ނިޔުޔޯރްކް ސަބްވޭ ޕެޓްރޯލް ކުރަން އެންވައިޕީޑީ އިން ރޮބޯކޮޕްނެެރެފި

ޓެކު ކަލޯ 29 ސެޕްޓެމްބަރު 2023

އެމެރިކާގެ ނިޔުޔޯރކް ޕޮލިސް ޑިޕާރޓްމަންޓް އިން ޓައިމް ސްކޮޔަރ ސަބްވޭ ސްޓޭޝަން ގައި ސެކިއުރިޓީ ބެލެހެއްޓުމަށް ރޮބޮޓް ތަކެއް ނެރެފިއެވެ. މިއީކީ އިގިރޭސި ފިލްމް ރޮބޯ ކޮޕް ގައި ހުނަޒާތުގެ ހަރުކަށި އަދި ހަތިޔާރު އެޅި ރޮބޮޓް ނުވަތަ އެޒާތުގެ ހިއުމަނޮއިޑް ރޮބޮޓް އެއްނޫނެވެ. ނައިޓްސްކޯޕް ކިޔާ ކެލިފޯނިޔާގެ ކުންފުޏްނަކުން އުފައްދާފައިވާ ކޭ5 ބޮޑަށް ވައްތަރީ ފުރޮޅުލާފައި ހުންނަ ޑަސްޓްބިނެއް ނުވަތަ ބޮޑު ޓްރެފިކް ކޯންއަކާ ކަމަށް ބަޔެއް ފަރާތްތަކުން ބުނެއެވެ.

ބަރުދަނުގައި 420ޕައުންޑް ހުނަނަ މި ކޭ5 ގައި 4 ކެމެރާ ހުރެއެވެ ނަމަވެސް އެކެމެރާތަކުން ރިކޯޑް ކުރަނީ އަޑު ނުލާ ހަމައެކަނި ވީޑިއޯ އެވެ. މި ރޮބޮޓް ގެ ޓްރަޔަލް ތައް މިހާރު ފަށާފައި ވާއިރު ޑިއުޓީ އަދާކުރުމަށް ހަމަޖެހިފައި ވަނީ މެންދަމުން ފެށިގެން ފަތިސް ވަންދެކަށެވެ. އަދި މިވަގުތު ތަކުގައި އެންމެ އިސްކަމެއް ދީގެން ކުރަމުން ގެންދާނީ ސަބްވޭ ސްޓޭޝަން އަށް އަހުލުވެރިވުން ކަމުގައި އެންވައިޕީޑީ އިން ބުނެފައިވެއެވެ.

ކޭ5 އަށް އެމަޖެންސީ ހާލަތްތަކުގައި ހަރަކާތްތެރިވުމުމާއި އަނގަބަހުން ނުވަތަ ޖިސްމާނީކޮށްވެސް މީހަކު ހައްޔަރުކުރުމުގެ ގާބިލްކަން ނެތެވެ. އަދި މިހާތަނަށް މި ރޮބޮޓް ގައި ފޭޝަލް ރިކޮގްނިޝަން ހިމެނިފައި ނުވި ނަމަވެސް މި ފީޗަރ ކުރިމަގުގައި ހިމެނުމުގެ ފުރުސަތު އެބަ އޮތެވެ. އާއްމުންނަށް ކޭ5 ގެ އެހީގައި އަސްލު ފުލުހަކާއި ވާހަކަ ދެއްކުމަށާއި މައްސަލަ ރިޕޯރަޓް ކުރެވިދާނެ ކަމަށް ވެއެވެ.

ކޭ5 އަކީ ނިއުޔޯކް ޕޮލޮސް ފައުޖުގައި ހިމެނޭ ހަމައެކަނި ރޮބޮޓެއް ނޫނެވެ. މިއަހަރު ކުރީކޮޅު ހޮސްޓެޖް ހާލަތްތަކުގައި ބޭނުން ކުރުމަށް ބޯސްޓަން ޑައިނަމިކްސް ގެ ރޮބޮޓް ކުއްތާ "ސްޕޮޓް" ވެސް ގަނެފައެވެ.

ޓެކު ކަލޯ

ޓެކު ކަލޯ

ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.