Download Logo
Copy Logo

ވާހަކަދައްކާ އިޝާރާތްކުރުމަށް އެހީތެރިވެދޭ އައު ސިކުނޑީގެ އިމްޕްލާންޓެއް

އަޝްނާ ރަޝީދު • 30 ސެޕްޓެމްބަރު 2026

ސައިންސްވެރިން ވަނީ ވަރަށް ބޮޑަށް ޕެރެލައިޒްވެފައިވާ މީހުންނަށް މުއާމަލާތްކުރެމަށް އެހީތެރިވެދޭ ސިކުނޑީގެ އިންޕްލާންޓެއް އުފައްދާފައެވެ. މި ނިޒާމުގެ ސަބަބުން ވާހަކަ ދިރާސާގެ ބައިވެރިން ބުނަން ބޭނުންވާ ވާހަކަތަކާއި ކުރަން ބޭނުންވާ ހަރަކާތްތައް ސިކުނޑީގެ ސިގްނަލްތަކުން ޑިކޯޑްކޮށް، ވާރޗުއަލް އެވަޓަރަކުން ދައްކައިދެއެވެ. މިގޮތުން އަތް ހޫރުވުމާއި ބޯޖެހުން ފަދަ ކަންކަން މި އެވަޓާރަށް ކުރެވެއެވެ.

ޔުނިވާސިޓީ އޮފް ކެލިފޯނިއާ، ސެން ފްރެންސިސްކޯގެ ދިރާސާވެރިން މިއާއި ވިދިގެން ވަރަށް ބޮޑަށް ޕެރެލައިޒްވެފައިވާ މީހުންގެ ސިކުނޑީގައި 253 ކުދިކުދި އިލެކްޓްރޯޑް ޖަހާފައި ސިކުނޑީގެ ހަރަކާތްތައް ރެކޯޑް ކޮށްފައިވެއެވެ. މި ސިގްނަލްތަކުުން ބުނަން ބޭނުންވާ އެއްޗެއް، ނުވަތަ ކުރަން ބޭނުންވާ ހަރަކާތެެއް ރެކޯޑްކޮށް، އާޓިފިޝަލް އިންޓެލިޖަންސް މެދުވެރިކޮށް ދެނެގަނެއެވެ.

ދިރާސާވެރިންނަށް ފާހަގަކުރެވުނުގޮތުގައި ވާހަކަދެއްކުމާއި މުއާމަލާތްކުރުމަށް ބޭނުންކުރާ ހަރަކާތްތަކާއި ބެހޭ ސިގްނަލްތައް ސިކުނޑީގައި ހިނގާ ބައެއް ސަރަހައްދުތައް ކުރި ފަރާތްތަކުން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި ވާހަކަ ދެއްކުމާއި އިޝާރާތް ކުރުމުގައި ސިކުނޑީގެ ބައެއް އެއްކޮށް ޖެހިފައިވާ ސަރަހައްދުތަކަކީ އެކައްޗެކެވެ. މިކަމުގެ ސަބަބުން މި ސިސްޓަމް ތަމްރީނު ކުރުމުގައި މި ދެބައި އެއްކޮށް ޓްރެއިންކުރުމުން ލިބޭ ނަތީޖާ ރަނގަޅުކަމަށް ދިރާސާވެރިން ފާހަގަކުރެވުނެވެ.

މި ދިރާސާ ފެށުނުއިރުގައި ތިން ބައިވެރިން ހިމެނިފައިވެއެވެ. މިގޮތުން ދެ ބައިވެރިންނަށް ސްޓްރޯކް ޖެހިފައިވީއިރު، އެއް ބައިވެރިއަށް އެމިއޮޓްރޮފިކް ލެޓަރަލް ސްކްލޮރޯސިސް، ނުވަތަ އޭއެލްއެސް ޖެހިފައިވެއެވެ. ފަހުން ސްޓްރޯކް ޖެހިފައިވާ އެއް ބައިވެރިޔަކު މި ދިރާސާއިން ވަކިވެގެން ދިޔައެވެ. މިގޮތުން އޭއެލްއެސް ޖެހިފައިވާ ބައިވެރިޔާ 10 ހަރަކާތާއި 10 ބަސް ނުވަތަ ލަފަޒުގެ އެކި ކޮމްބިނޭޝަންތަކެއް ބޭނުންކޮށްގެން ކޮމްޕިއުޓަރު މޮޑަލްތައް ޓްރެއިންކޮށްފައިވެއެވެ. އަދި ސްޓްރޯކް ޖެހިފައިވާ ބައިވެރިޔާ 4 ހަރަކާތާއި 5 ބަސް ނުވަތަ ލަފަޒު ޓްރެއިންކޮށްފައިވެއެވެ. އެއަށްފަހު ކޮންމެ ބައިވެރިއެއްވެސް މި ސިސްޓަމް މެދުވެރިކޮށް އެވަޓާކޮންޓްރޯލްކޮށްފައިވެއެވެ. މި ދެ ބައިވެރިންވެސް ކޮންމެސްވަރަކަށް މި އެވަޓާ ކޮންޓްރޯލް ކުރެވުނު ކަމުގައިވިޔަސް، މި އެކްސްޕެރިމަންޓް އެއްވަރަކަށް ކާމިޔާބުވެފައެއް ނުވެއެވެ.

އޭއެލްއެސް ޖެހިފައިވާ ބައިވެރިޔާ ދެއްކަން ބޭނުންވާ ވާހަކައާއި އިޝާރާތްތައް ބެލެވިފައިވާ ތިންފަހަރު ވެސް %100 ރަނގަޅަށް ފާހަގަކޮށްފައިވެއެވެ. އަދި ސްޓްރޯކްވާހަކައާއި އިޝާރާތްތައް ބެލެވިފައިވާ ތިންފަހަރު ވެސް %100 ރަނގަޅަށް ފާހަގަކޮށްފައިވެއެވެ. ނަތީޖާގައި ފާހަގަކުރެވުނު ތަފާތުގެ ސަބަބެއްކަމަށް ޕެރަލިސިސް ދިމާވުމަށް މެދުވެރިވީ ސަބަބުގެ ތަފާތުތަކަށް ކަމަށް ދިރާސާވެރިން ލަފާކޮށްފައިވެއެވެ.

މި ދިރާސާގެ އެހީގައި ޕެރަލައިޒް ވެފައިވާ މީހުން އިތުރަށް ފުރިހަމަކޮށް މުއާމަލާތްކުރެވޭނެ ގޮތެއް ތަނަވަސްކޮށް ދިނުމަށް އުންމީދުކުރާކަމަށް ދިރާސާވެރިން ބުނެފައިވެއެވެ. މުސްތަޤުބަލުގައި މި ސިސްޓަމް އިތުރު ބަސްތަކާއި ހަރަކާތްތައް ވަކިވަކިން ޓްރެއިންނުކޮށް ހެދޭ ނިޒާމެއް ހެދުމަށް މަސައްކަތްކުަމުންދާނެއެވެ. މި ދިރާސާ ނޭޗާ ނިއުރޯސައިންސްގައި ޝާއިރުކޮށްފައިވެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.