ޒަމާނުއްސުރެ އިންސާނުންގެ ހިޔާލުތަކުގައި ސައިންސް ފިކްޝަންެ އެކިއެކި ވާހަކަތަކުގައި އިންސާނުން ކަނޑުއަޑީގައި އުޅުމާއި މެދު ވިސްނާފައިވެއެވެ. '20،000 ލީގްސް އަންޑަރ ދަ ސީ' އަދި 'އަވަޓަރ: ދަ ވޭ އޮފް ވޯޓަރ' އަދި ހިޔާލީ ކަނޑުއަޑީީގެ ސިޓީ އެޓްލާންޓިސް ފަދަ ވާހަކަތަކަކީ ކަނޑުއަޑީގެ ދިރިއުޅުން ދައްކައިދީފައިވާ ބައެއް މިސާލުތަކެކެވެ. މިފަދަ އަޖައިބުތަަކަކީ އިންސާނުންގެ ހިޔާލުތަކާއި ފިކުރުތައް ހިފަހައްޓުވާފައިވާ ކަމަކަށްވީއިރު، އިނގިރޭސިވިލާތުގު ކުންފުންޔަކުން މިކަން ހަޤީގަތަކަށް ހެދުމުގެ މަސައްކަތް ފަށާފިއެވެ. އިނގިރޭސިވިލާތުގު "ޑީޕް" ކިޔާ ސްޓާޓްއަޕަކުން މިކަން ހަގީގަތަކަށް ހެދުމަށްޓަކައި 'ސެންޓިނެލް' ކިޔާ ކަނޑުއަޑީގެ ދިރިއުޅުމުގެ ގޮށްޓެއް ހެދުމުގެ ފިޔަވަޅުތައް އަޅަންފަށާފިއެވެ. މި ޕްރޮޖެކްޓް ކާމިޔާބު ވެއްޖެނަމަ ވެގެންދާނީ 1980 ގެ އަހަރުތަކުގައި ބިނާކުރި އެކްވަރިއަސް ރީފް ބޭސްއަށް ފަހު ކަނޑުއަޑީގައި ގިނަދުވަހު އުޅުމަށއެޅުނު އެންމެ ބޮޑު ކުރިއެރުމަށެވެ.
2027 ވަނަ އަހަރު ތައާރަފްކުރަން ހަމަޖެހިފައިވާ ސެންޓިނެލްއަކީ ބިމުގެ 200 މީޓަރު ތިރީއާއި ހަމަޔަށް 28 ދުވަހުގެ މުއްދަތާއި ހަމަޔަށް ދެމިގެންދާ ކަނޑުއަޑިީގެ މިޝަންތަކަށް ދިރިއުޅުން ސަޕޯޓް ކުރުމަށް ފަރުމާކޮށްފައިވާ، މޮޑިއުލާ، ޕްރެޝަރައިޒްޑް ހެބިޓޭޓް ސިސްޓަމެކެވެ. މިޔަކީ މި 2025 ވަނަ އަހަރުގެ ކުރީކޮޅު ވޭލްސް އާއި އިނގިރޭސިވިލާތުގެ ބޯޑަރުގައި ޓެސްޓްކުރަން ހަމަޖެހިފައިވާ ތިން މީހުންގެ ކުޑަ ހެބިޓޭޓެއް ކަމަށްވާ ޑީއީޕީގެ 'ވެންގާޑް' ޕްރޮޓޯޓައިޕަށް ބިނާކޮށްފައި ހަދަން ނިންމާފައިވާ ތަނެކެވެ.
ސެންޓިނެލް ޑިޒައިންކޮށްފައިވަނީ އެކި ބޭނުންތަކަށް ހާއްސަކޮށްފައިވާ ގުޅިފައިވާ ޕޮޑްތަކެއްގެ މައްޗަށެވެ. ދިރިއުޅުމަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ކޮޓަރިތަކާއި ފާޚާނާ ހިމެނޭއިރު، ސައިންޓިފިކް ޕޮޑްތަކުގައި ކަނޑުއަޑީގެ ދިރުމާއިބެހޭ އިލްމާއި ޖެނެޓިކް އެނަލިސިސްއަށް ބޭނުންވާ ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ ވެޓް ލެބްތައް ހުންނާނެއެވެ. މީގެއިތުރުންވަކިން ސަބްމަރސިބަލްތައް ބަނދަރުކުރެވޭ އަދި ޑިކޮމްޕްރެޝަނާއި ނުލައި މީހުންނަށް ޒިޔާރަތްކުރުވޭގޮތައް ހަދާފައިވާ ހާއްސަ ޕްރެޝަރ-ރެގިއުލޭޓެޑް ސަރަހައްދެއް މި ހެބިޓެޓްގައި ހިމެނޭނެއެވެ.
