ޔުއެފާ ޔޫރޯ 2024: ޓެކްނޮލޮޖީގެ އިންގިލާބީ އަޖައިބެއް!

އަޙްމަދު ދާއޫދު 03 ޖުލައި 2024

ފުޓްބޯޅައަށް ލޯބިކުރައްވާ ފަރާތަކުން ޔޫއެފާ ޔޫރޯ 2024ގެ ފޯރިގަދަ މެޗްތައް ބައްލަވަމުން ދާއިރު، މި މުބާރާތް އިންތިޒާމްކުރާ މައި އިދާރާ ފީފާއިން ވައުދުވަނީ ހަމައެކަނި ފޯރިގަދަ މެޗުތަކެއް ގެނެސްދިނުމުގެ އިތުރުން ކުޅުންތެރިންނާއި އޮފިޝަލުންނާއި ބެލުންތެރިންނަށް ވެސް އިތުރު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ އެންމެ ޒަމާނީ ޓެކްނޮލޮޖީތައް ދައްކާލުމަށެވެ.

މި މުބާރާތް ވިލަރެސް ކޮށްފައިވަނީ، ފެއާ ޕްލޭ ކަށަވަރުކޮށްދޭ ޒަމާނީ ވީއޭއާރު ސިސްޓަމްތަކުން ފެށިގެން ސަޕޯޓަރުންނަށް ހިތްގައިމު، މުހިންމު އަދި ޙަޤީޤީ ތަޖުރިބާތަކާ ހަމައަށް، އުފެއްދުންތެރި އިންގިލާބީ ޓެކްނޮލޮޖީތައް އިންޓަގްރޭޓްކޮށް ރީތި ގޭމެއް ބެލުންތެރިންނަށް ފޯރުކޮށްދިނުމަށް އަމާޒު ހިފައިގެންނެވެ.

މި އުފެއްދުންތެރި އާ ޓެކްނޮލޮޖީތަކުގެ ސަބަބުން ކުޅުންތެރިންނަށް އެމީހުންގެ ހުނަރާއި، ޕާފޯމަންސް އެނަލިޓިކްސް އާއި އަނިޔާއިން ރައްކާތެރިވުމަށް ބޭނުންކުރާ ވަސީލަތްތަކުގެ ފައިދާ ލިބޭއިރު، އޮފިޝަލުންނަށް އެމީހުންގެ ނިންމުންތައް ނިންމުމަށް އިތުރު ސީދާ އެހީތެރިކަން ލިބިގެންދާނެއެވެ. ދަނޑުތަކުގައި ވިޔަސް ނުވަތަ ގޭގައި ހުރެގެން ވިޔަސް ބެލުންތެރިންނަށް އިންޓަރެކްޓިވް އެޕްތަކާއި ރިއަލް ޓައިމް ޑޭޓާއާއި ބެލުންތެރިންގެ ތަޖުރިބާތައް އިތުރުކޮށްގެން މީގެ ކުރިން ނުފެންނަ ފެންވަރުގެ އެންގޭޖްމަންޓެއް ވެސް މިމުބާރާތުގައި ދަނީ ލިބެމުންނެވެ.

ޓެކްނޮލޮޖީގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅައަށް އަންނަމުންދާ އީޖާދީ ރީތި ބަދަލުތަކާއި ހިތްގައިމު މަންޒަރުތައް، ޔޫއެފާ ޔޫރޯ 2024 ގެ މެޗްތަކުން ތަޖްރިބާކުރެވެމުންދާއިރު، މި މުބާރާތް މިހާ ފުރިހަމަކޮށްދޭ އުފެއްދުންތެރި ޓެކްނޮލޮޖީތަކަށް ބަލާލަމާ ހިންގަވާށެވެ.

ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)

ވީއޭއާރް އަކީ ފުޓްބޯޅައިގެ ބޮޑެތި މުބާރާތްތަކުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ސިސްޓަމެކެވެ. ޔޫރޯ 2024 ގައި ކޮންމެ މެޗެއްގައި މެއިން ވީއޭއާރް އަކާއި ދެ އެސިސްޓެންޓް ވީއޭއާރުގެ އިތުރުން ތިން ވީޑިއޯ އޮޕަރޭޓަރުން ހިމެނޭ ވީއޭއާރް ޓީމެއް ފެނިގެންދާނެ އެވެ. ލައިޕްޒިގްގެ އިންޓަނޭޝަނަލް ބްރޯޑްކާސްޓް ސެންޓަރުގައި ހުންނަ ފުޓްބޯލް ޓެކްނޮލޮޖީސް ހަބް (އެފްޓެކް ހަބް) ގައި ހުންނަ ހަތަރު ވީޑިއޯ އޮޕަރޭޝަން ރޫމުން އެ މީހުން އޮޕަރޭޓް ކުރާނެއެވެ.

ވީއޭއާރް ޓީމުން ފޯކަސް ކުރާނީ މެޗުގެ ހަތަރު ހާލަތަކަށެވެ.

1. ގޯލްސް

2. ޕެނަލްޓީ އޭރިއާގައި ހިނގި ހާދިސާތައް

3. ރަތް ކާޑު

4. އޮޅުވާލައިގެން އައިޑެންޓިޓީ

އެމީހުންގެ އަމާޒަކީ ހަމައެކަނި ސާފު އަދި ފާޅުކަން ބޮޑު ގޯސްތަކަށް ނުފޫޒު ފޯރުވައި، ކުޅިވަރުގެ ފްލޯއަށް ބުރޫނާރާ ގޮތަށް އިންސާފުވެރި ކުޅުމެއް ކަށަވަރުކުރުމެވެ.

