވޮޓްގެ ފިއުލް ސެލް އެނާޖީ ކޮންވާޓަރަކާއި އިލެކްޓްރިކަލް އިންޖީނެކެވެ.

- ލިކުއިޑް ހައިޑްރޯޖަން އިން ހަކަތަ އިގެ ޑެންސިޓީ އިތުރުވެ، ބަރުދަނާއި ވޮލިއުމް ބޭނުންވާ މިންވަރު ދަށްކޮށް، ގޭސް ހައިޑްރޯޖަންއާ އަޅާބަލާއިރު މަތިންދާބޯޓުގެ ރޭންޖް ދެގުނަ އަށް އިތުރުކޮށްދެ އެވެ.

އެޗް2އެފްއެލްވައިގެ ސީއީއޯ ޑރ ޖޯސެފް ކަލޯ ގެ ވިސްނުންފުޅަކީ މި ޓެކްނޮލޮޖީ ފުޅާކޮށް ބޮޑެތި މަތިންދާބޯޓުތަކަށް ކަރަންޓު ދިނުމެވެ. އެ ކުންފުނިން ވަނީ އެއާ ލިކުއިޑްއާ ގުޅިގެން ލިކުއިޑް ހައިޑްރޯޖަން ރިފިއުލިން އިންފްރާސްޓްރަކްޗާ ތަރައްގީކޮށްފަ އެވެ.

ކާމިޔާބު ހަތަރު ޓެސްޓް ފްލައިޓްގެ ސިލްސިލާއަށް ފަހު ޓީމްގެ ބައިވެރިން އުފާކުރަނީ : ފޮޓޯ ކްރެޑިޓް: ލިނިއާ އަހްލްގްރެން/ޓީއެންޑަބްލިއު

މި ކާމިޔާބީ ރަމްޒުކޮށްދެނީ ދެމެހެއްޓެނިވި ވައިގެ ދަތުރުފަތުރާއި ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށާއި ފްލައިޓް ރޭންޖް އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެޗް2އެފްއެލްވައި އިން ދަނީ ހައިޑްރޮޖަން ޕްރޮޕަލްޝަންގައި އިނޮވޭޓްކޮށް، ތިމާވެއްޓާ ރައްޓެހި ވައިގެ ދަތުރުފަތުރުގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.