Download Logo
Copy Logo

އެންޑްރޮއިޑް ޑިވައިސްތަކުގައި ކްރޯމްގައި ޖެމިނާއި ތައާރަފުކުރަމުން އެބަދޭ

އަޝްނާ ރަޝީދު • 20 އޯގަސްޓު 2026

އެމެރިކާގެ އެންޑްރޮއިޑް ޔޫޒަރުންނަށް މިހާރު ކްރޯމް ބްރަުޒަރުގައި ޖެމިނާއި ބޭނުންކުރެވޭނެއެވެ. މީގެސަބަބުން ފޯނުގެ ބްރައުޒަރުގައި ޔޫޒަރުންނަށް އޭއައިގެ އެހީގައި އިންޓަރނެޓުން އެއްޗެހި ހޯދާހެދުމަށް އިތުރު ލުއިތަކެއް ލިބިގެންދާނެއެވެ.

ކްރޯމްގައި ތައާރަފުކޮށްފައިވާ ޖެމިނާއި ފީޗަރތަކުން ބްރައުޒް ކުރުމަށް އިތުރު ލުއި ފަސޭހަތަކެއްދެއެވެ. ދިގު ވެބްޕޭޖްތައް ޚުލާސާކޮށް، އޭގައިވާ ކޮންޓެންޓާ ބެހޭ ގޮތުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުން ހިމެނެއެވެ. އަދި ކެލެންޑަރ އަދި ކީޕް ފަދަ ގޫގުލް އެޕްތަކާ ގުޅިގެން އެކި އެޕްތަކުގައި ބްރައުޒަރުން ނުގޮސް މައުލޫމާތު ރައްކާކުރެވޭނެއެވެ. މީގެއިތުރުން ނޭނޯ ބަނާނާ އިމޭޖް ޖެނެރޭޝަން ޓެކްނޮލޮޖީވެސް މިހާރު ބްރައުޒަރުގައި އިންޓަގްރޭޓްކޮށްފައިވެއެވެ.

އެމެރިކާގެ ގޫގުލް އޭއައި ޕްރޯ އަދި އޭއައި އަލްޓްރާ ސަބްސްކްރައިބަރުންނަށް ހާއްސަކޮށް ގޫގަލުމް "އޮޓޯ ބްރައުޒް" ކިޔާ އެޖެންޓިކް ފީޗަރެއްވެސް ލިބިގެންދެއެވެ. މީގެން ޔޫޒަރުންނަށް އޮންލައިންކޮށް އެއްޗެހި އޯޑަރުކޮށް، ތަންތަނާއި އިވެންޓުތައް ބުކް ކުރުން ފަދަ ކަންކަން ކުރެވެއެވެ. މިގޮތުން ސެންސިޓިވް ކަންކަން ކުރުމުގެ ކުރިން ޔޫޒަރުންގެ ހުއްދަ ގެމިނާއި ހޯދައެވެ.

އޮޓޯ ބްރައުޒް ފީޗަރ މަސައްކަތް ކުރަނީ އެޖެންޓިކް އޭއައި އެއްގެ ގޮތުގައެވެ. ޔޫޒަރުން ކުރަން ބޭނުންވާ ކަމެއް ބުނުމުން، ޖެމިނާއި ޕްލޭނެއް ހުށަހަޅައެވެ. ޔޫޒަރުން މި ޕްލޭން ރިވިއުކޮށް ދޭންޖެހޭ އިތުރު މައުލޫމާތު ދީ ހުއްދަ ދިނުމުން ޖެމިނައި އެ ޕްލޭނާއި އެއްގޮތައް މަސައްކަތް ފަށައެވެ. މިގޮތުން، އެކި ވެބްސައިޓް ތަކަށް ގޮސް، ކަންކަން ކޮށް، ގޫގަލް އެޕްތަކުގައިވާ މައުލޫމާތުގެ އެހީގައި ކަންކަން ހާސިލްވެވޭނެއެވެ. އަދި ފޯމްތައް ފޮނުވުމާއި ޕާސަަނަލް ޑޭޓާއާއި ގުޅުން ހުރި ކަންކަމުގައި ޔޫޒަރުންގެ ހުއްދަ ވަކިން ހޯދައެވެ. މި ފީޗަރު ކުރިން ކޮމްޕިއުޓަރުގައި ކްރޯމުން ބޭނުންކުރެވޭއިރު، މި އައު އަޕްޑޭޓާއި އެކު އެންޑްރޮއިޑް ޑިވައިސްތަކަށްވެސް ލިބިފައިވެއެވެ.

މި ކަމާ ބެހޭގޮތުން ބައެއް ފަރާތްތަކުން ސައިބަރ ސެކިއުރިޓީގެ ނަޒަރުން ކަންބޮޑުވުން ފާޅުކޮށްފައިވީ އިރު، ގޫގަލުން ބުނާގޮތުގައި މި ފީޗަރުގައި ރައްކާތެރިކަމުގެ ފިޔަވަޅުރަކެއް އަޅާފައިވެއެވެ. މިގޮތުން ގޫގުލްއިން ބުނާ ގޮތުގައި ޕްރޮމްޕްޓް އިންޖެކްޝަން ފަދަ ނުރައްކާތަކުން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅާފައިވެއެވެ. ޕްރޮމްޕްޓް އިންޖެކްޝަން އަކީ ނުރަނގަޅު ވެބްޕޭޖްގެ އިންސްޓްރަކްޝަންތަކުން އޭއައި އޭޖެންޓެއް ލައްވާ ކަންކަން ކުރުމަށް މަސައްކަތްކޮށް ކުރާ ސައިބަރ އެޓޭކްތަކެކެވެ. ގޫގަލުން މިކަމާއި ދެކޮޅަށް ރައްކާތެެރިކަމުގެ ފިޔަވަޅޫ އަޅާފައި ވީ ނަމަވެސް، މާހިރުން ޔޫޒަރުން މިފަދަ އޭޖެންޓްތައް ބޭނުންކުރުމުގައި ސަމާލުވުމަށް ގޮވާލާފައިވެއެވެ.



އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.