އިންސާނިއްޔަތާއި ގުޅޭ މައުލޫމާތުތައް ސޯލާ ސިސްޓަމް ގެ އެކި ތަންތަނުގައި ރައްކާކުރުމަށް ކުރެވެމުންދާ މަސައްކަތަށް ދުނިޔޭގެ އެންމެ މަޤުބޫލު އަދި ނަންމަޝްހޫރު އެއް ޖާދޫގަރު ކަމުގައިވާ ޑޭވިޑް ކޮޕަފީލްޑް އިންވެސްޓް ކޮށްފި އެވެ. އާރޗް މިޝަން ފައުންޑޭޝަން އިން މިހާރުވެސް ވަނީ ނިކަލް މައުދަނުން އުފައްދާފައިވާ ނެނޯފިޗްޝް ޑިސްކެއެއް ހަނދަށް ފޮނުވާފައިވެއެވެ. އަދި އެކުންފުނިން އުންމީދު ކުރަނީ ޒަމާންތަކަށް ފަހު އިންސާނުން މި ޑިސްކް ތައް ހޯދާ މިޒަމާނުގެ ދިރިއުޅުމުގެ ކަންކަން ހުރިގޮތް ދެނެގަންނާނެ ކަމަށެވެ.
މި ފައުންޑޭޝަން އިން ހަނދަށް ފޮނުވާފައިވާ 4ޖީ ރީޑްއޮންލީ ޑިސްކް ގެ ޑަޔަމީޓަރުގައި 120 މިލިމީޓަރު ހުންނަ އިރު ބޯ މިނުގައި ހުންނަނީ 0.04 މިލިމީޓަރަރެވެ. އެއީ ގަތްގަނޑަކަށް 25 ޑީވީޑީ ފަށަލައެވެ. މި ޑިސްކުގައި 4 އެނަލޮގް ފަށަލަ ހިމެނެއެވެ. އޭގައި ގާތްގަނޑަކަށް 60،000 ސަފްހާގެ މައުލުމާތު 200ގުނަ ބޮޑު ކުރެވޭ އޮޕްޓިކަލް މައިކްރޯސްކޯޕް އަކުން ކިޔާލެވޭނެއެވެ. ފުރަތަމަ ފަށަލާގައި ހުލާސާކޮށް މިލިއަނެއްހާ ބަހުގެ މާނާ އެކި ބަސްތަކުން ހިމެނިފައިވެއެވެ. އަދި ބާކީ 21 ފަށަލާގައި ހިމެނޭ މައުލޫމާތަށް ވާސިލް ވުމަށް ކަންކުރަންޖެހޭ ގޮތުގެ އިރުޝާދުތައް ލިބެފައިވެއެވެ.
މި ފަށާލަ ތަކުގައި ކޮމްޕްރެސް ކޮށްފައިވާ 100 ޖީބީ ގެ މައުލުމާތު ހިމެނެއެވެ. އޭގެ ތެރޭގައި ވިކިޕީޑީ، އިންޓަނެޓް އާކައިވް އަދި 7000 ބަހުރުވަ އަކާއި ގުޅޭ މައުލޫމާތުތައް ހިމެނިފައިވެއެވެ. އަދި ސިއްރު ފަށަލައެއްގެ ތެރޭގައި ޑޭވިޑް ކޮޕަފީލްޑް ގެ ޖާދޫތަކުގެ ކާމިޔާބީ އާއި އާރޓްސް އަދި ސައިންސްތައް ހިއްސާކޮށްފައިވާ ކަމަށްވެސް ވެއެވެ.
2018 އިން ފެށިގެން އާރޗް މިޝަން ފައުންޑޭޝަން އިން ދަނީ ހަނދަށް ޑާޓާ ފޮނުވުމަށް މަސައްކަތް ކުރަމުންނެވެ. އަދި މިހާރު ވަނީ ކާމިޔާބު ކަމާއި އެކު 30 މިލިއަން ސޮފްހާގެ މައުލުމާތު ހިމެނޭ ލޫނާ ކުތުބުހާނާ 2019 ވަނަ އަހަރު ކާމިޔާބު ކަމާއި އެކު ހަނދުގައި ޤާއިމް ކޮށްފައެވެ. އަދި 2025 ވަނަ އަހަރާއި ހިސާބުގައިގައި މާސް އަށް އަމާޒުކޮށްގެން ޑާޓާ ފޮނުވުމުގެ މިޝަން އެއް ފެށުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް