ސައިންސްވެރިން ދާދި ފަހުން ވަނީ ހަށިގަނޑުގެ ތެރޭގައި ރައްކާތެރިކަމާއެކު ހަޖަމްވެގެންދާނެ ކުޑަ ބެޓެރީއެއް އުފައްދާފައެވެ. މި ސެޕްޓެމްބަރު މަހުގެ 21ގައި ނޭޗަރ ކެމިކަލް އިންޖިނިއަރިންގައި ޝާއިރުކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި މި ބެޓެރީ ހަޖަމްކުރުމަށްފަހު އޫރުގެ ބަނޑުގައި ވިރިގެން، ހަށިގަނޑުގެ ތެރެއަށް ނަގައިގެން ދެއެވެ. އަދި މިކަމުގެ ތެރެއިން ހަށިގަނޑަށް ނުރައްކާތެރި އެއްވެސް މާއްދާއެއް ހެދިގެން ނުދާކަމަށް ދިރާސާވެރިން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މި އައު ބެޓަރީގެ ސަބަބުން އިތުރު ހަކަތަ ރައްކާ ކުރާ ނިޒާމެއް ބޭނުންވާ ސެންސަރުތަކާއި ބޭސް ޑެލިވަރީ ސިސްޓަމްތައް ފަދަ ބަޔޯމެޑިކަލް ޑިވައިސްތަކަށް ތިމާވެއްޓާ ރައްޓެހި އަދި ބަލި މީހުންނަށް ރައްކާތެރި ހަކަތަ ދޭ ސޯސެއް ލިބިގެންދެއެވެ.
މި ދިރާސާގައި 1.84Vގެ ބެޓެރީ ތަފާތު ދެ އެޕްލިކޭޝަނެއްގައި ޓެސްޓްކޮށްފައިވެއެވެ. އެއީ ހަށިގަނޑުގެ ތެރެއިން ސިގަނަލް ފޮނުވާ RFID ޓެގްއާއި ބަނޑުހައިހޫނުކަން އުފެއްދުމަށް ބޭނުންވާ ހޯމޯން އުފެއްދުމަށް އިލެކްޓްރިކް ސިގްނަލް ފޮނުވައިދޭ (GES) ޑިވައިސްއެކެވެ. މި ދެ އެޕްލިކޭޝަންގައި ވެސްމި ބެޓަރީ ފަރުމާކޮށްފައި ވަނީ ގެސްޓްރޯއިންޓަސްޓިނަލް ޓްރެގައި ބޭނުންވާ މުއްދަތު ފަހަނައަޅައި ދިޔުމުން ވިރިގެން، ހަޖަމްވެގެންދާ ގޮތަށެވެ.
ހަށިގަނޑުގެ ތެރޭގައި ފަޅައިގެން ދިއުމުން ގެއްލުން ނުދޭ މެޓީރިއަލްތައް ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. މިކަން ވެގެންދަނީ ދިރުވާލެވޭ މެޑިކަލް ޑިވައިސްތައް އުފެއްދުމަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެލްކަލައިން އަދި ލިތިއަމް-އަޔަން ބެޓެރީ ފަދަ އާންމުކޮށް ބޭނުންކޮށް އުޅޭ ބެޓެރީތަކީ ހަޖަމްކުރުމުން ވިހަ މާއްދާތައް ލީކުކޮށް، އެސިޑްގެ ސަބަބުން އެތެރެ އަނދާ މާއްދާތައް ނެރޭ ތަކެއްޗެވެ.
މިކަމުގެ ހައްލަކަށް ދިރާސާވެރިން އުފައްދާފައިވަނީ ހަށިގަނޑަށް ކުޑަ މިންވަރަކުން ބޭނުންވާ ޓްރޭސް މާއްދާތައް އެކުލެވިގެން ބެޓަރީއެކެވެ. މެގްނީޒިއަމް–މޮލިބްޑީނަމް ޓްރައިއޮކްސައިޑް ބޭނުންކޮށްގެން ހަދާފައިވާ މި ކަރުދާސްކަހަލަ ބެޓެރީ ޕްލެޓްފޯމް ހަށިގަނޑުގެ ތެރޭގައި ހަޖަމްވުމުން އެބްސޯބްވެ، ބޭނުން ނުވާ ބައިތައް ހަށިގަނޑުގެ ބޭރަށް އެކްސްކްރީޓް ކުރެއެވެ.
މި ބެޓަރީގެ އިންސްޕިރޭޝަން ކަމަށް ބައެއް މެޓަލުގެ ބޭރުގައި ބޭނުންކުރެވޭ ރައިސް-ޕޭޕަރ ރެޕަރެއް މި ދިރާސާގެ ކޯ-އޯތަރ ކަމަށްވާ އެމްއައިޓީގެ މެކޭނިކަލް އިންޖިނިއަރެއް އަދިބްރިގަމް އެންޑް ވިމެންސް ހޮސްޕިޓަލުގެ ގޭސްޓްރޯއެންޓަރޮލޮޖިސްޓެއް ޖިއޮވާނީ ޓްރެވަރސޯ ބުނެފައިވެއެވެ. މީގެ ސަބަބުން ހަޖަމްކުރުމަށް ރައްކާތެރި، ތިމާވަށްޓާއި ރަހުމަތްތެރި މި ބެޓަރީ އީޖާދުވެގެން ދިޔައެވެ.
މި ބެޓަރީ ހެދުމުގައި ސާކިއުޓް ބޯޑް ފިޔަވައި އެހެން ހުރިހާ ތަކައްޗަކީ ގޭސްޓްރޯއިންޓެސްޓިނަލް ޓްރެކް ތެރޭގައި ރައްކާތެރިކަމާއެކު ހަޖަމްވެ، އެބްސޯބްކުރެވިގެންދާ ރަކެއްޗެވެ. މި ބެޓަރީގެ އެހީގައި ދެ އަހަރު ފަހުން ކްލިނިކަލް ޓްރައިލްތަކައް ދާން ރާވާފައިވާ މި ލެބްގެ ސަފާރީ، ކިޔާ RFID ސިސްޓަމްއަށް އިތުރު ބާރެއް ލިބިގެން ދާނެކަމަށް ލަފާކުރެވެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.