ދާދިފަހުން އެމްއައިޓީގެ ދިރާސާވެރިން ކުރި ދިރާސާއެއް ދައްކައިދޭ ގޮތުގައި ގަސްތަކަށް ވާރޭގެ އަޑުއިވެއެވެ. ސައިންޓިފިކް ރިޕޯޓްސްގައި ޝާއިރުކޮށްފައިވާ މި ދިރާސާގައި ހަނޑުލުގެ އޮށްތަކަށް ވާރޭގެ އަޑު އިވި، އޭތި ހެދި ބޮޑުވުމަށް އަސަރުކުރެއެވެ. ފެނާއި ވެއްޔަށް ވާރޭ ފެންތިކިތައް ވެއްޓުމުން އޭގައި ހެއްދޭ ހަނޑޫ ގަސްތަކަށް އެކަން ދެނެގަނެވޭކަމަށް ދިރާސާވެރިން ހާމަކޮށްފައިވެއެވެ.
މި ދިރާސާ ދައްކައިދޭ ގޮތުގައި ވާރޭގެ އަޑުއިވުމުން އެއްވެސް އަޑެއް ނީވޭ ހަނޑުލުގެ އޮށްތަކާއި އަޅާބަލާއިރު އޮށްތައް 30އާއި 40% ވަރު އަވަހަށް ގަސްފަޅައެވެ. ދިރާސާވެރިން ބުނާގޮތުގައި ވާރޭގެ އަޑުއިވުމުން އޮށްތައް ޑޯމެންސީއިން ހޭލައްވާލައެވެ. އެކި ޓެސްޓުތަކުން ފާހަގަކޮށްލެވުނު ގޮތުގައި ވެއްޓޭ ވާރޭތިކިން އޮށަށް ފޯރާ އަޑު ނުވަތަ ވައިބްރޭށަންތަކުގެ ސަބަބުން ނަތީޖާޔަށް އިތުރު ބަދަލުތަކެއް ފެނިގެންދެއެވެ.
މި ދިރާސާގައި ގައިގަނޑަކަށް 8،000 ހަނޑޫގެ އޮށްތައް ތިލަ ފެން ޓައްޕުތަކެއްގައި އިނދާފައިވެއެވެ. މި ޓައްޕުތަކަށް ވާރޭވެހޭގޮތައް ފެންތިކިޖެހިއެވެ. މި ފެންތިކިތައް އޮށްތަކާއި ދުރުގައި އެކި ވަރާއި އުސްމިނުގައި ވެއްޓޭގޮތް ސިމިއުލޭޓްކުރިއެވެ. މި ދިރާސާގެ ނަތީޖާއަކަށްވެގެން ދިޔައީ ފެންތިކި ވެރުމުން އަންނަ ވައިބްރޭޝަންތަކުން ސާރފަސާއި ކައިރީގައި ހުރި އޮށްތަކަށް ދުރުގައި ނުވަތަ އެއަށްވުރެ ފުންކޮށް ހުރި އޮށްތަކަށްވުރެ އަވަހަށް ހެދެން ފެށެއެވެ. މިގުތުން ބޯކޮށް ވާރޭވެހުމުން ގަސްފަޅާލެއް 30% ބޮޑުވެގެން ދާކަން ވެސް ފާހަގަކޮށްލެވެއެވެ.
މި ގޮތުން ގަސްތައް އަޑުއިވުމަށްތަކައި ސެލްތަކުގައި ހުންނަ ސްޓެޓޮލިތްސް ކިޔާ ސްޓްރަކްޗަރުތަކެއް ބޭނުންކުރާކަމަށް ދިރާސާވެރިން ލަފާކުރެއެވެ. ސްޓެޓޮލިތްއަކީ ވަރަށް ޑެންސްކޮށް ސްޓާޗުން ފުރިފައިވާ، ގަސްތަކަށް ގްރެވިޓީ ފާހަގަކޮށް މަތިތިރި ދެނެގަތުމަށް ވެސް ބޭނުންކުރާ ސްޓްރަކްޗަރުތަކެވެ. މި ދިރާސާގައި ބަލާލުމުން ހަނޑޫ އޮށްތަކަށް ވާރޭގެ އަޑު އިވުމުން މި ސްޓެޓޮލިތްތައް އަޑުގަދަ ވާވަރަކަށް ސެލްގެ ތިރިން ބެރެއްހެން ފުމެއެވެ. މި ފުމުމުގެ ސަބަބުން ހަނޑޫ އޮށްތަކަށް ވާރޭގެ އަޑު އިހުސާސްކުރެއެވެ.
މީގެ ކުރިން އެހެން ގަސްތަކާއި އެކު ކުރި ދިރާސާތަކުގައި ގަސްތަކަށް 'އިވޭ' އަޑުގެ އަސަރު ހެދި ބޮޑުވުމަށް ކުރެއެވެ. ނަމަވެސް މި އަސަރުން ގަސްތަކަށް ވިސްނިމުގެ ޤާބިލުކަން ހުރިކަމަށް ދައްކައިދޭތޯ ޝައްކު އުފެދެއެވެ. ނަމަވެސް ގަސްތަކަށް އަޑު އިހުސާސްވެ، އެއިން އަސަރުވާކަމަށް ޝައްކެއްނެތެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.