ޗެޓްޖީޕީޓީ މިހާރު ދުނިޔޭގެ އެކި ބެކްގްރައުންޑުތަކާއި އެކި އުމުރުތަކުގެ މީހުން ތަފާތު ބޭނުންތަކަށް ބޭނުންކުރަމުންދެއެވެ. ނަމަވެސް، ޗެޓްޖީޕީޓީއާއި މި ނޫންވެސް އޭއައިތައް ބޭނުންކުރުމުން ކުޑަކުދިންނަށް ބައެއް ފަހަރު ނޭދެވޭ އަސަރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ފުރާވަރުގެ ކުދިންނާއި މި ޗެޓްބޮޓްތަކާއި އެޖެންޓްތައް އެ ކުދިންނަށް އަމިއްލައަށް މަރުވުމާއި އެފަދަ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންދޭ ފަދަ ނަސޭހަތް ދިނުމުން މީގެ ކުރިން ޗެޓްޖީޕީޓީގެ މައި ކުންފުނިގެ މައްޗަށް ދައުވާކޮށްފައިވެއެވެ. މި މައްސަލަތަކުގެ ހައްލަކަށް ޗެޓްޖީޕީޓީވަނީ ކުޑަކުދިންނަށް ހާއްސަކޮށް އައު ތަޖުރިބާއެއް ތައާރަފުކޮށްފައިވެއެވެ.
ޗެޓްޖީޕީޓީ ފޯ ޓީންސްގެ ނަންދީފައިވާ މި އައު މޮޑަލުން ކުދިންނަށް އުނގެނުމާއި، އެއްޗެހި އުފެއްދުން ފަދަ އެހެނިހެން ބޭނުންތައް ރައްކާތެރިކަމާއެކު ހިފޭނެއެވެ. އުމުރުން 13 އަހަރާއި 17 އަހަރާ ދެމެދުގެ ފުރާވަރުގެ ކުދިންނަށް ނުވަތަ ސިސްޓަމުން ލަފާކުރާ ގޮތުގައި 18 އަހަރުން ދަށުގެ ޔޫޒަރުންނަށް އޮޓޮމެޓިކުން ޗެޓްޖީޕީޓީ ފޯ ޓީންސްއަށް މިހާރު ބަދަލުކުރާނެއެވެ. މިއީ ކުދުންގެ އައްކާތެރިކަމަށްޓަކައި އަދި ކުރިން ދިމާވެފައިވޭ ފަދަ މައްސަލަތައް ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ.
މިގޮތުން "ސްޓަޑީ މޯޑް" މެދުވެރިކޮށް ކުދިންނަށް ޖަވާބު ދިނުމުގެ ބަދަލުގައި އުނގަންނައިދީ ދަސްކުރުމަށް އެހީތެރިވެދެއެވެ. މީގެން ދަރިވަރުންނަށް ސުވާލުތައް ކޮންމެ ފިޔަވަޅެއް ކިޔައިދީ ހަދާގޮތް ދަސްކޮށްދެއެވެ. އަދި ކުއިޒްތަކާއި، ލާނިން ވިޝުއަލައިޒޭޝަންތަކާއި، އަދި ހޯމްވޯކް ރިމައިންޑަރސް ފަދަ ފީޗަރުތަކުގެ އެހީގައި ކުދިންނަށް އަމިއްލަޔަށް ދަސްކުރުމަށް އެހީތެރިވެދެއެވެ.
މީގެއިތުރުން، ކުދިންނާއި ނުގުޅޭ ނުވަތަ ގެއްލުންދޭ ކޮންޓެންޓްތައް ވެސް މީގެން ނުފެންނަގޮތް ހަދާފައިވާކަމަށް އެފަރާތުން ބުނެފައިވެއެވެ. މިގޮތުން އަމިއްލައަށް ގެއްލުން ދިނުމާއި، މާރާމާރީ ފަދަ އަމަލުތަކާއި، ކެއުމުގެ ޑިސްއޯޑަރުތަކާއި، ނުރައްކާތެރި ހަރަކާތްތަކާއި، މިފަދަ އެހެނިހެން ދާއިރާތައް ހިމެނެއެވެ. ކުދިންނަށް ބޮޑެތި ނުރައްކާތެރިކަންކަން ފާހަގަ ވުމުން ބެލެނިވެރިންނަށް ގުޅިފައިވައި އެކައުންޓްތަކަށް ބައެއް ނޮޓިފިކޭޝަންތައް އަންނަގޮތްވެސް ހެދޭނެކަން ފާހަގަކޮށްލެވެއެވެ.
ކޯޑްއޭއައިއާ ގުޅިގެން އޯޕަންއޭއައި ދަރިވަރުންނާއި ޓީޗަރުންނަށް އޭއައި އެންމެ ރަނގަޅުގޮތުގައި ބޭނުންކުރެވޭ ގޮތްތައް ކިޔައިދިނުމަށް އުކުޅުތަކާއި ރިސޯސްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އެބަދެއެވެ. އެ ކުންފުނިން ބުނާ ގޮތުގައި މިހާރު ވެސް ކުދިން ދަނީ ޗެޓްޖީޕީޓީ ބޭނުންކޮށް އެކި ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސް، އެކުދިންގެ ވެށީގައި ދިމާވަމުންދާ މައްސަލަތަކައް ހައްލުތަކެއް ހޯދަމުންނެވެ. މިގޮތުން މިހާރު ތައާރަފުކުރަމުންދާ ފީޗަރުތަކުގެ އެހީގައި ކުދިންނަށް ރައްކާތެރި މާހައުލެއްގައި، އުމުރާއި ގުޅުންހުރި އަދި ބޭނުންތެރި މައުލޫމާތާއި އެހީ ލިބިގެންދާނެކަމަށް އެ ކުންފުނި އުނމީދުކުރެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.