ވޭވް ޕަވާޑް ޑީސެލިނޭޝަން މެޝިނުން ދުވާލަކު 49،000 ލީޓަރ ފެންފިލްޓަރކުރޭ

އާރު 14 ނޮވެމްބަރު 2023

ކެނެޑާގެ ސްޓާޓްއަޕެއް ކަމަށްވާ އޮނެކާ ޓެކްނޮލޮޖީސް އިން ކަނޑުމަތީގައި އުފެދޭ ރާޅުތަކުން ކަރަންޓު ބޭނުންކޮށްގެން މަސައްކަތް ކުރާ ތިމާވެއްޓާ ރައްޓެހި ޑީސެލިނޭޝަން ޓެކްނޮލޮޖީ ދައްކާލައިފި އެވެ. ތިމާވެއްޓާ ރައްޓެހި މި ވިސްނުމުގެ ސަބަބުން މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުމެއް ނެތި އާބާދީތަކަށް ބޭނުންވާ ފެން ފޯރުކޮށްދިނިމަށް މަގުފަހިވެދާނެ އެވެ.

ދުނިޔޭގައި ލިބެން ހުރި ފެނުގެ ތެރެއިން ބޭނުން ކުރެވޭ ތާޒާ ފެނަކީ ގާތްގަނޑަކަށް ތިން އިންސައްތަވެ. ބާކީ ހުރި ލޮނުގަދަ ކަނޑުގެ ފެނަކީ ބުއިމަށް ނުވަތަ ސިނާއީ ބޭނުންތަކަށް ބޭނުން ނުކުރެވޭ ފެން ކަމުން ޑިސެލިނޭޝަން ޕްލާންޓްތަކުގެ އެހީގައި މެނުވީ ރައްކާތެރި ބޯފެނަށް ބަދަލު ނުކުރެވެއެވެ.

އެހެންނަމަވެސް ޑީސެލިނޭޝަން އަކީ ހަކަތަ ބޭނުންކުރާ ޕްރޮސެސްއެއް ކަމަށާއި އެދެވޭގޮތެއްގައި އިއާދަކުރަނިވި ވަސީލަތްތައް އަދި ބޭނުން ނުކުރެވުމުގެ ސަބަބުން އޭގެ ނޭދެވޭއަސަރު ތިމާވެއްޓަށް ކުރަމުންދެއެވެ. އިންޓަނޭޝަނަލް ޑީސެލިނޭޝަން އެސޯސިއޭޝަނުން ބުނި ގޮތުގައި ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ތެރޭގައި ޑީސެލިނޭޝަން ޕްލާންޓްތައް ދެގުނަ އަށް އިތުރުވެފައިވާ އިރު، މި ދާއިރާ އަހަރަކު ނުވަ އިންސައްތަ ކުރިއަރާނެ ކަމަށް ބެލެވެ އެވެ. މިފަދަ ހާލަތެއްގައި ތިމާވެއްޓާ ރައްޓެހި ހައްލެއް މުހިންމެވެ.

ރާޅުތަކުން ހަކަތައުފެއްދުން

ކޮންވެންޝަނަލް ޑީސެލިނޭޝަން ޕްލާންޓްތައް މަސައްކަތް ކުރަނީ ތާމަލް ނުވަތަ މެމްބްރޭން ޕްރޮސެސްގެ އެހީގައެވެ. ތާމަލް ޕްރޮސެސްގައި ކަނޑުގެ ލޮނުގަނޑު ހޫނުކުރުމަށްފަހު ފެން އިވޭޕޮރޭޓް ވުމުން ލޮނުގެ އަސަރު ދެއެވެ އަދި އިވޭޕޮރޭޓްވި އަވިތައް ފެނަށް ފިނިކޮށް ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖައްސައެވެ.

މެމްބްރޭން އެޕްރޯޗްގައި ކަނޑުގެ ލޮނުގަނޑު ފެން ނަގާ ސެމީ ޕާމިބަލް މެމްބްރޭންއެއްގެ ތެރެއިން ދަތުރުކުރެއެވެ. މި އެޕްރޯޗަކީ ވެސް ހަކަތަ އިންޓެންސިވް ނަމަވެސް ތާމަލް ޓްރީޓްމަންޓަށް ވުރެ މާ ރަނގަޅު އެޕްރޯޗެކެވެ.

އޮނެކާ ގެ ވިސްނުމަކީ މެމްބްރޭން އެޕްރޯޗަށް ވުރެ ކުރިއެރުމެކެވެ. މިކަން ޙާޞިލުކުރެވެނީ ސީބެޑްގައި އެންކަރކޮށްފައި ހުންނަ ބޮއެންޓް މެޝިންތައް ބޭނުންކޮށްގެންނާއި ރާޅުތަކުން ބާރުލިބޭ މެމްބްރޭން ސިސްޓަމެއް ބޭނުންކޮށްގެންނެވެ.

