އިންޓަނެޓްގެ އާ ޓްރެންޑެއްގެ ސަބަބުން އިންސާނުންނާއި މެޝިންތަކާއި ނުވަތަ އޭއައި ދެމެދު އޮތް ފަރަގު ހަނިކޮށް ދެނަގަތުމުގައި އިތުރަށް އުންދަގޫ ކުރިމަތިވެއްޖެއެވެ. މި ޓްރެންޑް ގައި މުނިފޫހިފިލުވުމާއި ސަމާސާކުރުމުގެ ގޮތުން އޭއައި ޗެޓްބޮޓްތަކެއް ކަމަށް މީހުން ހެދިގެން އުޅެއެވެ. މިޓްރެންޑްގެ ފަހަތުގައިވަނީ "ޔުއަރ އޭއައި ސްލޮޕް ބޯރސް މީ" ނަމަކަށް ކިޔާ ވައިރަލް ވެބްސައިޓެކެވެ. މި ޕްލެޓްފޯމަށް ވަރަށް ބޮޑު ތަރުހީބެއް ލިބި، ދެ ހަފުތާގެ ތެރޭގައި އެތައް މިލިއަން ބަޔަކު ވަނީ މިފަދައިން ސަމާސާކޮށްފައެވެ.
މިހިދުމަތާއެކު އެންމެ ގަޔާވީ އޭއައިގެ ސިފަތަައް ނުވަތަ އަލްގޮރިދަމް ނަކަލުކުރުމަށެވެ. ޗެޓްޖީޕީޓީ ފަދަ ހަގީގީ އޭއައި ސިސްޓަމްތަކުގެ ޓޯން، ސްޕީޑް އަދި ސްޓްރަކްޗާ ނަކަލު ކުރަން ގިނަ ބަޔަކު މަސައްކަތް ކުރެ އެވެ. ނަތީޖާއަކަށްވީ ކުދިކުދި ކުރެހުންތަކާއި، އަޖައިބުކުރުވަނިވި ޖަވާބުތަކާއި، ހީނުކުރާ ކަހަލަ ޒާތީ މުޢާމަލާތްތަކެވެ. ގިނަ މީހުންނަށް މި މަޖާ ލިބެނީ "އޭއައި ވެގެން" ނެވެ.
އާޓިސްޓުންނާއި ހިދުމަތް ބޭނުންކުރި ފަރާތްތައް މި ތަޖުރިބާ ސިފަ ކުރަނީ ކްރިއޭޓިވް އަދި އިހުގެ ހަނދާންތަކާއި ގުޅިފައިވާ (ނޮސްޓަލްޖިކް) ތަޖުރިބާއެއްގެ ގޮތުގަ އެވެ. މި ޕްލެޓްފޯމްގެ ސިމްޕަލް ޑިޒައިން އަދި އިންސާނުން ބޭނުންކުރާ ޖަވާބުތަކުގެ ސަބަބުން އިންޓަނެޓްގެ ކުރީގެ ވާޝަނެއް ސިފަވެގެން ދެއެވެ.
އެންމެ އުންދަގޫ ކަމަކީ ޗެޓްބޮޓް ތަކަށް ހެދިގެން އުޅޭ ފަރާތްތަކާއި އަސްލު ފަރާތްތައް ދެނެނުގަނެވުމެވެ. ކޮމީޑިއަން ބެން ޕާމަރ ވަނީ ފޭކް އޭއައި އިންޓަފޭސްތަކެއް އުފައްދައި ހަގީގީ ސޮފްޓްވެއާތަކާ ޗެޓް ކުރާ ކަމަށް ހީކޮށް އޮޅުވާލައިފަ އެވެ. ބައެއް މީހުންނަށް އެ ސަމާސާ އަކީ މަޖާ ކަމެއް ކަމަށް ދެކޭ އިރު، އަނެއް ބަޔަކު މެޝިނެއްގެ ބަދަލުގައި އިންސާނަކާ މުއާމަލާތް ކުރާކަން އެނގުމުން ހިތްހަމަނުޖެހުނެވެ.
މި ޓްރެންޑަކީ އާޓިފިޝަލް އިންޓެލިޖެންސް ޒަމާނުގެ ޕެރަޑޮކްސްއެއް ކަމަށް ދެކެވެއެވެ. އާޓިފިޝަލް އިންޓެލިޖެންސް އިންސާނުންނާ އެއްގޮތް ވަމުން ދާއިރު، އިންސާނުން މެޝިންތަކެއް ކަމަށް ދައްކައިގެން ސަމާސާކުރުން މިވަނީ އިތުރުވެފައެވެ. ސަމާސާއަކަށް ވިޔަސް، އުފެއްދުންތެރިކަން ނުވަތަ އިހުގެ ހަނދާންތައް އާކުރުން ކަމުގައި ވިޔަސް، މި ޓްރެންޑް އިން ދައްކުވައިދިނީ އޭއައިގެ ބާރު ގަދަ ވެގެން ދިޔަ ނަމަވެސް އިންސާނުންގެ އަސަރު އަދިވެސް ވަރަށް ތަފާތެވެ.
ހެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް