Download Logo
Copy Logo

ދުނިޔޭގެ އެންމެ ފުރަތަމަ ޕްރޮޑަކްޝަން ރެޑީ މެކާ ޗައިނާއިން ތައާރަފުކޮށްފި

އަޝްނާ ރަޝީދު 23 މާރިޗު 2024

އެނިމޭއާއި މަންގާ ގައި މަޝްހޫރު ވެފައިވާ މެކާތަކަކީ މުސްތަޤުބަލުގައި ހިޔާލީ ދުނިޔެއިން ހަގީގަތަކަށް އައިސްދާނެ އެއްޗެކެވެ. މިހާރު ޗައިނާގެ ޔުނިޓްރީ ރޮބޮޓިކްސް ކުންފުނިން އާންމުންނަށާއި ސިނާއި ބޭނުންތަކަށް ބޭނުންކުރެވޭ ޕްރޮޑަކްޝަން ރެޑީ ރޮބޮޓިކް މެކާއެއް ތައާރަފުކޮށްފިއެވެ. ޖީޑީ01(GD01)ގެ ނަން ދީފައިވާ މި މެކާ އަކީ މީހުންނަށް އެރޭ ދުނިޔޭގެ އެންމެ ފުރަތަމަ ޓްރާންސްފޯމަބަލް މެކާއެވެ.

ޖީޑީ01 އަކީ 2.8 މީޓަރުގެ 500 ކިލޯގެ ބަރުދަނުގެ ޕައިލޮޓްއެއް އެރޭނެ ކޮކްޕިޓެއް ހުންނަ މުކައެކެވެ. މި މެކާ ހަދާފައިވަނީ ކާބަން ފައިބަރ ބޭރުފަށލަޔަކުން ވަށާލާފައިވާ ޓައިޓޭނިއަމް އެލޯއިއާއި މަތިންދާ ބޯޓުގައި ބޭނުންކުރާ ފެންވަރުގެ އެލުމިނިއަމް ކަށިގަނޑަކުންނެވެ. މި މެކާގެ ބެޓެރީގެ ދިގުމިނާއި، ދުވޭ އެންމެ ބާރުމިން، ޕޭލޯޑް ކެޕޭސިޓީ އަދި އޮޕަރޭޓިން މުއްދަތު އަދި ހާމަކޮށްފައެއް ނުވެއެވެ.



މި މެކާ މީހުން އުފުލާއިރު ދެ ފައިމަތިންނާއި ހުރަސްކުރަން އުނދަގޫ ހިސާބުތަކުގައި ހަތަރު ފައިމަތިން ހިނގުމުގެ ގާބިލުކަންވެއެވެ. މީގެ އިތުރުން މި މެކާއަށް ފާރުތައް ފަޅާލުމުގެ ގާބިލުކަން ވެސް ލިިބިގފައިވެއެވެ. ޔުނިޓްރީއިން ބުނެފައިވާ ގޮތުގައި މި މެކާ ފަރުމާކޮށްފައިވާ ސިނާއި މަސައްކަތްތަކަށާއި ފަތުރުވެރިކަމާއި ކުއްލި ހާލަތުގައި ސަލާމަތްކުރުމަށެވެ. މި މެކާގެ އަސްކަރީ ބޭނުންތަކެއް ލިބިގެންދާނެ ކަމުގައި ވިޔަސް މި ކުންފުނި މި މެކާ އަމާޒުކޮށްފައިވަނީ އާންމުންގެ ބޭނުންތަކަށް ކަމަށް ފާހަގަކޮށްލާފައިވެއެވެ.

މިހާރު މި ޖީޑީ01 މެކާ ވިއްކަން ފަށާފައިވީއިރު، މި މެކާގެ އަގުތައް ފަށަނީ 3.9¥ މިލލިޮންނުންނެވެ. މިއީ ގާތްގަނޑަކަށް 572,000 $އެވެ. މި މެކާ އުފެއްދި ޔުނިޓްރީ ކުންފުންޔަކީ ޗައިނާގެ ހެންގްޒޯގައި މައި އޮފިސްހުންނަ ރޮބޮޓިކްސް ކުންފުންޔެކެވެ. މީގެ ކުރިން މި ކުންފުނި ދުނިޔޭގައި އެންމެ ގިނަ ރޮބޮޓް އުފައްދާ އެއްކުންފުންޔެއްގެ ގޮތުގައި މަޝްހޫރުވެފައި ވީއިރު، މީގެ ކުރިން މި ކުންފުނި މަޝްހޫރުވެފައިވަނީ އެމީހުންގެ ދެ ފަޔާއި ހަތަރު ފައި މަތީގައި ހިނގާ އާދައިގެ ބޮޑު މިނުގެ ރޮބޮޓުތަކަށެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.