މުސްކުޅި ސެޓެލައިޓްތަކުގެ ތަގްދީރު: އޯރްބިޓަލް ގަބުރުސްތާން

ޒަމާނީ ދިރިއުޅުމުގައި ސެޓެލައިޓްގެ ދައުރު ވަރަށް ވެސް ބޮޑެވެ. އެގޮތުން މުވާސަލާތުކުރުމާއި، ދަތުރުފަތުރުކުރުމާއި، މޫސުން ލަފާކުރުމާއި، އަދި ސައިންޓިފިކް ދިރާސާތައް ކުރުމައް ސެޓެލައިޓްތައް ބޭނުންކުރެވެއެވެ. ނަމަވެސް އެހެން ހުރިހާ ފަންނިއްޔާތެކޭ އެއްފަދައިން ސެޓެލައިޓްތަކުގެ ވެސް ދިރިއުޅުމުގެ މުއްދަތެއް ވެއެވެ. މި މުއްދަތު ހަމަވުމުން އެއަށް ވަނީ ކިހިނެއް ކަމާމެދު ސުވާލުތައް އުފުދެއެވެ.

ސެޓެލައިޓެއްގެ އުމުރު ހަމަވުމުން އެސެޓެލައިޓެއްވާއި އުސްމިނަށް ބަލައި ދެގޮތަކަށް އަމަލުކުރެވެއެވެ.

ދުނިޔެއާއި ކައިރީ (LEO) ގައިވާ ސެޓެލައިޓްތައް ނަމަ އޭގެ މިޝަން ނިމުމުންް އިންޖިނިއަރުން އޭގައި ބާކީހުރި ތެޔޮ ބޭނުންކޮށް އެ ސެޓެލައިޓް ދާ ބާރުމިން މަޑުޖައްސާލައެވެ. ނަތީޖާއަކީ އެ ސެޓެލައިޓް (LEO) އިން ވެއްޓި ގަޑިއަކު އެތައް ހާސް މޭލެއްގެ ބާރުމިނުގައި ވަޔާއި ދެކޮޅަށް ސީދާ ދުނިޔޭގެ ޖައްވާއި ދިމާއަށް ދަތުރުކުރުމުން އުފެދޭ ހޫނުމިނުގެ ސަބަބުން އެ ސެޓެލައިޓް އަނދާ ހުލިހުލި ވެގެންދިޔުމެވެ.

(LEO) އަށް ވުރެ ތަންކޮޅެއް މަތީގައިވާ ސެޓެލައިޓްތައް ސީދާ ޖައްވަށް ވައްޓާއެއް ނުލެވެއެވެ. އެހެންކަމުން އެ ސެޓެލައިޓުތައް ވައްޓާލަނީ "ޕޮއިންޓް ނީމޯ" ގެ ނަމުން މަޝްހޫރު ދެކުނު ޕެސިފިކް ކަނޑުގައި ކަނޑައެޅިފައިވާ "ސްޕޭސްކްރާފްޓް ސަހަރާ" އަކަށެވެ.


ދެވަނަ ގޮތަކީ އިތުރަށް ޖައްވުގެތެރެއަށް ސެޓެލައިޓް ފޮނުވާލުމެވެ. މިއީ (GEO) އޯރބިޓުގައި (ދުނިޔެއިން ގާތްގަނޑަކަށް 36،000 ކިލޯމީޓަރު މަތީގައި) ތިބޭ ސެޓެލައިޓްތައް ނައްތާލެވޭ ގޮތެވެ. ސަބަބަކީ އެހާ މަތީ އުސްމިނެއްގައި ތިބޭ ސެޓެލައިޓްތައް އަނބުރާ ޖައްވުގެ ތެރެއަށް ވެއްދުމަކީ އަމަލީ ގޮތުން ކުރެވޭނެ ކަމަކަށް ނުވާތީއެވެ. އޭގެ ބަދަލުގައި އެ ސެޓެލައިޓްތައް ފޮނުވާލެވެމީ "ޖިއޯ ބެލްޓު" އިން ގާތްގަނޑަކަށް 300 ކިލޯމީޓަރު މަތީގައި އޮންނަ "graveyard orbit" އަށެވެ.

އޯރބިޓުގައިވާ މުސްކުޅި ސެޓެލައިޓްތައް ފަދަ ކުނިތައް ނައްތާލުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. އެއީ އެ ކުނިކޮޅުތައް ޖެހި ބޮޑު "ޗޭން ރިއެކްޝަނެއް" (ސައިންޓިފިކްކޮށް ބުނާނަމަ "Kessler Effect") އުފެދި އާ ސެޓެލައިޓްތަކާއި ޖައްވީ މަރުކަޒުތަކާއި އަދި ކުރިއަށް އޮތް މިޝަންތަކަށް ބޮޑެތި ގެއްލުން ލިބިގެންދާނެތީއެވެ.

ނޫރާން ނޫރުﷲ އަދްނާން

ނޫރާން ނޫރުﷲ އަދްނާން

އިންސާނީ ފިކުރުތަކާއި ދިރާސާތަކުން އުފަންކުރުވާފައިވާ ފަންނިއްޔާތުން ދުނިޔެއަށް އަންނަ ބަދަލުތަކަށް ލޯހުޅުވުން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.