ދެވަނަ ކުއާޓަރުގައި ސްމާޓްފޯން ވިޔަފާރި 22 އިންސައްތަ ދަށަށް!

އަޙްމަދު ދާއޫދު 29 ސެޕްޓެމްބަރު 2023

އުތުރު އެމެރިކާގެ ސްމާޓްފޯން މާކެޓަށް 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި މިވަނީ ފަހުގެ ތާރީޚެއްގައި ނާންނަ ވަރުގެ ބޮޑު ދަށްވުމެއް އައިސްފައެވެ.

ތަފާތު ޗެނަލް ފޯކަސްއެއް އޮންނަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ މާކެޓް އެނަލިސްޓް ފާމް ކެނަލިސް އިން ބުނީ ދެ ވަނަ ކުއާޓަރުގައި 22 އިންސައްތަ ދަށަށް ގޮސްފައިވާއިރު، 2023 ވަނަ އަހަރު ސްމާޓްފޯންގެ މާކެޓް ޖުމްލަ 12 ޕަސެންޓް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ދެވަނަ ކުއާޓަރުގައި އެޕަލް 20 ޕަސެންޓް ދަށަށް ގޮސްފައިވިޔަސް އަދިވެސް 54 ޕަސެންޓް މާކެޓް ހިއްސާއާ އެކު އެޕަލް އޮތީ ބާރުގަދަ ހާލަތެއްގަ އެވެ. ސެމްސަންގް 27 އިންސައްތަ ދަށަށް ގޮސްފައިވާއިރު، 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި 24 އިންސައްތަ މާކެޓް ޙިއްޞާ ވަނީ ލިބިފައެވެ. ދެން އޮތީ 25 ޕަސެންޓް ދަށަށް ގޮސް، މާކެޓް ހިއްސާ އެންމެ 8 ޕަސެންޓް ހިއްސާއާ އެކު މޮޓޯރޯލާ އެވެ. ސްމާޓްފޯނުތަކުގައި އެންމެ ކުޑަ ވަގުތުކޮޅަކަށް ޑަބްލްކުރި ހެން ހީވާ ޓީވީ ކުންފުންޏެއް ކަމަށްވާ ޓީސީއެލް އަކީ 30 ޕަސެންޓް ދަށަށް ގޮސް، ފަސް ޕަސެންޓް މާކެޓް ހިއްސާއާ އެކު އެންމެ ބޮޑު ގެއްލުމެއް ލިބުނު ކުންފުންޏެވެ.

މި ކުއާޓަރުގައި ސަލާމަތްވި ހަމައެކަނި ކުންފުންޏަކަށް ގޫގުލް ވެފައިވާޢިރު، ހަގީގަތުގައި ގޫގުލް ސްމާޓްފޯން ޗާޓުގެ އެންމެ ފުލުގައި އެ ކުންފުނި އޮތް ނަމަވެސް ޕިކްސެލް ފޯނުވިއްކާ މިންވަރު 59 ޕަސެންޓް އިތުރުވެ، ބާޒާރުގެ ހަތަރު ޕަސެންޓް ގޫގުލް އަށް ލިބެ އެވެ. މިދިޔަ އަހަރު ގޫގުލް 1 އިން 2 ޕަސެންޓަށް އުފުލިގެން ދިޔައިރު ވެސް އޮތީ ހަމަ އެ ނަތީޖާގަ އެވެ. އަދި މަދު ކުއާޓަރުތަކެއްގެ ތެރޭގައި އެ ކުންފުންޏަށް ހަތަރު ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ކެނެލިސްގެ ޗާޓުގައި އެންމެ ބޮޑަށް ދަށަށް ގޮސްފައި ވަނީ 43 ޕަސެންޓްގެ ބޮޑު ދަށްވުމެއް އައިސްފައިވާ އެންޑްރޮއިޑް ކެޓަގަރީއަށެވެ. މި ދަށަށް ދިއުމަކީ އެންޑްރޮއިޑް މާކެޓުގެ ތެރޭގައި މިހާރު ހިނގަމުންދާ ކޮންސޮލިޑޭޝަން ދައްކުވައިދޭ ކަމެއް ކަމަށް ބެލެވޭ އިރު، އޭގެ ތެރޭގައި ވަންޕްލަސް، އެޗްއެމްޑީ/ނޮކިއާސް ފަދަ ބްރޭންޑްތަކާއި ބްލޫ ފަދަ ބަޖެޓް އޮރިއެންޓެޑް ޕްރީ-ޕޭޑް ވެންޑަރުން ހިމެނެ އެވެ.

ކެނަލިސް އިން މި ދަށަށް ދިއުމަށް ބައެއް ކޮންޓެކްޓް ތައް ފޯރުކޮށްދޭއިރު، ޕްރީޕެއިޑް ޑިމާންޑް ދަށްވުމުގެ ސަބަބުން ދަށް ފަންތީގެ މާކެޓަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަން އެނގެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެވްރެޖްކޮށް ވިއްކާ އަގު 663 ޑޮލަރުން 738 ޑޮލަރަށް އުފުލިފައިވާއިރު، މިއީ ޕްރިމިއަމް ސްމާޓްފޯންވިއްކާ މިންވަރު އިތުރުވެފައިވާކަން އަންގައިދޭ ކަމަކަށްވާއިރު، ބަޖެޓް އޮރިއެންޓެޑް ވިއްކާ ފަރާތްތަކަށް ދަތިތައް އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ.

މުޅި ސިނާއަތަށް ލިބުނު ގެއްލުމާ އެކުވެސް، ކެނަލިސް އިން ޕްރިމިއަމް ސްމާޓްފޯން ސެގްމަންޓުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެޕަލް އަދި ސެމްސަންގް އިން ވަނީ 25 އިންސައްތަ އަދި 23 އިންސައްތަ އިގެ ކުރިއެރުމެއް ހޯދާފައެވެ.

2022 ވަނަ އަހަރާއި 2023 ވަނަ އަހަރަކީ ސްމާޓްފޯން މާކެޓަށް ވަރަށް ގޯސް އަހަރުތަކެކެވެ. ކެނަލިސް އިން ލަފާކުރާ ގޮތުގައި 2024 ވަނަ އަހަރު 3 އިންސައްތަ އިގެ ކުރިއެރުމެއް ލިބޭނެ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.