މި ސެޕްޓެމްބަރު މަހުގައި ބައެއް ގޫގަލް ޕިކްސަލް ފޯނުތަކަށް ޒީރޯ ޑޭ ވަލްނަރަބިލިޓީއަކުން ހެކްކޮށްފައިވެއެވެ. ގޫގުލްއިން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ޕިކްސެލް ސްމާޓްފޯނުތަކުގެ ސެލްއުލަރ މޮޑެމްގައި ހުރި ބޮޑު ވަލްނަރެބިލިޓީއެއް މެދުވެރިކޮށް އަމާޒުކޮށްފައިވާ އެޓޭކްތަކެ ބައެއް ޔޫޒަރުންގެ ފޯނުތަކަށް ކޮށްފައިވެއެވެ.
CVE-2026-58704 ގެ ނަންދީފައިވާ މި ވަލްނަރެބިލިޓީ މަސައްކަތްކުރަނީ މޮޑެމް ސޮފްޓްވެއާގައި ހުންނަ މައްސަލައެއް ބޭނުންކޮށްގެން ބައެއް ހުއްދަތައް ބައިޕާސް ކުށްގެންނެވެ. މި އާއި ވިދިގެން ގޫގުލްގެ ސެޕްޓެމްބަރު 2026 ގައި ނެރުނު ޕިކްސެލް ސެކިއުރިޓީ އަޕްޑޭޓްގައި ހާމަކޮށްފައިވެއެވެ. ނަމަވެސް މީގެން އަސަރު ވެފައިވާ ޑިވައިސްތަކާއި ބެހޭ އެއްވެސް މައުލޫމާތެެއް ހާމަކޮށްފައި ނުވެއެވެ.
މި ވަލްނަރެބިލިޓީ ފާހަގަކޮށްލެވޭ އެއް ސަބަބަކީ ފޯނުގެ ވެރިފަރާތްތަކުން އެއްވެސް ކަމެއް ނުކޮށް، އެޓޭކް ކުރާ ފަރާތްތަކުންނަށް ފޯނަށް އަމާޒުކުރެވޭތީއެވެ. މީގެ ސަބަބުން ހަމަލާދޭ މީހަކަށް ސެލްއުލަރ މޮޑެމް×މެދުވެރިކޮށް ރިމޯޓުންކޮށް ލިބޭ ހުއްދަތައް އިތުރުކޮށް، ލިބެންޖެހޭ ވަރަށް ވުރެ އިތުރަށް އެކްސެސް ހޯދިއެވެ. އެއްވެސް ކްލިކެއް، ފައިލެއް ހުޅުވުމެއް ނުވަތަ އެހެން ޔޫޒަރ އިންޓަރެކްޝަނަކާއި ނުލައި މީގެ ސަބަބުން ހަމަލާ ދެވެއެވެ. މިކަމުގެ ސަބަބުން މިޔަށް "ޒީރޯ ކްލިކް" އެޓޭކްގެ ނަން ދީފައިވެއެވެ.
މި ވަލްނަރަބިޓީ ވަނީ އެމެރިކާގެ ސައިބަރ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗާ ސެކިއުރިޓީ އެޖެންސީ (ސީއައިއެސްއޭ)ގެ އެނގިފައިވާ އެކްސްޕްލޮއިޓްތަކާއި ވަލްނަރަބިލިޓީތައް (KVE) ތަކުގެ ތެރޭގައި މި ދިޔަ ސެޕްޓެމްބަރު 16ގައި ހިމަނާފައެވެ. އަދި މި ވަލްނަރެބިލިޓީ މިހާރު ވަނީ ގޫގުލްގެ ސެޕްޓެމްބަރު 2026ގައި ނެރުނު ޕިކްސެލް ސެކިއުރިޓީ ޕެޗްގައި ރަނގަޅުކޮށްފައެވެ. 2026-09-05 ގެ ފަހުން ޕެޗްކޮށްފައިވާ ޑިވައިސްތައް މި ވަލްނަރަބިޓީއިން ރައްކާތެރިކޮށްފައިވެއެވެ. ޕިކްސެލް ޔޫޒަރުން ސެޓިންގސްއަށް ގޮސް ސެކިއުރިޓީ އެންޑް ޕްރައިވެސީ މެދުވެރިކޮށް ސެކިއުރިޓީ ޕެޗް ލެވެލް ޗެކް ކުރެވޭނެއެވެ. އަދި ފަހުގެ ޕެޗްއެއް އަޕޕްޑޭޓްކޮށްފައި ނުވާނަމަ، ޑިވައިސް އަޕްޑޭޓް ކުރުމަށް އިރުޝާދު ދީފައިވެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.