ޑީއީޕީގެ ހިއުމަން ޑައިވަރު ޕާފޯމަންސް ލީޑް ކިރްކް ކްރެކް ހާމަކޮށްފައިވާގޮތުން މިހާރުގެ ޑައިވަރުންނަށް ދެވެނީ 150 އާއި 200 މީޓަރާށް ކަމަށް ވުމުން، އެ ފަރާތްތަކަށް ކުރެވެނީ 10 މިނެޓުގެ މަސައްކަތާއި ހަ ގަޑިއިރުގެ ޑިކޮމްޕްރެޝަންނެވެ. ސެންޓިނެލް ތައާރަފުކުރުމުގެ ސަބަބުން 7 އަހަރު ދުވަހުގެ މަސައްކަތް ކުޑަ ޑިކޮމްޕްރެޝަން ވަގުތަކާއި އެއްކޮށް 30 ދުވަހުގެ ތެރޭގައި ކުރެވޭނެކަމަށް ބުނެފައިވެއެވެ.
މިގޮތުން ކަނޑުއަޑީގައި ބޮޑެތި ޕްރެޝަރަށް ހިފެހެއްޓޭ ހެބިޓޭޓްތައް ހެދުމަށް ޑީއީޕީގެ މެނުފެކްޗަރިން ޑިވިޝަން ޑީޕް މެނުފެކްޗަރިން ލެބްސްއިން (ޑީއެމްއެލް) ދަނީ 3ޑީ ޕްރިންޓިނާއި ވެލްޑިން އެއްކޮށްލާފައި ރޮބޮޓުތައް ބޭނުންކޮށްގެން ވަޔަރ-އާކް އެޑިޓިވް މެނުފެކްޗަރިންގެ އެހީގައި މި ހެބިޓެޓްތައް ހަދަމުންނެވެ. ޑީއެމްއެލްގެ 'ކްސްބޮޓް' ޕްލެޓްފޯމްގައި ސިންކްރޮނައިޒްޑް ހަ ރޮބޮޓިކް އަތުން 6.1 މީޓަރާއި ހަމައަގެ ދިގުމިނުގެ ޕޮޑްތައް ޕްރިންޓް ކުރާއިރު، މިއިން ކޮންމެ ޕޮޑެއް ފުރާ ކްރޫ އެރުމުގެ ޖާގަވާނެއެވެ. ޕްރެށަރުގެ އިތުރުން، މިއިންކޮންމެ ޕޮޑެއް ހީލިއަމް ގިނަ މާހައުލުތަކުގެ މަތީ ތަމަލް ކޮންޑަކްޓިވިޓީގައި ދެމިހުރެވި، ހޫނުގައި އުފެދޭ މޮލްޑް ނުފެތުރޭ، އަދި ސާކިއުޓް ބޯޑަށް ގޭސްތަކުގެ ސަބަބުން ގެއްލުންނުލިބި ހުއްޓުވޭ ގޮތައް ކޮންމެ ބައެއް ވެސް ފަރުމާކުރެވޭތޯ ބަލައެވެ.
ސެންޓިނެލް ބިނާާކުރަން ރާއްވާފައިވަނީ އިނގިރޭސިވިލާތާއި ވޭލްސްގެ ދެމެދު އޮންނަ ޗެޕްސްޓޯގައި މިހާރު ޑައިވުކުރަން ބޭނުންކުރާ ކުރީގެ ކުއަރީއެއްގައެވެ. މިފަދަ ބޮޑު މަޝްރޫއަކަށް ފުދޭވަރެއްގެ އިންވެސްޓްމަންޓް ބޭނުންވާއިރު، މިހާރު 100£ މިލިޔަނަށްވުރެ ބޮޑު އަދަދެއް އެމެރިކާގެ ބިލިޔަނަރެއް މިކަމަށް ހަރަދުކޮށްފައިވާކަމަށް ބުނެވެއެވެ. މި މަޝްރޫ ކާމިޔާބު ވެއްޖެނަމަ ކަނޑު އަޑީގައި ދިރިއުޅުން މާ ދުރުތަނެއް ނުވާނެއެވެ. ޑީއީޕީގެ ހިއުމަން ޑައިވަރު ޕާފޯމަންސް ލީޑް ކިރްކް ކްރެކް ބުނާ ގޮތުން، އެމީހުންގެ އުންމީދަކީ 2030 ވަނަ އަހަރު ވާންވާއިރަށް ކަނޑުގައި ދާއިމަށ އިންސާނުން ދިރިއުޅެވޭ ގޮތައް ހެދުމެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.