ކުއީން މެރީ ޔުނިވާސިޓީ އޮފް ލަންޑަންގެ ދިރާސާވެރިން ކަރަންޓް ބޭނުންކޮށްގެން ފޯކަސް ބަދަލުކުރެވޭ އާ ވައްތަރެއްގެ ސޮފްޓް ލެންސެއް އުފައްދާފިއެވެ. ޕްރޮފެސަރު ޖޭމްސް ބަސްފީލްޑް އިސްކޮށް ހުންނެވި ރިސާޗް ޓީމުން މި ލެންސް އުފެއްދީ ރެޑިއުސްޑް ގްރެފީން އޮކްސައިޑްއިން ހަދާފައިވާ އެތެރެ ފެންނަ މެޓީރިއަލްއެއް ބޭނުންކޮށްގެންނެވެ. މި ޓެކްނޮލޮޖީގެ އެހީގައި މުސްތަޤުބަލުގައި ކެމެރާތަކާއި މެޑިކަލް ޑިވައިސްތަކާއި އެހެނިހެން ކެމެރާ ހުންނަ ޑިވައިސްތަކުގެ ލެންސްތައް ހެދުމަށް އައު މަގެއް ހުޅުވިގެންދެއެވެ.
މި ލެންސް ފަރުމާކޮށްފައިވަނީ އިންސާނާގެ ލޯ ކައިރިން ނުވަތަ ދުރުގައި ހުންނަ ތަކެތި ބެލުމަށް ފޯކަސް ބަދަލުކުރާގޮތައް ބިނާކޮށްފައެވެ. މިގޮތުން މި އައު ލެންސުން މިހާރު ބޭނުންކުރާ މޯޓަރުތަކާއި އެހެނިހެން ބައިތައް ނުލައި ފޯކަސް ބަދަލުކުރެވޭ ނިޒާމެއް ތައާރަފުކުރެއެވެ. މިގޮތުން މި މަޑު ލެންސުން ކަރަންޓު ޖެހުމުން ބައްޓަން ބަދަލުވާކަހަލަ މަޑު ފަށަލައެއް ބޭނުންކުރެއެވެ. އިންސާނުންގެ ލޮލާއި އެއްފަދައިން، ކަރަންޓު ޖެއްސުމުން މި ފަށަލައިގެ ބައްޓަން ބަދަލުވެ، އެކި ދުރުމިންތަކުގައި ހުންނަ ތަކެއްޗަށް ފޯކަސް ކުރެވެއެވެ. މި ލެންސް މަސައްކަތްކުރަނީ ކަރަންޓުން މަސައްކަތްކުރާ މަސްނޫއީ މަސްގަނޑެއް ހެންނެވެ.
މިކަމަށް ދިރާސާވެރިން ބޭނުންކޮށްފައިވަނީ ރިޑިއުސްޑް ގްރެފީން އޮކްސައިޑްއިން ހަދާފައިހުންނަ ތުނި އިލެކްޓްރޯޑްތަކެކެވެ. މި އިލެކްޓްރޯޑްތަކުގެ އެހީގައި އާންމުކޮށް ބޭނުންކުރެވޭ ލެންސްތަކާއި ހިލާފަށް، ލެންސުން އިތުރު މޯޓަރުތަކާއި އެހެނިހެން ބައިތަކަކާއި ނުލައި ފޯކަސް ބަދަލުކުރެވެއެވެ. މި ލެންސްގެ ބައްޓަން އިލެކްޓްރޯޑުތައް މެދުވެރިކޮށް ފޮނުވާ ކަރަންޓުން ބަދަލުކުރެވޭއިރު، މީގެ ސަބަބުން މުޅި ލެންސްުގެ ނިޒާމު ކޮމްޕެކްޓްކުރެވެއެވެ.
އާންމު ގޮތެއްގައި 'މަޑު' ލެންސް އުފެއްދުމަށް ދިމާވާ އެންމެ ބޮޑު އެއްގޮންޖެހުމަކީ އިލެކްޓްރޯޑަށް ބޭނުންކުރާ މާއްދާ ލަންސްގައި އެކުލަވައިލުމުން މި ލެންސްގެ އެތެރެފެނުން ކުޑަވެގެންދެއެވެ. މި ލެންސުން މިކަން ހައްްލުކޮށްފައިވަނީ ތުނި ފަށަލަޔަކަށް ލެންސްގެ ތެރޭގައި އިލެކްޓްރޯޑުތައް އެކުލަވާލައިފައިވެއެވެ. މީގެ ސަބަބުން މި ލެންސްގެ އޮޕްޓިކަލް ޕްރޮޕަޓީތަކާއި ކަރަންޓުފޮނުވުމުގެ ޕާފޯމަންސް ރަނގަޅުވެ، މުޅި ނިޒާމް ކޮމްޕެކްޓްވެގެންދެއެވެ.
މި ދިރާސާ ޝާއިއުކޮށްފައިވަނީ އެޑްވާންސްޑް ފަންކްޝަނަލް މެޓީރިއަލްސް ޖާނަލްގައެވެ. މުސްތަޤުބަލުގައި ދިރާސާވެރިން މި ލެންސްގެ އެތެރެ ފެނުން އިތުރަށް ރަނގަޅުކޮށް، ޕާފޯމަންސް ރަނގަޅުކުރުމަށް އިތުރަށް ދިރާސާކުރަން ރާވާފައިވެއެވެ. މީގެއިތުރުން ލެންސްތައް އިތުރަށް ތުނި އަދި ލުއިކޮށް ފަރުމާކުރުމަށް އަމާޒުކޮށްފައިވެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.