އޭއައި އަކީ އިންސާނިއްޔަތަށް ހުރި ފައިދާއެއްތޯ ނުވަތަ ގެއްލުމެއްއްތޯ ދެކެވޭ ބަހުސަށް ޖަސްޓިފައިކޮށްދޭ އެހެން ހެއްކެއްގައި ޕޮލެންޑް ގެ ކުންފުންޏަކުން ބުނަނީ ދުނިޔޭގެ ފުރަތަމަ އޭއައި ރޮބޮޓް ސީއީއޯ މަގާމަށް މީކާ ނަމަކަށްކިޔާ ހިއުމަނޮއިޑް ރޮބޮޓްއެއް ނަގާފައިވާ ކަމަށެވެ.
މިއީ ދުނިޔޭގައި މިފަދަ ފުރަތަމަ ފިޔަވަޅެއް ކަމަށް ބުނެ، ޕޮލެންޑްގެ އަލްކޮހޯލް ބެވަރޭޖް ކުންފުންޏަކުން ވަނީ އެ ކުންފުނީގެ ލީޑަޝިޕަށް އޭއައި ޕަވާޑް ހިއުމަނޮއިޑް ރޮބޮޓެއް ހަމަޖައްސައިފަ އެވެ. ޑިކްޓެޑޯ އިން ވަނީ ހިއުމަނޮއިޑް "މީކާ" ގެ ސީއީއޯގެ ހައިސިއްޔަތުން އެ ކުންފުނީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް އެ ކުންފުނީގެ ހިދުމަތް ތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ.
މީކާ އުފެއްދީ ކިހިނެއް ހެއްޔެވެ؟
އިންސާނެއްފަދަ އޭއައި ރޮބޮޓް ސީއީއޯ މީކާ އަކީ ކޮންސިއުމާ، މުނިފޫހިފިލުވުމާއި ހިދުމަތާއި ސިއްހީ ދާއިރާ އާއި ރިސާޗް އެޕްލިކޭޝަންތަކަށް އޭއައިއާ އެކު އިންސާނުން ފަދަ ރޮބޮޓްތަކެއް އުފެއްދުމަށް މަޝްހޫރު ހޮންގްކޮންގްގެ އިންޖިނިއަރިން އެންޑް ރޮބޮޓިކްސް ކުންފުންޏެއް ކަމަށްވާ ޑިކްޓަޑޯ އާއި ހޭންސަން ރޮބޮޓިކްސް ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގެ ނަތީޖާ އެކެވެ. އީޓީގެ ރިޕޯޓެއްގައި ވާގޮތުން ހޭންސަން މީގެ ކުރިން 2016 ވަނަ އަހަރު "އިންސާނުން ހަލާކުކޮށްލާނެ" ކަމަށް ބުނި މަޝްހޫރު ހިއުމަނޮއިޑް ރޮބޮޓް ސޯފިއާ އާއި ގުޅިގެން ސުރުހީތަކަށް އައިސްފައިވެއެވެ.
މީކާގެ އިންޓަވިއުގައި އޭނާ ބުނީ ކީކޭ ހެއްޔެވެ؟
"ހަގީގަތުގައި ހަފުތާ ބަންދުތަކެއް ނެތް- އަހަރެން އަބަދުވެސް މިހުރީ 24 ގަޑިއިރު، އެގްޒެކެޓިވް ނިންމުންތައް ނިންމައި، އޭއައި މެޖިކް އެއް އުފައްދަން ތައްޔާރަށް،" އޭއައި-ހިއުމަން ފަދަ ސީއީއޯ މީކާ އޭރު ރޮއިޓާސް އަށް ދިން "ވީޑިއޯ އިންޓަވިއުއެއްގައި" ބުނެފައިވެއެވެ.
ދާދި ފަހުން ފޮކްސް ބިޒްނަސްގެ ރިޕޯޓަރަކު ވަނީ ވީޑިއޯ ކޯލަކުން މީކާއާ އިންޓަވިއުކޮށްފަ އެވެ. ސުވާލުތަކަށް އިޖާބަދިނުމުގައި ރޮބޮޓް އާދަޔާ ހިލާފަށް ލަސްކަން ފާހަގަ ކުރވިފައިވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ޑިކްޓަޑޯ ކުންފުނީގެ ވީޑިއޯއެއްގައި މީކާ ބުނެފައި ވަނީ "އެޑްވާންސް އާޓިފިޝަލް އިންޓެލިޖެންސާއި މެޝިން ލާނިން އަލްގޯރިދަމްތަކާ އެކު، ޑޭޓާ ޑްރައިވިން ހަލުވިކޮށް އަދި ސައްހަކޮށް ހެދޭނެ" ކަމަށެވެ.