މި މެޝިންތަކުން ރާޅުތަކުން ހަކަތަ ހިފެއްޓުމަށް ފަހު މެކޭނިކަލް ފޯސްއަށް ބަދަލުކޮށް، ކަނޑުގެ ލޮނުގަނޑު ދަމާލުމަށް ބޭނުންކުރެއެވެ. ޑީސެލިނޭޝަން ސިސްޓަމްގެ ތެރޭގައި ހަތަރުބައިކުޅަ އެއްބައި ފެން ދައުރުކޮށް، މެކޭނިކަލް ޕަވަރ ބޭނުންކޮށްގެން ސާފުކޮށްފައިވާ ފެން ގޮނޑުދޮށަށް ޕަމްޕް ކުރެއެވެ.

ނިޒާމުގެ ފައިދާތައް

މުޅި ސިސްޓަމަކީ މެކޭނިކަލީ ޑްރައިވްކޮށް ކަރަންޓް ނެތި މަސައްކަތް ކުރާ ސިސްޓަމެކެވެ. ޑީސެލިނޭޝަން މެޝިންތައް ހަދަނީ ތިން ސައިޒަކަށް ބަހާލައިގެން ކަމަށާއި އެންމެ ބޮޑު މިނުގެ މިނުގައި 26 ފޫޓް (8 މީޓަރު) އައި 16 ފޫޓް (5 މީޓަރު) ހުންނާނެ ކަމަށެވެ. މި ޑިވައިސްތަކަށް މަސައްކަތް ކުރުމަށް ތިން ފޫޓު (އެއް މީޓަރު) އުސް ރާޅު ބޭނުންވާއިރު، އެންމެ ބޮޑު ޑިވައިސްތަކުން ދުވާލެއްގެ މައްޗަށް 13،000 ޔޫއެސް ގެލަން (49،000 ލީޓަރު) ފެން އުފެއްދޭނެ އެވެ. މި މޮޑިއުލާ މެޝިންތައް ގުޅާލެވި، ގިނަ އަދަދަކަށް ފެން އުފެއްދޭނެ އެވެ.

މި މަރުހަލާގައި ޖައްވުގެތެރެއަށް ކާބަން ބޭރު ނުކުރުމުގެ އިތުރުން މި ނިޒާމަކީ ކަނޑުގެ ދިރުންތަކާ ރައްޓެހި ސިސްޓަމެކެވެ. ކޮންވެންޝަނަލް ޑީސެލިނޭޝަން ޕްލާންޓްތަކުން އުފެދޭ ކުނީގައި ކޮންސެންޓްރޭޓެޑް ލެވެލްގެ ލޮނު ނުވަތަ ބްރައިން އެކުލެވިގެންވާ އިރު، އެ ތަކެތި މޫދަށް ދޫކޮށްލުމުގެ ކުރިން އިތުރަށް ޕްރޮސެސް ކުރަން ޖެހެ އެވެ. ލޮނުގެ މިންވަރު މާ މަތިވެއްޖެނަމަ އެ ސަރަހައްދުގެ ކަނޑުގެ ދިރުންތައް މަރާލައި، މަރުވެފައިވާ ސަރަހައްދެއް އުފައްދައެވެ.

އޮނެކާގެ މެޝިންތަކުގައި މެކޭނިކަލީ ދަމާފައިވާ ކަނޑުގެ ތިން ބައިކުޅަ އެއްބައި ބޭނުންކޮށްގެން މެމްބްރޭންތަކުން ކޮންސެންޓްރޭޓެޑް ލޮނު އެއްކޮށްލުމަށްފަހު ކަނޑުގެ ލޮނުގަނޑު އުފުލުމެއް ނެތި އަލުން މޫދަށް ދޫކޮށްލައެވެ.

މި ނިޒާމުގެ ތެރެޔަށް ކަނޑުގެ ލޮނުގަނޑު ދަމަނީ 60 މައިކްރޯން އިންލެޓް ހޮޅިތައް މެދުވެރިކޮށެވެ. އެ ސިސްޓަމްގެ ވެބްސައިޓްގައި ވާ ގޮތުން ސިސްޓަމްގެ އެންކަރުތައް އިންސްޓޯލްކުރާތާ މަސްތަކެއް ފަހުން އާޓިފިޝަލް ފަރުތަކަށް ވެސް ބަދަލުކުރެ އެވެ.

އޮނެކާއިން ލަފާކުރާ ގޮތުގައި އަންނަ އަހަރު އެކުންފުނީގެ ޑީސެލިނޭޝަން މެޝިންތައް ބާޒާރުގައި ލިބެން ހުންނާނެ އެވެ.

އާރު

އާރު

ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.