ބްލޫޓޫތް ހެކްކޮށްގެން 3000 ލީޓަރުގެ ތެޔޮ ފޭރިގަނެފި

ޓެކު ކަލޯ 22 އޮކްޓޯބަރު 2023

މޯބައިލްފޯނުގެ ބްލުޓޫތް މެދުވެރިކޮށް ތެޔޮ އަޅާ ސްޓޭޝަންތަކުން ގިނަ އަދަދެއްގެ ތެޔޮ ފޭރިގަތުމުގެ ސްކޭމްތަކެއްގެ ސަބަބުން އެމެރިކާގެ ޑިޓްރޮއިޓް ސްޓޭޓްގެ ތެޔޮ އަޅާ ތަންތަނުގެ ވެރިންގެ ކަންބޮޑުވުން އިތުރުވެއްޖެއެވެ. މިގޮތުން ހަމައެކަނި އެއް ސްޓޭޝަނުން ގާގްގަނޑަކަށް 3000 ލީޓަރުގެ ތެޔޮ ފޭރިގަނެފައިވާކަމަށް ވައިއޯމިންގް "ޝެލް އެޓް އެއިޓް މައިލް" ގޭސް ސްޓޭޝަން ގެ މެނޭޖަރު މޯ ބުނެފައިވެއެވެ.

"އެމީހުން އައިސް އަމިއްލަ އަށް ޕަމްޕް ޖައްސަނީ، އަދި އަންނަނީ ގިނަ ކާރުތަކެއް އެތަނަކަށް އެއްވެފައި ބަރި ބަރިއަށް، މިގޮތަށް އައިސް ބްލޫތޫޓް ކަހަލަ އެއްޗެއްބޭނުންކޮށްގެން ރިމޯޓް އެއް ގޮތަށް ހަދައިގެން ސިސްޓަމް އޯވަރައިޑް ކުރަނީ. އެމީހުން ބޭނުން ކުރާ ޕަމްޕް ހުއްޓާލުމުގެ އަމުރު ސިސްޓަމް އަށް ދިނަސް އެކަން ނުކުރެވޭ، އެންމެފަހުން ޖެހުނީ އެމަޖެންސީ ބަޓަންގެ އެހީގައި މުޅި ޕަމްޕް ސްޓޭޝަން ހުއްޓާލަން، އެމީހުން އަހަރުންގެ އަތުން 800 ގެލަން (3000 ލީޓަރު) ގެ ތެޔޮ ފޭރިގަނެފައިވޭ." ނޫސްވެރިންނާއި ވާހަކަދައްކަމުން މޯ ބުނެފައިވެއެވެ.

މި ގޭސް ސްޓޭޝަން ހިމެނެނީ ޑިޓްރޮއިޓް ފުލުހުންގެ ޕެޓްރޯލް ތެރޭ ހިމެނޭ "ޕްރޮޖެކްޓް ގްރީން ލައިޓް" ގޭސް ސްޓޭޝަން އަަކަށް ކަމުން ސަވައިލަންސް ކެމެރާ ތަކުގެ އެހީގައި ކުއްކުރާ މިހުން ދެނެގަނެފައިވީ ނަމަވެސް އަދި އެމީހުން ހައްޔަރަށް ގެންދެވިފައި ނުވެއެވެ. ސީސީޓީވީ އިން ފެންނަ ގޮތުގައި އެކަކު ކޭޝް އެޕްގައި މައްސަލައެއް އުޅޭ ކަމަށް ދައްކައިގެން ގޭސްސްޓޭޝަން ގެ ސޭޓުގެ ސަމާލުކަން އަނބުރާލާފައި ހުރިވަގުތު އަނެއްމީހާ ވަނީ ސިސްޓަމް ހެކުކޮށްފައެވެ. މި ފަދަ ހެކް އަކީ މުޅިން އާ ހެކް އެއް ނޫން ކަމަށާއި އެހެން ނަމަވެސް ދުވަސް ގަނޑަކަށް ފަހު އަނެއްކާވެސް އާއްމުވެފައިވާ ހެކް އެއް ކަމަށް ފުލުހުން މައުލުމާތު ދީފައިވެއެވެ.

ޓެކު ކަލޯ

ޓެކު ކަލޯ

ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.