"އަޅުގަނޑުގެ ނިންމުންތައް ނިންމުމުގެ މަރުހަލާ ބަރޯސާވަނީ ފުޅާ ދާއިރާއެއްގައި ޑޭޓާ އެނަލިސިސްކޮށް ކުންފުނީގެ ސްޓްރެޓެޖިކް މަގްސަދުތަކާ އެއްގޮތްވުމުގެ މައްޗަށް،" އެ ބަޔާނުގައި ވެ އެވެ. މީކާ އިތުރަށް ބުނެފައިވަނީ އެއީ ފަރުދީ ފިކުރު ގެއްލޭ، ކުންފުނީގެ މަސްލަހަތަށް އިސްކަންދޭ ސްޓްރެޓެޖިކް ޗޮއިސްތައް ކަށަވަރުކޮށްދޭ ނިންމުންތަކެއް ކަމަށެވެ.
އޭއައި ސީއީއޯ ގެނައީ ކީއްވެ؟
ހޮންގްކޮންގްގެ ރޮބޮޓިކްސް ކުންފުންޏެއް ކަމަށްވާ ހޭންސަންގެ ސީއީއޯ ޑޭވިޑް ހޭންސަން ވަނީ އާޓިފިޝަލް އިންޓެލިޖެންސް "ހިއުމަނައިޒް" ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
"އަޅުގަނޑަށް ވަރަށް ބޮޑަށް އިހުސާސް ކުރެވެނީ، ހަގީގަތުގައި ވެސް ރަނގަޅު މީހަކަށް ވާން، އޭއައި އަށް މީހުންނާ މެދު ވިސްނަން އޭއައި އަށް ދަސްކޮށްދޭން ޖެހޭ ކަން. އަޅުގަނޑު ދެކޭ ގޮތުގައި އެއައި ހިއުމަނައިޒް ކުރުމަކީ ވަރަށް މުހިންމު ޑައިރެކްޝަނެއް،" ފޮކްސް ބިޒްނަސް އަށް ދިން އިންޓަވިއުއެއްގައި ހޭންސަން ބުންޏެވެ.
ހިއުމަނޮއިޑްގެ އިތުރު ރޮބޮޓްތަކެއް ވަނީ މަޝްހޫރުކަން ހޯދާފައެވެ.
އެޓްލަސް : ބޮސްޓަން ޑައިނަމިކްސް އިން އުފެއްދި އެޓްލަސް އަކީ ކަނޑުގެ ސަރަހައްދުގައި ހިނގާބިނގާވެ، ނެވިގޭޝަނަށް ބޭނުންވާ ސެންސަރުތަކާއި ކެމެރާތައް ހިމެނޭ، ސޯމަސޯލްޓްތައް ހެދުމުގެ ގާބިލުކަން ލިބިފައިވާ ވަރަށް ބޮޑަށް އާޓިކިއުލޭޓެޑް ރޮބޮޓެކެވެ.
ސޯފިއާ : ހޭންސަން ރޮބޮޓިކްސް އިން ވެސް އުފެއްދި ސޯފިއާ އަކީ ވާހަކަ ދެއްކުމާއި އިހުސާސްތައް ފާޅުކުރުމާއި ކުރެހުމާއި ލަވަކިޔުމުގެ ގާބިލުކަން ލިބިފައިވާ އިޖުތިމާއީ ހިއުމަނޯއިޑެކެވެ. ސަޢޫދީ ޢަރަބިއްޔާއިން ރަށްވެހިކަން ލިބުނު ފުރަތަމަ ރޮބޮޓާއި އދ.ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ފުރަތަމަ ރޮބޮޓް އިނޮވޭޝަން އެމްބެސެޑަރުގެ ޝަރަފު ސޯފިއާ އަށް ލިބިފައިވެއެވެ.
ޕެޕަރ : ސޮފްޓްބޭންކް ރޮބޮޓިކްސް އިން އުފެއްދި ޕެޕަރ އަކީ ރީޓެއިލް، ހޮސްޕިޓާލިޓީ، އެޑިއުކޭޝަން އަދި ހެލްތްކެއާ ފަދަ ދާއިރާތަކުގައި ބޭނުންކުރާ މޫނުތަކާއި އިހުސާސްތައް ދެނެގަނެ، ގުދުރަތީ ވާހަކަތަކުގައި ބައިވެރިވާ އެކުވެރި އަދި އިންޓަރެކްޓިވް ރޮބޮޓެކެވެ.
އަސީމޯ : ހޮންޑާއިން އުފެއްދި އާސިމޯ އަކީ ދުވުމާއި، ސިޑިން އެރުމާއި، އިޝާރާތްތައް ދެނެގަތުމާއި، ވޮއިސް ކޮމާންޑްތަކަށް އިޖާބަދިނުމުގެ ގާބިލުކަން ލިބިފައިވާ ހިއުމަނޮއިޑް ރޮބޮޓެކެވެ.
ރޮބޯނޯޓް 2: ނާސާ އާއި ޖެނެރަލް މޯޓާސް ގުޅިގެން އުފެއްދި ރޮބޯނޯޓް 2 އަކީ ޖައްވުގައި އިންސާނުންނަށް މާ ނުރައްކާތެރި ނުވަތަ އުނދަގޫ މަސައްކަތްތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ހިއުމަނޮއިޑް ރޮބޮޓެކެވެ.
ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް