Download Logo
Copy Logo

ފޮޓޯ: ޑިޒްނީ

އެޕިކް ގޭމްސްއާއި ޑިސްނީގެ ޕާޓަނަރޝިޕުން ފޯޓްނައިޓަށް އައު ދިރުމެއް

އަޝްނާ ރަޝީދު 03 ސެޕްޓެމްބަރު 2024

ފޯޓްނައިޓަކީ ދުނިޔޭގެ އެންމެ ކާމިޔާބު އަދި މަޤުބޫލު އެއް ގޭމެކެވެ. އެޕިކް ގޭމްސްއިން ނެރެފައިވާ މި ވީޑިޔޯ ގޭމަކީ އެކި މޯޑުތަކަށް އޮޕޮރޭޓްކުރާ ގޭމެކެވެ. އެކި މުނާސަބާތަކާއި އެކި ކަންކަމާއި ގުޅިގެން އެކި އައު ބާވަތްތައް އަބަދު މި ގޭމުގައި ތައާރަފުކުރަމުން ދާއިރު، ފަހަކަށް އައިސް ތައާރަފުކުރެވުނު ގިނަ ގޭމްތަކާއި އަޕްޑޭޓްތައް ނާކާމިޔާބު ވެފައިވެއެވެ. މިކަމަށް ރައްދުގައި އެޕިކް ގޭމްސް ވޯލްޓް ޑިޒްނީ ކޮމްޕެނީއާ އެކު މަސައްކަތްކުރަން ފަށާފިއެވެ.

ފާއިތުވި މަސްތަކުގައި އެޕިކް ގޭމްސުން ދިމާވަމުންދާ މައްސަލަތަކާއި ކުރިމަތި ލާފައިވެއެވެ. މިގޮތުން ބައެއް އަޕްޑޭޓްތަކާއި އައު ގޭމް މޯޑްތަކަށް ލިބޭ ޝައުގުވެރިކަން ކުޑަވެފައިވެއެވެ. އަދި މި ގޭމާއި ގިނައިރަކު އެންގޭޖްވާ ކުޅުންތެރިން މަދުވަމުން އެބަދެއެވެ. މިފަދަކަންކަމާއި ވިދިގެން މި ކުންފުނިން ހަރަދު ކުޑަކުރުމަށް 1،000 އަށް ވުރެ ގިނަ ވަޒީފާ ކަނޑާލާފައެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި އެޕް ގޭމްސް ޑިސްނީއާއި ގުޅިގެން އައު ތަޖުރިބާތަކެއް އެބަ ތައާރަފުކުރެއެވެ.

ޑިސްނީ ކެރެކްޓާސް އެކުލެވޭ އެކްސްޓްރެކްޝަން ޝޫޓާރ ގޭމް

ޑިސްނީއާއި ގުޅިގެން ފޯޓްނައިޓުން ނެރެން އިއުލާނުކޮށްފައިވާ އެކްސްޓްރެކްޝަން ޝޫޓިން ގޭމަކީ އެމްބާކް ސްޓޫޑިއޯޒްގެ އާރޗް ރެއިޑާސްއާއި ދާދި ވައްތަރުކޮށް ފަރުމާކޮށްފައިވާ ގޭމެއްކަމަށް ބައެއްފަރާތްތަކުން ލީކްކޮށްފައިވެއެވެ. މިޔަކީ މީގެ ކުރިން ޑިސްނީއިން ފޯޓްނައިޓަށް 2024ގައި ކޮށްފައިވާ 1.5$ ބިލިއަމުގެ އިނވެސްޓްމަންޓުގެ ދަށުން ނެރޭއެއް ގޭމުކަމަށް ހާމަކޮށްފައިވެއެވެ. މި ގޭމް ނޮވެމްބަރު 2026ގައި ނެރެން ހަމަޖެހިފައިވާކަމަށް ޙަބަރު ލިބިފައިވެއެވެ. މިވަގުތު ގޭމް އެތެރޭގައި ޓެސްޓުކުރަމުންދާ ފަރާތްތަކުން މި ގޭމަކީ މިވަގުތު އެހާ އޮރިޖިނަލް ގޭމެއް ނޫންކަމަށް ފާހަގަކޮށްލާފައިވާއިތު، މުސްތަޤުބަލުގައި މި ގޭމް ނެރުމުގެ ކުރިން މާ ފުރިހަމަވާނެކަމަށް ބުނެފައިވެއެވެ.