ކަނެކްޓެޑް ބޯލް ޓެކްނޮލޮޖީ

އޮފިޝަލް ބޯޅައިގައި ޓެކްނޮލޮޖީ ހިމަނާފައިވަނީ މެޗު އޮފިޝަލުންނަށް އަވަސް ނިންމުންތަކެއް ނިންމުމަށް އެހީތެރިވެދޭނެ ގޮތަށް-- ފޮޓޯ: ގެޓީއިމޭޖް

ޔޫރޯގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޮފިޝަލް މެޗް ބޯލްގައި އެޑިޑާސް ކަނެކްޓެޑް ބޯލް ޓެކްނޮލޮޖީ ފެނިގެންދާނެ އެވެ. މި އިނޮވޭޝަންގެ ސަބަބުން ރިއަލް ޓައިމްގައި ވީޑިއޯ މެޗް އޮފިޝަލުންނަށް ސީދާ ބޯލް ޑޭޓާ ފޮނުވައި، އަވަސް ނިންމުންތައް ނިންމުމަށް އެހީތެރިވެދީ، ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ (އެސްއޭއޯޓީ) އިތުރުކޮށްދެ އެވެ.

ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ (އެސްއޭއޯޓީ)

އެސްއޭއޯޓީއިން 10 ސްޕެޝަލައިޒްޑް ކެމެރާ ބޭނުންކޮށްގެން ކޮންމެ ކުޅުންތެރިއަކަށް 29 ބޮޑީ ޕޮއިންޓް ޓްރެކްކޮށް، އަވަސް އަދި ސައްހަ އޮފްސައިޑް ޑިޒައިނޭޝަންތަކަށް މަގުފަހިކޮށްދެ އެވެ. ކަނެކްޓެޑް ބޯލް ޓެކްނޮލޮޖީއާ އެކު އިންޓަގްރޭޓްކޮށްފައިވާ އެސްއޭއޯޓީ އިން އޮފްސައިޑް ހާލަތްތަކުގައި ބޯޅަ ކޮންޓެކްޓްވާ ސީދާ ވަގުތު ދެނެގަނެވިދާނެ އެވެ.

ގޯލް ލައިން ޓެކްނޮލޮޖީ (ޖީއެލްޓީ)

މީގެ ކުރިން ކުޅުނު މުބާރާތްތަކުން ވެސް ޖީއެލްޓީ ބޭނުން ކުރަމުން އަންނަ އިރު، ޔޫރޯ 2024 ގެ ހުރިހާ ދަނޑެއްގައި ވެސް ޖީއެލްޓީ ވަނީ ހަރުކޮށްފައެވެ. މި ސިސްޓަމްގައި ކޮންމެ ގޯލަކަށް ހަތް ކެމެރާ ބޭނުންކޮށްގެން ގޯލް އޭރިއާ ތެރޭގައި ބޯޅަ ޓްރެކްކޮށް، ގޯލެއް ޖެހިނަމަ ވަގުތުން މެޗު އޮފިޝަލުންނަށް ގަޑި މެދުވެރިކޮށް އަންގައެވެ.

ދަ ފުޓްބޯލް ޓެކްނޮލޮޖީސް ހަބް

ޓެކްނޮލޮޖީގެ މި ކުރިއެރުންތަކުގެ މައިގަނޑު އަސާސަކީ ލައިޕްޒިގްގެ އެފްޓެކް ހަބެވެ. މި ސެންޓްރަލައިޒްޑް ލޮކޭޝަންގައި ވީޑިއޯ އޮޕަރޭޝަންސް ރޫމްތައް ހުންނައިރު ޔޫރޯ 2024 ގައި ޓެކްނޮލޮޖީގެ ހުރިހާ އޮޕަރޭޝަނެއްގެ ކޮމާންޑް ސެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރެ އެވެ.

އޮޕްޓިކަލް ކެމެރާ އާއި ބޯލް ސެންސަރު ފަދަ އެކި ވަސީލަތްތަކުން ޑޭޓާ އެއްކޮށް ޕްރޮސެސްކޮށް، ހުރިހާ މައުލޫމާތަކީ ކޮލިޓީ ކޮންޓްރޯލްކޮށް، ރިއަލް ޓައިމްގައި އެކަށީގެންވާ އެޕްލިކޭޝަންތަކަށް ބެހިފައިވާ މައުލޫމާތެއްކަން ކަށަވަރު ކޮށްދެ އެވެ.

މި ޒަމާނީ ޓެކްނޮލޮޖީތަކާއެކު ޔުއެފާ ޔޫރޯ 2024 އިން ވައުދުވަނީ ކުޅިވަރު ޓެކްނޮލޮޖީގެ އެންމެ ފަހުގެ އުފެއްދުންތަކާއެކު ޔޫރަޕްގެ ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުން ދައްކުވައިދޭ ހިތްގައިމު އަދި އިންސާފުވެރި މުބާރާތެއް ބެލުންތެރިކަން ފޯރުކޮށްދިނުމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.