ހިމާލަޔަސްގެ އިންޑިޔާ ފަޅީގައި އާ ވައްތަރެއްގެ ހެޕީ ފޭސް މަކުނު ސްޕީޝީސްއެއް ފެނިއްޖެއެވެ. ކުރިން ހަމައެކަނި ހަވައިގައި ފެންނަކަމަށް ހީކުރި ހެޕީފޭސް ސްޕައިޑަރާއި ވައްތަރު މި އައު ސްޕީޝީސް ފެނިފައި ވަނީ އިންޑިޔާގެ އުއްތަރަކުންދުގައި 2،000 މީޓަރުގެ އުސްމިނުގައެވެ. ތެރިޑިއަން ހިމާލަޔާނާގެ ނަން ދީފައިވާ މި މަކުނު ސްޕީޝީސް ހަވައިގައި ފެނިފައިވާ ތެރިޑިއަން ގްރެލެޓަރއާއި ދާދި ވައްތަރުވީއިރު މޔަކީ ތަފާތު ސްޕީޝީސްއެއްކަން ފާހަގަކޮށްލެވެއެވެ.
އިންޑިއާގެ ފޮރެސްޓް ރިސާޗް އިންސްޓިޓިއުޓާއި ރީޖަނަލް މިއުޒިއަމް އޮފް ނެޗުރަލް ހީސްޓްރީ ކުރިޔަށް ގެންދިޔަ ހިންޔާއި ދިރާސާއެއްގައި މި އައު މަކުނު ސްޕީޝީސް އޮޅިގެން ފެނުމުން ކުރިން ހަމައެކަނި ހަވައިގައި ފެނިފައިވާ ހެޕީފޭސް މަކުނާއި މެދު ދިރާސާވެރިން ހިތަންއެރިއެވެ. މިޔާއި ގުޅިގެން އެ ދިރާސާވެރިންގެ އަމާޒު މި މަކުނާއި ދިމާލަށް އަނބުރާލިއެވެ.
މިޔާއި ގުޅިގެން ދިރާސާވެރިން 61 ވަރަކަށް މަކުނު އެނަލައިޒްކޮށްލިއެވެ. މިގޮތުން މި މަކުނުތަކުގެ ޖިންސާއި، ދިރުމުގެ މަރުހަލާ ތަކާއި، ކުލަތަކާއި ޑީއެންއޭ ފަދަ ކަންތައް އިތުރަށް ތަހުގީގުކޮށްލިއެވެ. މި ތަހުގީގުގެ ހޯދުންތަކުން މި މަކުނު ހަވައިގައި ފެނުނު މަކުނުތަކާއި 8.5ކާއި 12%ގެ އެއްވައްތަރުކަމެއް ޑީއެންއޭއިން ފެނިފައި ވީނަމަވެސް، މިޔަކީ އެހާ ގާތް ވައްތަރެްއް ނޫންކަން ފާހަގަކޮށްލެވުނެވެ. އަދި މިޔަކީ އައު ސްޕީޝީސްއެއްކަން އެއްނގިގެން ދިޔައެވެ.
އެވޮލިއުޝަނަރީ ސިސްޓަމިކްސްގައި ޝާއިރުކޮށްފައިވާ މި ދިރާސާ ދައްކައި ގޮތުގައި މި ސްޕީޝީސްގެ 32 ތަފާތު ކުލަ ވޭރިއޭޝަން ނުވަތަ މޯފްތައް ފެނިފައިވެއެވެ. މި ދިރާސާގައި މަކުނު ހޯދާފައިވަނީ އުއްތަރަކަންދުގެ މައްކޫ، ތާލާ، އަދި މަންޑަލް ސަރަހައްދުތަކުންނެވެ. މި މަކުނުތައް އާންމުގޮތެއްގައި އިނގުރުގަސްތަކުގެ ތެރޭގައި ފެނިފައިވީއިރު، މި ކުލަތަކާއި މާކްތައް ހުންނަ ސަބަބެއް އެނގިފައެއް ނުވެއެވެ. ނަމަވެސް މި މަކުނުތައް އުޅެނީ މިކަހަލަ މާކިންތައް ހުންނަ ސޫފިތަކާއެކު ކަން ދިރާސާވެރިން ފާހަގަކޮށްފައިވެއެވެ. މިޔަކީ އެ މަކުނުތައް ވަލުތެރޭގައި ދިރިހުރުމަށް އެހީތެރިވެދޭ ނިޒާމެއްކަމަށް ބެލެވިގެންވެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.