މީގެސަބަބުުން ޖެން ޒީ ގެ ފިރިހެން ކުޅުންތެރިންގެ ޝައުގުވެރިކަން މި ގޭމަށް އަނެއްކާވެސް ހޯދޭނެކަމަށް މި ކުންފުނި އުންމީދުކުރާކަމަށް ބުނެފައިވެއެވެ.

ސްޓާވޯސްގެ ކޮންޓެންޓް އެކުލެވޭގޮތައް ގޭމް ހެދޭ އުކުޅުތައް

ހަމައެއާއެކު އެޕިކް ގޭމްސާއި ޑިޒްނީ އިން ދަނީ ސްޓާ ވޯސްގެ ކޮންޓެންޓް ބޭނުންކޮށްގެން ކުޅުންތެރިންނަށް އަމިއްލައަށް ގޭމްތައް އުފެއްދުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ގޮތުން، ފޯޓްނައިޓްގެ އަންރިއަލް އެޑިޓަރ (UEFN) މެދުވެރިކޮށް ޑެވެލޮޕަރުންނަށް ސްޓާ ވޯސްގެ ކޮންޓެންޓް ބޭނުންކޮށްގެން ގޭމުތައް ހެދޭނެއެވެ. މިގޮތުން ގޭމް ހެދުމަށް ބޭނުންކުރެވޭނެ 230 އަޑާއި، މަާހައުލާއި ކެރެކްޓަރާއި އެހެނިހެން ގޭމް އެސެޓުތައް މި ޓޫލްކިޓުގައި ހިމެނިފައިވެއެވެ. މީގެން އުފައްދާ ގޭމްތައް ޕަބްލިޝްކުރުމަށްޓަކައި ޑެވެލޮޕަރުން ފޯޓްނައިޓް ޑެވެލޮޕަރ ޕްރޮގްރާމުގައި ބައިވެރިވާންޖެހެއެވެ.

ތީމްޕާކުތަކާއި ގޭމިންގ

ފޯޓްނައިޓްގެ ތެރޭގައި ވާޗުއަލް ޑިޒްނީލޭންޑް ސްޓައިލްގެ ތަޖުރިބާތައް އިންޓަގްރޭޓް ކުރުމުގެ ޕްލޭންތައް ޑިސްނީއިން އިއުލާނުކޮށްފައިވެއެވެ. މިގޮތުން ކުޅުންތެރިންނަށް ޑިޒްނީ ދުނިޔެތަކާ އޮންލައިންކޮށް މުއާމަލާތްކޮށް، އެ ތަޖުރިބާތައް ޕާކުގައި ފިޒިކަލް އެޓްރެކްޝަންތަކުގައި ބޭނުންކުރެވޭނެކަމަށް އެ ކުންފުނި އިއުލާނުކޮށްފައިވެއެވެ. މީގެ އިތުރުން ޑިޒްނީލޭންޑް އަބޫދާބީ ފަރުމާކުރަމުންދަނީ މި ތަޖުރިބާތައް އެއްކޮށްލައިގެން، ވާޗުއަލް އަދި ފިޒިކަލް ދުނިޔެތައް އިންޓަގްރޭޓްކޮށްގެންނެވެ.

ޑިސްނީއިން ފޯޓްނައިޓަށް ކޮށްފައިވާ މި އިންވެސްޓްމަންޓްތަކުގެ ސަބަބުން މި ގޭމަށް އައު ދިރުމެއް ގެނެސްދެވޭނެކަމަށް މި ދެ ކުންފުނި އުންމީދުކޮށްފައިވެއެވެ.

ސ

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.